މަސައްކަތް
ނަންބަރު: (IUL)247-CA/247/2023/28
ޕަބްލިޝްކުރި ތާރީޚް: 11 ފެބުރުވަރީ 2023
ޕަބްލިޝްކުރި ގަޑި: 22:01
ސުންގަޑި: 22 ފެބުރުވަރީ 2023 11:30
ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހޯރަފުށީގެ އިޖުތިމާޢީ ސަރަޙައްދު ތަކުގެ ތެރެއިން ސަރަޙައްދު 03 (ތިނެއް) ގޮތުގައި ހޯރަފުށީ ކައުންސިލުން ހިމަނުއްވާފައިވާ ސަހަރައްދުތަށް، ކުނިކަހާ ސާފުކޮށް ބަލަހައްޓުމުގެ މަސައްކަތް

އަންދާސީ ހިސާބު ހުށަހެޅުއްވުމުގެ ދަޢުވަތު

              ހޯރަފުށީގެ އިޖުތިމާޢީ ސަރަޙައްދު ތަކުގެ ތެރެއިން ސަރަޙައްދު 03 (ތިނެއް) ގޮތުގައި ހޯރަފުށީ ކައުންސިލުން ހިމަނުއްވާފައިވާ ސަހަރައްދުތަށް، ކުނިކަހާ ސާފުކޮށް ބަލަހައްޓުމުގެ މަސައްކަތް ބީލަން ފޮތުގައި ދީފައިވާ މަޢުލޫމާތާއި އެއްގޮތަށް ކޮށްދޭނެ ފަރާތެއް ހޯދުމަށް، ބީލަން ހުށަހެޅުމުގެ ދަޢުވަތު ހުޅުވާލަމެވެ.

              މި މަސައްކަތުގެ ބީލަން ފޮތް މި އިޢުލާނާއެކު ދިވެހި ސަރުކާރުގެ ގެޒެޓްގައި ޑައުންލޯޑް ކުރެވޭގޮތަށް އެޓޭޗް ކޮށްފައި ހުންނާނެއެވެ. މިކަމާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު އޮޅުން ފިލުވުމަށް ބޭނުން ވެއްޖެނަމަ ބީލަން ފޮތުގައިވާ ގޮތުގެ މަތިން މިކައުންސިލްއަށް ހުށަހެޅުއްވުން އެދެމެވެ.

ބީލަން ހުށަހެޅުމަށް ރަޖިސްޓްރީކުރުން

             މި ބީލަމުގައި ރަޖިސްޓްރީވުމަށް 2023 ފެބުރުއަރީ 11 ވަނަ ދުވަހުން ފެށިގެން 2023 ފެބުރުއަރީ 16 ވަނަ ދުވަހުގެ 13:00 ގެ ނިޔަލަށް ތިރީގައިވާ މަޢުލޫމާތު [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ. ބިޑް ހުށަހެޅުމުގެ ފުރުޞަތު ލިބޭނީ ބިޑްގައި ރަޖިސްޓްރީވާ ފަރާތްތަކަށް އެކަންޏެވެ.

 ބީލަމުގައި ރަޖިސްޓްރީ ކުރުމަށް ތިރީގައި މިވާ މަޢުލޫމާތުތައް ލިޔުމުން ހުށަހަޅަންވާނެވެ.

މަޢުލޫމާތު ސާފުކުރާ ފަރާތުގެ ނަން:

އައި.ޑީ ކާރޑް ނަންބަރު:

އީމެއިލް އެޑްރެސް:

ގުޅޭނެ މޮބައިލް ނަންބަރު.

ބިޑް މީޓިން

ތާރީޙް: 2023 ފެބުރުއަރީ 19 ވާ (އާދިއްތަ) ދުވަހުގެ 11:30 ގައި ހޯރަފުށީ ކައުންސިލްގެ އިދާރާގެ (އޯކިޑްވިލާ) ކޮންފަރެންސް ހޯލުގައި

ބީލަން ވެލިޑިޓީ އަދި ބީލަން ހުޅުވުން

              ބިޑު ހުޅުވުމަށް ހަމަޖެހިފައިވަނީ 2023 ފެބުރުއަރީ 22 ވާ ބުދަ ދުވަހުގެ 11:30 ގައި ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ ކައުންސިލްގެ އިދާރާގެ (އޯކިޑްވިލާ) ކޮންފަރެންސް ހޯލުގައި މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދީފައިވާ ނަން، ހުޅުވަން ކަނޑައަޅައިފައިވާ ތާރީޚާއި ވަޤުތު އަދި ބީލަން ހުށަހަޅާފަރާތުގެ ނަން ލިޔެފައި އޮންނަންވާނެއެވެ. ބީލަމުގެ މުއްދަތު ބިޑް ހުށަހަޅާ ތާރީޚުން ފެށިގެން 45 ދުވަސް އޮންނަންވާނެއެވެ. ބީލަން ހުށަހެޅުމަށް ބަދަލުގައި މީހަކު ހާޒިރުވާނަމަ އެކަން ބަޔާންކޮށް އެ ފަރާތުގެ އައި.ޑީ.ކާޑުގެ ކޮޕީއަކާއެކު ސިޓީއެއް ހުށަހަޅަންވާނެއެވެ.

އަންދާސީ ހިސާބު ހުށަހަޅުއްވަންވާނީ ތިރީގައި މިދަންނަވާ ގޮތަށް އެޑްރެސްކުރައްވައިފައެވެ.

ކޯޕަރޭޓް އެފެއާރޒް ޔުނިޓް

ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ ކައުންސިލްގެ އިދާރާ

ހއ.ހޯރަފުށި، ދިވެހިރާއްޖެ

ބީލަމުގެ ނަން:  ހޯރަފުށީގެ އިޖުތިމާޢީ ސަރަޙައްދު ތަކުގެ ތެރެއިން ސަރަޙައްދު 03 (ތިނެއް) ގޮތުގައި ހޯރަފުށީ ކައުންސިލުން ހިމަނުއްވާފައިވާ ސަހަރައްދުތަށް، ކުނިކަހާ ސާފުކޮށް ބަލަހައްޓުމުގެ މަސައްކަތް

އިޢުލާނު ނަންބަރު: (IUL)247-CA/247/2023/28

ނޯޓް:

           މަޢުލޫމާތު ފުރިހަމަނޫން ބިޑުތައް ބާތިލުކުރުމުގެ ފުރިހަމަ އިޚްތިޔާރު ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ ކައުންސިލްގެ އިދާރާއަށް ލިބިގެންވެއެވެ. އަދި ބިޑު ކޮންމެ ވަގުތެއްގައިވެސް ބާތިލުކުރުމުގެ އިޚްތިޔާރު ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ ކައުންސިލްގެ އިދާރާއަށް ލިބިގެންވެއެވެ.

11 ފެބުރުވަރީ 2023