ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)266-MS/266/2023/42
ޕަބްލިޝްކުރި ތާރީޚް: 09 ފެބުރުވަރީ 2023
ޕަބްލިޝްކުރި ގަޑި: 15:06
ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުޅުދުއްފުށި އުތުރު ބަނދަރާއި ބޮޑުމުޙައްމަދުކަލޭފާނު ބަނދަރު ފަޅުތެރާއި ކަނޑިންމާވަތަށް އެރިއުޅުމާއި ގުޅޭ

ކުޅުދުއްފުށި އުތުރު ބަނދަރާއި ބޮޑުމުޙައްމަދުކަލޭފާނު ބަނދަރު ފަޅުތެރެއާއި ކަނޑިންމާވަތަށް މަސް ހިފުމަށާއި އެހެނިހެން ބޭނުންތަކަށް އާންމު ފަރާތްތަކުން މޫދަށް އެރޭކަން ވަނީ މި އިދާރާގެ ސަމާލުކަމަށް އައިސްފައެވެ. މި ދެބަނދަރަކީ ގިނަ އަދަދަކަށް އުޅަނދުފަހަރު ވަދެ ނިކުމެ އަދި ފަޅުތެރޭގައިވެސް އުޅަނދުފަހަރު ދުއްވާ ދެ ބަނދަރަށްވާތީ، މިފަދަ އަމަލުތަކުގެ ސަބަބުން ދިމާވެދާނެ ހިތާމަވެރި ހާދިސާއަކުން ރައްކާތެރިވުމަށް އެންމެހާ ފަރާތްތަކަށް އިލްތިމާސްކުރަމެވެ.

އަދި ފަޅުތެރޭގައިވާ އުޅަދަކަށް ޖެހޭ ބޭނުމެއް ނުވަތަ ފަޅުތެރެ ސާފުކުރުމަށްޓަކައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިގެން ނޫން ގޮތެއްގައި މި ދެ ބަނދަރުގެ ފަޅުތެރެއާއި ކަނޑިންމާވަތަށް އަދި ދެ ބަނދަރުގެ ކަނޑިންމާ ވަށައިގެންވާ ސަރަހައްދުތަކަށް ފޭބުމަކީ މަނާކަމެއްކަމުގައި އާންމުކޮށް އަންގާ އިޢުލާންކުރަމެވެ.  

09 ފެބުރުވަރީ 2023