މަސައްކަތް
ނަންބަރު: (IUL)MMPRC-PRO/1/2023/13
ޕަބްލިޝްކުރި ތާރީޚް: 11 ފެބުރުވަރީ 2023
ޕަބްލިޝްކުރި ގަޑި: 15:52
ސުންގަޑި: 20 ފެބުރުވަރީ 2023 14:00
މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން
ދިވެހިރާއްޖެ
Iulaan - Selection of Pop Up Stall Participants for Visit Maldives Storyteller's Conference 2023

     މި ކޯޕަރޭޝަނުން މި އަހަރު މެއި މަހު ބޭއްވުމަށް ރާވައިފައިވާ "ސްޓޯރީ ޓެލާސް ކޮންފަރެންސް 2023" ގައި ބެހެއްޓުމަށް ހަމަޖެހިފައިވާ 6 ޕޮަޕްއަޕް ސްޓޯލްގައި ދިވެހި މަސައްކަތްތެރިކަމުގެ ހުނަރު ދައްކުވައިދިނުމަށް 6 ފަރާތާކަށް ފުރުޞަތް ހުޅުވާލަމެވެ. ސްޓޯލް ތަކުގައި ދައްކުވައިދޭން ބޭނުންވާ މަސައްކަތްތެރިކަމުގެ ތަފްސީލް ތިރީގައި އެވަނީއެވެ.

ސްޓޯލް 1: ކުރެހުން

ސްޓޯލް 2: ކާވް ކުރުން

ސްޓޯލް 3: ތަކެތި ވިއުން

ސްޓޯލް 4: ދިވެހި ކެއުންތައް

ސްޓޯލް 5: ގަހަނާ އާއި ދިވެހި ފެޝަން

ސްޓޯލް 6: ވެލްނެސް އާއިގުޅޭ ދިވެހި އުފެއްދުންތައް

          ވީމާ، މި ސްޓޯލް ތަކުގައި މަސައްކަތްތައް ދައްކުވައިދޭން ޝަޢުޤުވެރިވެލައްވާ ފަރާތްތަކަށް މަޢުލޫމާތު ދިނުމަށް ބާއްވާ ސެޝަންއެއް 2023 ފެބްރުއަރީ 15  ވާ  ބުދަ ދުވަހުގެ ހެނދުނު  10:00 ގައި، ހ. ޒޮނޭރިޔާގެ،  4  ވަނަ  ފަންގިފިލާގައި ހުންނަ މި ކޯޕަރޭޝަންގެ އޮފީހުގައި އޮންނާނެއެވެ. ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކަށް މަޢުލޫމާތު ސެޝަންއަށް ވަޑައިގަތުމަށް ދައުވަތުއަރުވަމެވެ. މަޢުލޫމާތު ސެޝަންއަށް ވަޑައިނުގަންނަވާ ފަރާތްތަކަށްވެސް އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު އޮންނާނެވާހަކަ ދަންނަވަމެވެ.

        މި އިޢުލާނާއިއެކު އެޕްލިކޭޝަން ފޯމް އެޓޭޗްކުރެވިފައިވާނެއެވެ. އެޕްލިކޭޝަން ބަލައިގަންނާނެ ފަހުތާރީހާއި ގަޑިއަކީ 2023 ފެބްރުއަރީ 20 ވާ ހޯމަ ދުވަހުގެ 14:00 އާއި ހަމައަށް އެޕްލިކޭޝަން ފޯމްގައިވާ އީމެއިލް މެދުވެރިކޮށެވެ. މިތާރީހުގެ ފަހުންލިބޭ ފޯމްތައް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.                             

                                   20 ރަޖަބް 1444

 

 

11 ފެބުރުވަރީ 2023