ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: 426-EC/IUL/2014/219
ޕަބްލިޝްކުރި ތާރީޚް: 14 ޑިސެންބަރު 2014
ޕަބްލިޝްކުރި ގަޑި: 12:46
ސުންގަޑި: 25 ޑިސެންބަރު 2014 14:00
އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޓޯޓަލް ސްޓޭޝަނެއް ގަންނަން

އަންދާސީހިސާބު ހުށަހެޅުމުގެ ދަޢުވަތު

މިއިދާރާގެ ސާވޭކުރުމުގެ މަސައަކަތަށް ބޭނުންވާ ޓޯޓަލް ސްޓޭޝަނެއް ގަންނަން ބޭނުންވެގެން ކުރި ނަންބަރު:EC/IUL/2014/211-ފ426 (04 ޑިސެންބަރު 2014) އިޢުލާނަށް މަޢުލޫމާތު ސާފުކުރުމަށް އެއްވެސް ފަރާތަކުން ހާޒިރުވެފައިނުވާތީ އެއިޢުލާން ބާޠިލުކޮށް، އަލުން ފުރުޞަތު ހުޅުވާލަމެވެ.

ވީމާ، މިއިދާރާއަށް ޓޯޓަލްސްޓޭޝަނެއް ވިއްކެވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 25 ޑިސެންބަރު 2014ވާ ބުރާސްފަތި ދުވަހުގެ 14:00އަށް މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 04 ޖަނަވަރީ 2015 ވާ އާދީއްތަ ދުވަހުގެ 14:00އަށް މިއިދާރާއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުނުކުރާ ފަރާތްތަކަށް ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުޞަތެއް ނުދެވޭނެއެވެ.

މަޢުލޫމާތު ސާފުކޮށްދިނުމާއި، ޕްރޮޕޯޒަލް ބަލައިގަތުން އޮންނާނީ މިއިދާރާގެ ކޮންފަރެންސްހޯލުގައެވެ. މަޢުލޫމާތު ދިނުމަށާއި، ޕްރޮޕޯޒަލް ބަލައިގަތުމަށް ހަމަޖެހިފައިވާ ގަޑިއަށް މިއިދާރާގެ ކޮންފަރެންސްހޯލަށް ވަޑައިނުގަންނަވާ ފަރާތްތަކަށް މިސެޝަންތަކުގައި ބައިވެރިނުވެވޭނެ ވާހަކަ ދެންނެވީމެވެ.

22 ޞަފަރު 1436

14 ޑިސެންބަރު 2014