މަސައްކަތް
ނަންބަރު: (IUL)13-K/13/2023/53
ޕަބްލިޝްކުރި ތާރީޚް: 09 ފެބުރުވަރީ 2023
ޕަބްލިޝްކުރި ގަޑި: 14:13
ސުންގަޑި: 14 މާރިޗު 2023 11:00
މިނިސްޓްރީ އޮފް ފިނޭންސް
ދިވެހިރާއްޖެ
ޒޯން 4 އަދި 5 ގެ ކަނޑައެޅިފައިވާ ރަށްތަކަށް ކުނިއުފުލުމަށް ބޭނުންވާ ވެހިކަލް ފޯރުކޮށްދިނުމުގެ މަސައްކަތަށް

ބީލަން ހުށަހެޅުމުގެ ދަޢުވަތު

(ޕްރޮޖެކްޓް ނަންބަރު: TES/2022/G-012-R02)

 

ސާފު ރާއްޖެ - މޯލްޑިވްސް ކްލީން އެންވަޔަރަންމަންޓް ޕްރޮޖެކްޓް

ގްރާންޓް ނަމްބަރ: D199-MV

 

ޒޯން 4 އަދި 5 ގެ ކަނޑައެޅިފައިވާ ރަށްތަކަށް ކުނިއުފުލުމަށް ބޭނުންވާ ވެހިކަލް ފޯރުކޮށްދިނުމުގެ މަސައްކަތަށް

MV-MEE-158472-GO-RFB

 

1. ވާރލްޑް ބޭންކުގެ ހިލޭ އެހީގައި ހިންގަމުންދާ މޯލްޑިވްސް ކްލީން އެންވަޔަރަންމަންޓް ޕްރޮޖެކްޓްގެ (އެމް.ސީ.އީ.ޕީ) ދަށުން ޒޯން 4 އަދި 5 ގެ ކަނޑައެޅިފައިވާ ރަށްތަކަށް ކުނިއުފުލުމަށް ބޭޏުންވާ ވެހިކަލް ހޯދުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. ވީމާ، މިމަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުޠުހަމަވާ ރާއްޖެއާއި ރާއްޖޭންބޭރުގެ ފަރާތްތަކަށް ހުޅުވާލަމެވެ.

2. މިނިސްޓްރީ އޮފް އެންވަޔަރަމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީގެ އެދިލެއްވުމުގެ މަތިން މޯލްޑިވްސް ކްލީން އެންވަޔަރަންމަންޓް ޕްރޮޖެކްޓްގެ (އެމް.ސީ.އީ.ޕީ) ދަށުން ޒޯން 4 އަދި 5 ގެ ކަނޑައެޅިފައިވާ ރަށްތަކަށް ކުނިއުފުލުމަށް ބޭޏުންވާ ވެހިކަލް ހޯދުމަށް ކޮށްފައިވާ މިމިނިސްޓްރީގެ ނަންބަރު (IUL)13-K/13/2023/278 އިޢުލާން ބާޠިލްކޮށް މިމަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުސަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް އަލުން ހުޅުވާލަމެވެ.

3. މިމަސައްކަތް ކުރާނެ ފަރާތްތައް ހޮވާނީ އިންޓަރނެޝަނަލް ކޮމްޕެޓިޓިވް ބިޑިންގ އުޞޫލުން، ވާރލްޑް ބޭންކް ގައިޑްލައިންސް: IDA ކްރެޑިޓް އަދި ހިލޭ އެހީގެ ދަށުން ގައުމުތަކުން ތަކެތި ހޯދުމާއި މަސައްކަތް ކުރާނެ ފަރާތްތައް ހޯދުން - 1 ޖުލައި 2016 ގައި އިސްލާޙުކޮށްފައިވާ އުޞޫލުތަކާއި އެއްގޮތްވާ ގޮތުގެ މަތިން، ޝަރުތު ހަމަވާ ހުރިހާ ފަރާތްތަކަށް ޢާއްމުކޮށް ހުޅުވާލެވިގެންނެވެ. މިކަމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠުތަކާއި އިވެލުއޭޓްކުރެވޭ ކްރައިޓީރިއާ ބީލަން ފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.

4. މިބީލަމުގައި ބައިވެރިވުމަށް  -/1500ރުފިޔާ (ފަނަރަސަތޭކަ ރުފިޔާ ނުވަތަ 100 ޔޫ.އެސްޑޮލަރ) ގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަވަންޖެހޭނެއެވެ. ފައިސާ ބަލައިގަންނާނީ 21 ފެބުރުވަރީ 2023 އިން  9 މާރިޗު 2023 އަށް، މިމިނިސްޓްރީގެ އޮންލައިން ޕޭމަންޓް ޕޯޓަލް - ބަނޑޭރި ޕޭ  (https://bandeyripay.finance.gov.mv) މެދުވެރި ކޮށެވެ. އަދި ފައިސާ ދެއްކުމަށްފަހު، ބީލަމަށް ރަޖިސްޓްރީވުމަށް އެދޭ ފަރާތުގެ ނަމާއި އެޑްރެސް، ގުޅޭނެ ނަންބަރާއި އީ-މެއިލް އެޑްރެސް އަދި ފައިސާ ދެއްކި ރަސީދުގެ ކޮޕީ ތިރީގައިވާ އީމެއިލް އެޑްރެހަށް ފޮނުއްވަންވާނެއެވެ. 

5. މި މަސައްކަތްތަކާއި ބެހޭ އެންމެހައި ލިޔެކިޔުންތައް 13 ފެބުރުވަރީ 2023 އިން ފެށިގެން ސޮފްޓްކޮޕީ ފޯރމެޓުގައި މި މިނިސްޓްރީގެ ވެބްސައިޓް www.finance.gov.mv  އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އަދި މިބީލަމާއި ގުޅިގެން ދޫކުރެވޭ އެންމެފަހުގެ މަޢުލޫމާތުތަށް ވެބްސައިޓް މެދުވެރިކޮށް ހޯދުމަކީ ބީލަމަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެކެވެ. 

6. ޕްރޮޖެކްޓުގެ ބިޑްސެކިޔުރިޓީގެ ގޮތުގައި  2,000.00(ދެހާސް) ޔޫ.އެސް.ޑޮލަރު ނުވަތަ އެ އަދަދާ އެއްވަރެއްގެ އަދަދެއްގެ ދިވެހި ރުފިޔާއިން ހުށަހަޅަން ޖެހޭނެއެވެ. ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީޚުންފެށިގެން 148 ދުވަހެވެ.

7. މި ޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ އީމެއިލް ކުރައްވާނީ 19 ފެބުރުވަރީ 2023 ވާ އާދިއްތަ ދުވަހުގެ 13:30 ގެ ކުރިން، ތިރީގައިވާ އީމެއިލް އެޑްރެހަށެވެ.

8. ބީލަން ހުޅުވުން އޮންނާނީ  14 މާރިޗު 2023ވާ އަންގާރަދުވަހުގެ 11:00:00 ގައި މިމިނިސްޓްރީގެ ނެޝަނަލް ޓެންޑަރގެ ޖަލްސާކުރާ މާލަމުގައެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަޤުތު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.

9. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ނެޝަނަލް ޓެންޑަރ ،

މިނިސްޓްރީ އޮފް ފިނޭންސް،

އަމީނީމަގު، މާލެ، ދިވެހިރާއްޖެ،

ފޯން  : 3349102, (960) 3349147, (960) 3349115 (960)

އީމެއިލް :  [email protected]

ކޮޕީ  : [email protected]

09 ފެބުރުވަރީ 2023