ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)425-A1/1/2023/40
ޕަބްލިޝްކުރި ތާރީޚް: 09 ފެބުރުވަރީ 2023
ޕަބްލިޝްކުރި ގަޑި: 23:34
ސުންގަޑި: 23 ފެބުރުވަރީ 2023 13:30
މާލޭ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހުޅުމާލޭގެ ފޭސް 1 އަދި ފޭސް 2ގައި ފެއަރ، ނައިޓް މާކެޓް ނުވަތަ މަގުމަތީ ބާޒާރު ބޭއްވުމުގެ ހުއްދަދޫކުރުމާ ގުޅޭ،

ހުޅުމާލޭގެ ފޭސް 1، އަދި ފޭސް 2ގައި ފެއަރ، ނައިޓް މާކެޓް ނުވަތަ މަގުމަތީ ބާޒާރު ބާއްވާނެ ގޮތުގެ އުޞޫލާ އެއްގޮތްވާ ގޮތުގެ މަތިން ފެއަރ، ނައިޓް މާކެޓް ނުވަތަ މަގުމަތީ ބާޒާރު ހުޅުމާލޭގައި ބާއްވަން ބޭނުންވާ ފަރާތްތަކަށް އެފުރުޞަތުގައި ހުޅުވާލެވިފައިވާ ވާހަކަ ދަންނަވަމެވެ. އަދި ތިރީގައި މިދަންނަވާ މަޢުލޫމާތު ފުރިހަމަ ކުރެއްވުމަށްފަހު މާލޭ ސިޓީ ކައުންސިލަށް ފޯމް ހުށަހެޅުއްވުމަށް ދަންނަވަމެވެ.

ފެއަރ، ނައިޓް މާކެޓް ނުވަތަ މަގުމަތީ ބާޒާރު ބޭއްވުމުގެ ހުއްދަދޫކުރުމަށް ކައުންސިލުން ނިންމާފައިވަނީ ކޮންމެ މީލާދީއާ އަހަރު ފެށޭ ދުވަހާއި އަހަރު ނިމޭ ދުވަސް، މިނިވަން ދުވަހާ ގުޅިގެން، ކޮންމެ އަހަރެއްގެ ރޯދަމަހެއް ފެށޭ ދުވަހާ ގުޅިގެން، އަދި އަޟްހާ ޢީދާ ގުޅިގެން އަންނަ ބަންދުދުވަސްތައް ހިމެނޭގޮތަށެވެ.

އަދި ފެއަރ، ނައިޓް މާކެޓް ނުވަތަ މަގުމަތީ ބާޒާރު ހުޅުމާލޭގައި ބޭއްވުމުގެ ހުއްދައަށް އެދޭ ފޯމް މާލެ ސިޓީ ކައުންސިލުގެ  ލިބެން ހުންނާނެއެވެ.

  1. ފުރިހަމަ ނަން: (ވިޔަފާރި، ނުވަތަ ޖަމްޢިއްޔާގެ ރަޖިސްޓަރީގައި ވާގޮތަށް)
  2. ރަޖިސްޓަރީ ނަންބަރު:
  3. މާކެޓް ބާއްވާ މުއްދަތު ފެށޭ ތާރީޚުން ނިމޭ ތާރީޚް:
  4. މާކެޓް ބާއްވާ ތަނުގެ ނަން ނުވަތަ ނިސްވާ ތަނުގެ ނަމާއި އެތަން ނުވަތަ ސަރަހައްދު އެ ފަރާތަކަށް ލިބިފައިވާ ކަމުގެ ލިޔުން.
  5. މާކެޓް އިންތިޒާމް ކުރުމާއި، ހިންގުމުގައި ޒިންމާވާ ފަރާތުގެ ނުވަތަ ފަރާތްތަކުގެ ފުރިހަމަ ނަމާއި މިހާރު ދިރިއުޅޭ އެޑްރެސް އަދި އައިޑީ ކާޑުގެ ކޮޕީ:
  6. ފެއަރ ނައިޓް މާކެޓް ނުވަތަ މަގުމަތީ ބާޒާރު ހިންގުމުގެ ހުއްދަ ދޫކުރުމުގައި ޢަމަލު ކުރާނެ އުޞޫލަށް ޢަމަލު ކުރާނެކަން ބަޔާންކޮށް ސޮއިކޮށްފައިވާ އިޤުރާރު:

ފެއަރ، ނައިޓް މާކެޓް ނުވަތަ މަގުމަތީ ބާޒާރު ހިންގުމުގެ ހުއްދައަށް އެދޭ ފޯމް ބަލައިގަތުމަށް ހަމަޖެހިފައިވަނީ 12 ފެބްރުވަރީ 2023 ވަނަ ދުވަހުން ފެށިގެން 23 ފެބްރުވަރީ 2023 ވަނަ ދުވަހުގެ 13:30 ގެ ނިޔަލަށެވެ. ފޯމްތައް ބަލައިގަތުމަށް ހަމަޖެހިފައިވަނީ މާލެ ސިޓި ކައުންސިލް އިދާރާ/ ހ.ހުޅުގަލި 1 ވަނަ ފަންގިފިލާއިން ރަސްމީ ދުވަސްތަކުގައި ހެނދުނު 08:30 ން މެންދުރުފަހު 13:30 އަޑެވެ.

ވީމާ، މިކަން ޢާއްމުކޮށް އަންގާ އިއުލާން ކުރީމެވެ.

18  ރަޖަބު 1444

09  ފެބްރުވަރީ 2023

09 ފެބުރުވަރީ 2023