ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)249-A/249/2023/11
ޕަބްލިޝްކުރި ތާރީޚް: 09 ފެބުރުވަރީ 2023
ޕަބްލިޝްކުރި ގަޑި: 14:22
ސުންގަޑި: 09 މާރިޗު 2023 13:00
ތިލަދުންމަތީ އުތުރުބުރީ ކެލާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކެލާ ކައުންސިލް ޤުރްއާން މުބާރާތް 1444

ކެލާ ކައުންސިލް ޤުރްއާން މުބާރާތް 1444

               ކެލާ ކައުންސިލް އިދާރާއިން ރަމަޟާން މަހު ޤުރުއާން މުބާރާތެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ 30 މާރޗް 2023 ވާ ބުރާސްފަތި ދުވަހުއެވެ. އަދި މިމުބާރާތް ހުޅުވާލެވިފައިވަނީ މިރަށުގެ ސްކޫލް މަދަރުސާ ތަކަށާއި ރަޖިސްޓްރީ ކޮށްގެން މިރަށުގައި ހިންގާ ޤުރްއާން ކުލާސްތަކަށެވެ.

               މި މުބާރާތުގައި ބައިވެރިވުމުގެ ސުންގަޑިއަކީ 09 މާރޗް 2023 ވާ ބުރާސްފަތި ދުވަހުގެ 13:00 އެވެ.  މުބާރާތުގައި ބައިވެރި ވުމަށްއެދޭ ފޯމު ދޫކުރުމާއި ބަލައިގަތުމަށް ހަމަޖެހިފައިވަނީ ކެލާ ކައުންސިލް އިދާރާގެ ރިސެޕްޝަނުންނެވެ. އަދި މުބާރާތުގައި ބައިވެރިވުމަށްއެދޭ ފޯމާއި މުބާރާތުގެ ޤަވާއިދު ކެލާ ކައުންސިލް އިދާރާގެ ވެބްސައިޓް www.kelaa.gov.mv  އިން ލިބެން ހުންނާނެއެވެ.

               ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

09 ފެބުރުވަރީ 2023