ދިވެހިރާއްޖެ
މިއޮފީހުގެ ނަންބަރު 216-MPAO/I/2013/46 (02 ނޮވެންބަރު 2014) ޢިއުލާނަށް އެކަށީގެންވާ އަދަދަކަށް އެޕްލިކޭޝަން ހުށަހަޅާފައި ނުވާތީ އެ އިޢުލާން ބާޠިލުކޮށް އަލުން އިޢުލާން ކުރަމެވެ.
މި އޮފީހުގެ ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއްޖެއެވެ.
މަޤާމު: އެސިސްޓެންޓް އޮޑިޓަރ
ބޭނުންވާ ޢަދަދު: 1
މުސާރަ: -/12,000ރ
އެލަވަންސް: މިއޮފީހުގެ ބޯޑުން ނިންމަވާފައިވާ އުޞޫލާ އެއްގޮތްވާ ގޮތުގެ މަތިން ގިނަވެގެން މަހަކު 3,500.00ރ ގެ ނޮންޕްރެކްޓިސިންގ އެލަވެންސެއް ދެވޭނެއެވެ. މީގެ އިތުރުން މަސައްކަތަށް ނިކުންނަ ކޮންމެ ދުވަހަކަށް ކަނޑައެޅިފައިވާ އުޞޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން އެޓެންޑެންސް އެލަވަންސެއް ދެވޭނެއެވެ.
ފެންވަރު ނުވަތަ ޝަރުޠު:
- އޮޑިޓިންގ، އެކައުންޓިން، ކޮމްޕްލަޔަންސް ނުވަތަ ރިސްކް މެނޭޖްމަންޓުގެ ދާއިރާއިން ބެޗްލާރސް ޑިގްރީއެއް ނުވަތަ ބެޗްލަރސް ޑިގްރީ ފެންވަރުގެ ޕްރޮފެޝަނަލް ސަރޓިފިކޭޝަނެއް ހާސިލުކޮށްފައިވުން.
- އިސްވެ ބަޔާންކުރެވުނު ދާއިރާއަކުން މަދުވެގެން 3 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ހާސިލުކޮށްފައިވުން.
- އޮފީސް އެޕްލިކޭޝަން ސޮފްޓްވެއަރ އަދި ފައިނޭންޝިއަލް/އޮޑިޓިންގ މަސައްކަތްތަކުގައި ޢާންމުކޮށް ބޭނުންކުރެވޭ ސޮފްޓްވެއަރ ރަނގަޅަށް ބޭނުންކުރަން އެނގުން.
- ދިވެހި އަދި އިނގިރޭސި ބަހުން ފުރިހަމައަށް މުޢާމަލާތްކުރަން އެނގުން.
މި މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން 31 ޑިސެންބަރު 2014 ވާ ބުދަ ދުވަހުގެ 16:00 ގެ ކުރިން ސިޓީ، އީމެއިލް ނުވަތަ ފެކްސް އަކުން އައި.ޑީ. ކާޑުގެ ކޮޕީ، ސީ.ވީ.، އެޓެސްޓު ކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ އަދި ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ލިޔުމެއް ތިރީގައިވާ އެޑްރެހަށް ހުށަހެޅުއްވުން އެދެމެވެ. މި މަޤާމުގެ ވަޒީފާ ބަޔާން މިއޮފީހުގެ ވެބްސައިޓް www.pension.gov.mv އިން ލިބެން ހުންނާނެއެވެ.
މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް
އަމީނީމަގު، މާލެ، ދިވެހިރާއްޖެ.
ފޯން: 3309908 (އެކްސްޓެންޝަން: 134، 335)
ފެކްސް: 3307759
އީމެއިލް: [email protected]