ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: H-2014/237
ޕަބްލިޝްކުރި ތާރީޚް: 18 ޑިސެންބަރު 2014
ޕަބްލިޝްކުރި ގަޑި: 13:35
ސުންގަޑި: 22 ޑިސެންބަރު 2014 11:00
ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ތަކެތި ސަޕްލައިކޮށްދެއްވާނެ ފަރާތެއް ހޯދުމަށް

އަންދާސީހިސާބު ހުށަހެޅުމުގެ ދަޢުވަތަށް ގެނެވުނު ބަދަލު

މިކުންފުންޏަށް ބޭނުންވާ ތަކެތި ސަޕްލައިކޮށްދެއްވާނެ ފަރާތެއް ހޯދުމަށް ކުރެވުނު H-2014/237 ނަންބަރު އިޢުލާނާ ގުޅިގެން، އަންދާސީހިސާބު ހުށަހެޅުމަށް ކުރިން ހަމަޖެހިފައިވާ ތާރީޚަކީ ސަރުކާރު ބަންދު ދުވަހެއްކަމުގައި ކަނޑައަޅާފައިވާތީ، މި މަސައްކަތަށް އަގު ހުށަހެޅުން 2014 ޑިސެންބަރު 22 ވާ (ހޯމަ) ދުވަހުގެ 11:00 އަށް ފަސްކުރެވިފައިވާ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

ވީމާ، މިމަސައްކަތް ކޮށްދެއްވަން އެދިވަޑައިގަންނަވާ ފަރާތްތަކުން 2014 ޑިސެންބަރު 22 ވާ (ހޯމަ) ދުވަހުގެ 11:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މިޕްރޮޖެކްޓަށް ހުށަހެޅޭ، ޓެކްނިކަލް ގޮތުން ޤަބޫލުކުރެވޭ ޕްރޮޕޯޒަލްތައް އިވެލުއޭޓް ކުރެވޭގޮތުގެ ތަފުސީލު:

އަގަށް: 85 ޕޮއިންޓް

ހުށަހެޅޭ އެންމެ ހެޔޮ އަގު / ހުށަހެޅި އަގު 85x

މުއްދަތު:05 ޕޮއިންޓް

ހުށަހެޅޭ އެންމެ ކުރު މުއްދަތު / ހުށަހެޅި މުއްދަތު 05x

ތަޖުރިބާ: 10 ޕޮއިންޓް

މިފަދަ މަސައްކަތެއް ކޮށްފައިވާނަމަ މަސައްކަތް ކުރިކަމުގެ ލިޔުންތަކަށް ބަލާފައެވެ.

- ހުށަހަޅާފައިވާ އަންދާސީހިސާބު ބާޠިލުވާ މުއްދަތު މަދުވެގެން 45 ދުވަހަށް ވާންވާނެއެވެ.

- މިމަސައްކަތަށް ފައިސާ ދޫކުރުން: ބިލް ހުށަހަޅާތާ 30 ދުވަހުގެ ތެރޭގައި.

އަންދާސީހިސާބު ހުށަހަޅުއްވަންވާނީ ތިރީގައި މިދަންނަވާ ގޮތަށް އެޑްރެސް ކޮށްފައެވެ.

ހެޑް އޮފް ޕްރޮކިއުމަންޓް

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް

އިޢުލާން ނަންބަރު: H-2014/237

ބިޑް ހުޅުވުން: ބިޑް ހުޅުވުމަށް ހަމަޖެހިފައިވަނީ 2014 ޑިސެންބަރު 22 ވާ (ހޯމަ) ދުވަހުގެ 11:00 ގައި ސްޓެލްކޯ ހެޑްއޮފީހުގެ ދެވަނަ ފަންގިފިލާގެ ބައްދަލުކުރާ ކޮޓަރީގައި މި މަސައްކަތަށް އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ.

26 ޞަފަރު 1436

ނޯޓް:

  • މަޢުލޫމާތު ފުރިހަމަނޫން ބިޑްތައް ބާޠިލުކުރުމުގެ ފުރިހަމަ އިޚުތިޔާރު ސްޓެލްކޯއަށް ލިބިގެންވެއެވެ. އަދި ބިޑް ކޮންމެ ވަގުތެއްގައިވެސް ބާޠިލުކުރުމުގެ އިޚުތިޔާރު ސްޓެލްކޯއަށް ލިބިގެންވެއެވެ.
  • ހުށަހަޅާ އަންދާސީހިސާބު ބާޠިލުވާ މުއްދަތު މަދުވެގެން 45 ދުވަހަށް ވާންވާނެއެވެ.
  • މިމަސައްކަތަށް ފައިސާ ދޫކުރެވޭނީ ބިލް ހުށަހަޅާތާ 30 ދުވަހުގެ ތެރޭގައެވެ.
  • ދައުލަތުގެ މާލިއްޔަތު ގަވާއިދުގެ 8.01 ގެ (ކ) ގައި ބަޔާންކޮށްފައިވާ ޙާލަތެއް ދިމާވާނަމަ، އެމާއްދާގައި ބުނާފަދަ ލިޔުމެއް ބީލަމާއެކު ހުށަހަޅުއްވަންވާނެއެވެ.
  • މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3338123 / 3338122 ނަންބަރު ފޯނާއެވެ.
18 ޑިސެންބަރު 2014