ވަޒީފާގެ ފުރުޞަތު
ނަންބަރު: 153-FHTS-2023-4
ޕަބްލިޝްކުރި ތާރީޚް: 09 ފެބުރުވަރީ 2023
ޕަބްލިޝްކުރި ގަޑި: 17:12
ސުންގަޑި: 20 ފެބުރުވަރީ 2023 10:00
ފެކަލްޓީ އޮފް ހޮސްޕިޓެލިޓީ އެންޑް ޓޫރިޒަމް ސްޓަޑީޒް
ދިވެހިރާއްޖެ
ޕާރޓް-ޓައިމް ލެކްޗަރަރ

މަޤާމް :ޕާރޓް-ޓައިމް ލެކްޗަރަރ
ބޭނުންވާ އަދަދު :4

 އޮފީސް

 ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ / ފެކަލްޓީ އޮފް ހޮސްޕިޓާލިޓީ އެންޑް ޓޫރިޒަމް ސްޓަޑީޒް

Course Name

 

No. of Part-Time Lecturers Needed

Module Name

 

 

 

CIII in Patisserie (Hithadhoo Campus)

 

 

1

Baking Principles and yeast goods (CAT017)

1

Basic Decoration (CAT002)

1

Fundamentals skills and techniques in patisserie (CAT083)

1

Fundamentals of cookies and petit fours (CAT081)

 

 މުސާރަ:

-  ކްލާސް ނަންގަވައި ކޮންމެ ގަޑިއިރަކަށް -/200 ރުފިޔާ

-  މާރކް ކުރައްވާ ކޮންމެ އެސައިންމަންޓަކަށް ނުވަތަ އިމްތިހާން ކަރުދާހަކަށް -/35 ރުފިޔާ

 

 

މަޤާމުގެ   ޝަރުޠު:

- މާއްދާގެ ރޮނގުން ދަށްވެގެން މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ ގަބޫލުކުރާ ލެވެލް 4 ނުވަތަ 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

-  ކެންޑިޑޭޓުން ހޮވުމުގައި ސ. ހިތަދޫގައި ދިރިއުޅުއްވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

- ކެންޑިޑޭޓުން ހޮވުމުގައި އިޢުލާންގައި ބަޔާންކޮށްފައިވާ މޮޑިއުލް ކިޔަވައިދިނުމުގެ ތަޖުރިބާއާއި، ޢަމަލީ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

 

އެޕްލިކޭޝަން ފޮނުވަންވީ ތާރީޚް:

މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން  20 ފެބުރުވަރީ 2023 ވަނަ ދުވަހުގެ 10:00 ގެ ކުރިން މި ފެކަލްޓީގެ  ތިން ވަނަ ފަންގިފިލާގައި ހުންނަ އެޑްމިނިސްޓްރޭޓިވް އޮފީހަށް (ރަސްމީ ގަޑީގައި - 8:00 އާއި 14:00 އާ ދެމެދު) ސިޓީ ފޮނުއްވުން އެދެމެވެ. ދެވިފައިވާ ސުންގަޑީގެ ކުރިން ކޮންމެ ވަގުތެއްގައިވެސް އީ-މެއިލް މެދުވެރިކޮށް ފޮނުއްވާނީ [email protected] އަށެވެ.

އެޕްލިކޭޝަނާއެކު ހުށަހަޅަން ޖެހޭ ލިޔުންތައް:

- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ ނުވަތަ ޕާސްޕޯޓުގެ ކޮޕީ

- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)

- ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ

 

 

  

 

ނޯޓް:

 

1- މި އިޢުލާނަށް ކުރިމަތި ލައްވާ ފަރާތްތަކުގެ ތެރެއިން ޕާޓްޓައިމް ލެކްޗަރަރއިންގެ ގޮތުގައި ހޮވޭފަރާތްތަކަށް ފުރަތަމަ ކޮންޓްރެކްޓް ހެދޭނީ 2023 ޓަރމް 1 ގައި ކިޔަވައި ދިނުމަށެވެ. އަދި 2023 ޓަރމް 2 ގައި މި މާއްދާ އޮފަރ ކުރާނަމަ، އެ ޕާރޓް-ޓައިމް ލެކްޗަރަރއެއްގެ ކޮންޓްރެކްޓް 2 ވަނަ ޓަރމަށް އައު ކުރެވޭނެއެވެ. އަދި އެ ޕާޓްޓައިމް ލެކްޗަރަރއަށް ޓަރމް 2 ގައި ކިޔަވައި ދެވެންނެތްނަމަ، މި އިޢުލާނަށް ކުރިމަތިލެއްވި ފަރާތްތަކަށް އަލުން އެ މާއްދާ ހުޅުވާލެވޭނެއެވެ. އަދި މި އިޢުލާނަށް ކުރިމަތިލެއްވި ފަރާތްތަކުގެތެރެއިން ޓަރމް 2 ގެ މާއްދާއެއް ކިޔަވާދެވޭނެ ފަރާތެއް ނުލިބިއްޖެނަމަ އަލުން މިމާއްދާތަކަށް އިޢުލާން ކުރެވޭނެއެވެ.

2- ސިޓީ ނުވަތަ އީ-މެއިލް ލިޔުއްވާއިރު ކިޔަވައިދިނުމަށް ބޭނުންވެލައްވާ މާއްދާ ނުވަތަ މާއްދާތައް ޖައްސަވަންވާނެއެވެ.

 

 

އިތުރު މަޢުލޫމާތު:

- ކްލާސްތައް އޮންނާނީ ފެކަލްޓީން ކަނޑައެޅާ ތާވަލާ އެއްގޮތަށެވެ.

- އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3345251 ނުވަތަ 3345252 ނަންބަރާ ގުޅުއްވުން އެދެމެވެ.

09 ފެބުރުވަރީ 2023