ޢާންމު މަޢުލޫމާތު
ނަންބަރު: WDC-EYD/2023/01
ޕަބްލިޝްކުރި ތާރީޚް: 09 ފެބުރުވަރީ 2023
ޕަބްލިޝްކުރި ގަޑި: 09:02
ސުންގަޑި: 28 ފެބުރުވަރީ 2023 13:00
މާޅޮސްމަޑުލު ދެކުނުބުރީ އޭދަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގުރަހަ އެވޯޑް 2023 އަށް ނަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލުމާގުޅޭ:

އިޢުލާނު

 ގުރަހަ އެވޯޑް 2023 އަށް ނަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލުމާގުޅޭ:

އޭދަފުށީ އަންހެނުން ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ފަރާތުން ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަހާއި ގުޅުވައިގެން 2023 ވަނަ އަހަރު ދިނުމަށް ހަމަޖެހިފައިވާ ގުރަހަ އެވޯޑަށް ނަން ހުށަހެޅުމުގެ ފުރުޞަތު މިހާރު ވަނީ ހުޅުވާލެވިފައެވެ. މި އެވޯޑްގެ މަޤްސަދަކީ ރަށުގެ ތަރައްޤީއާއި ކުރިއެރުމަށް ކުރާ މަސައްކަތުގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމާއި، ރަށުގެ ޚިދުމަތަށް އިތުރު އަންހެނުން ނުކުތުމަށް ހިތްވަރު ދިނުމެވެ. އަދި އަންހެނުންކުރާ އަގުހުރި މަސައްކަތްތަކާއި، އެކިއެކި ދާއިރާތަކުން އަންހެނުން ޙާސިލްކޮށްފައިވާ ކާމިޔާބީތައް ފާހަގަކޮށް އެކަމުގެ އަގު ވަޒަންކުރުމެވެ.

މި އެވޯޑަށް މި އަހަރު ކުރިމަތިލެވޭނެ ދާއިރާތަކަކީ:

  • ތަޢުލީމީ ދާއިރާ
  • ސިއްޙީ ދާއިރާ
  • އިޖުތިމާޢީ ދާއިރާ
  • އިޤްތިޞާދީ ދާއިރާ
  • ކުޅިވަރުގެ ދާއިރާ

މި އެވޯޑަށް ކުރިމަތިލުމަށް ހުށަހަޅާ ފޯމް އަދި އުޞޫލު އޭދަފުށީ ކައުންސިލްގެ އިދާރާއިން ލިބިވަޑައިގަންނަވާނެއެވެ. ފޯމް ފުރިހަމަ ކުރުމަށްފަހު އެޕްލިކޭޝަނަށް ބޭނުންވާ އެންމެހާ ލިޔެކިޔުންތައް ފޮނުވާނީ (އެއްފައިލަކަށް ޕީޑީއެފް ކުރުމަށްފަހު) އޭދަފުށީ ކައުންސިލްގެ އީމެއިލް [email protected] މެދުވެރިކޮށެވެ. އަދި ސަރުކާރު ބަންދުނޫން ކޮންމެ ދުވަހެއްގެ ހެދުނު 09:00 ން 13:00 އަށް އޭދަފުށީ ކައުންސިލް އިދާރާއިންވެސް ފޯމް ބަލައިގަންނާނެއެވެ. މި އެވޯޑަށް ނަން ހުށަހެޅުމަށް ކަނޑައެޅިފައިވާ ސުންގަޑިއަކީ: 28 ފެބްރުވަރީ 2023 ވާ އަންގާރަ ދުވަހުގެ 13:00 އެވެ.

18  ރަޖަބު     1444 ހ.

09 ފެބުރުވަރީ 2023