ދިވެހިރާއްޖެ
ހދ. ވައިކަރަދޫ ކައުންސިލުގެ އިދާރާގައި އައި.ޑީ ކާޑު ކަލެކްޓިންގ ޕޮއިންޓް ޤާއިމުކުރުމަށް ބޭނުންވާ ތަކެތި ގަތުމާބެހޭގޮތުން ކުރެވުނު މި އިދާރާގެ ނަންބަރު IUL)269/2014/98)ފ(02 ޑިސެންބަރު 2014) އިޢުލާނުގައި މަޢުލޫމާތު ދިނުމަށް ކަނޑައަޅާފައިވާ ތާރީޚަކީ ސަރުކާރުބަންދު ދުވަހެއްގެ ގޮތުގައި ސަރުކާރުން ހަމަޖެއްސެވުމާ ގުޅިގެން މަޢުލޫމާތު ދިނުމުގެ ސެޝަން ބޭއްވިފައިނުވާތީ، އެއިޢުލާން ބާޠިލުކޮށް، އަލުން އެތަކެތި ފޯރުކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައި، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
Qty |
Description |
LOT |
|
1 |
Signature Pad |
1.a |
LOT1 |
1 |
Fingerprint Capture Device |
1.b |
|
1 |
Scanner |
1.c |
|
1 |
Desktop Computer System |
2.a |
LOT2 |
1 |
Digital Camera with Tripod |
3.a |
LOT3 |
އަންދާސީހިސާބު ހުށަހަޅުއްވާއިރު ބޭނުންފުޅުވާ ލޮޓަކަށް އަންދާސީހިސާބު ހުށަހެޅުއްވިދާނެއެވެ. އަދި އަންދާސީހިސާބު އިވެލުއޭޓް ކުރެވޭނީ ކޮންމެ ލޮޓަކަށް ވަކިންނެވެ.
އަންދާސީހިސާބުތައް އިވެލުއޭޓްކޮށް މާކްސް ދެވޭނެ ގޮތުގެ ތަފުސީލު ތިރީގައިއެވަނީ:
ފޯމިއުލާ |
ތަފުސީލު |
މާކްސް ދެވޭ ގޮތް |
މާކްސް ދެވޭ ކްރައިޓީރިއާ |
(Benchmark Price / Submitted Price) x Allocated Percentage |
|
85% |
އަގު |
(Benchmark Delivery Period / Submitted Delivery Period) x Allocated Percentage |
|
10% |
ތަކެތި ފޯރުކޮށްދެވޭނެ މުއްދަތު |
( Submitted warranty period / Benchmark warranty period ) x Allocated Percentage |
|
5% |
ވޮރަންޓީ |
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، 22 ޑިސެންބަރު 2014 ވާ ހޯމަދުވަހުގެ 14:00 އަށް، ލޯކަލް ގަވަރމެންޓް އޮތޯރިޓީއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 28 ޑިސެންބަރު 2014 ވާ އާދީއްތަދުވަހުގެ 14:00 އަށް އެ އޮތޯރިޓީއަށް ދުރުވެ އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އިތުރު މަޢުލޫމާތު މި އިދާރާގެ ނަންބަރު 6520046 ފޯނާ ގުޅުއްވުމުން ލިބިވަޑައިގަންނަވާނެއެވެ.
މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށާއި ކަނޑައެޅިފައިވާ ގަޑީގެފަހުން އަންދާސީހިސާބު ގެންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވަހަކަ ދަންނަވަމެވެ.
22 ޞަފަރު 1436