ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)30-MAP/30/2023/36
ޕަބްލިޝްކުރި ތާރީޚް: 09 ފެބުރުވަރީ 2023
ޕަބްލިޝްކުރި ގަޑި: 10:57
މިނިސްޓްރީ އޮފް ފިޝަރީޒް، މެރީން ރިސޯސަސް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
ދަނޑުވެރިންނާއި ވިޔަފާރިވެރިން ގުޅުވައިދިނުން

ދަނޑުވެރިންނާއި ވިޔަފާރިވެރިން ގުޅުވައިދިނުން

 

އިންޓަރނޭޝަނަލް ފަންޑް ފޯރ އެގްރިކަލްޗަރަލް ޑިވެލޮޕްމަންޓް (އިފާޑު) އާއި ދިވެހި ސަރުކާރު ގުޅިގެން މިމިނިސްޓްރީން ކުރިއަށްގެންދާ [މޯލްޑިވްސް އެގްރިބިޒްނަސް ޕްރޮގްރާމް] އަކީ ދަނޑުވެރިކަމުގެ ޞިނާއަތް ތަރައްޤީކުރުމަށް 5 އަހަރުދުވަހުގެ މުއްދަތަށް ހިންގޭ ޕްރޮޖެކްޓެކެވެ. މި ޕްރޮގްރާމަކީ، ދަނޑުވެރިކަމުގައި ބޭނުންކުރާ ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ތިމާވެއްޓާއި ރައްޓެހި، އަދި ދެމެހެއްޓެނިވި ދަނޑުވެރިކަން ކުރެވޭނެ ގޮތްތައް ދަނޑުވެރިންނަށް ތަޢާރަފްކޮށްދިނުމުގެ މަޤްޞަދުގައި ހިންގޭ ޕްރޮގްރާމެކެވެ. ޕްރޮގްރާމް އަމާޒުކުރެވިފައިވަނީ ތިލަދުންމަތީ އުތުރުބުރި، ތިލަދުންމަތީ ދެކުނުބުރި އަދި މިލަދުންމަޑުލު އުތުރުބުރީގެ  26 ރަށަކަށެވެ. އަދި މީގެ އިތުރުން މިޕްރޮގްރާމްގެ މައިގަނޑު އެއް މަޤްސަދަކީ ދަނޑުވެރިންނާއި ވިޔަފާރިވެރިން ގުޅުވައިދީ، ވިޔަފާރީގެ ގުޅުން ދެމެހެއްޓެނިވި ގޮތެއްގައި ޤާއިމުކޮށްދިނުމެވެ.

މިޕްރޮޖެކްޓްގެ ދަށުން ދަނޑުވެރިކަމުގެ ވިޔަފާރިވެރިންގެ ރަޖިސްޓްރީއެއް އެކުލަވާލުމަށްވަނީ ހަމަޖެހިފައެވެ. މިރަޖިސްޓްރީ ގެ ޒަރީއާއިން ރާއްޖޭގައި ދަނޑުވެރިކަމުގެ ވިޔަފާރރީގައި ޙަރަކާތްތެރިވާ ފަރާތްތަކުގެ ޑޭޓާބޭސްއެއް ޤާއިމްކުރެވިގެން ދާނެއެވެ. އަދި  ޕްރޮޖެކްޓްގެ ތެރެއިން، މި ދެންނެވި ދަނޑުވެރި ވިޔަފާރިތަކުގެ ރަޖިސްޓްރީގެ އަލީގައި، ދަނޑުވެރިންނާއި ވިޔަފާރިވެރިން ގުޅުވައިދެވި، އަދި ވިޔަފާރީގެ މުޢާމާލާތު ކުރެވޭނެ ޕްލެޓްފޯމެއް ޤާއިމްކުރެވިގެން ދާނެއެވެ. މިމަސައްކަތް ކުރުމަށް މެޕް ޕްރޮޖެކްޓުން ރޭވިފައިވަނީ ރަނގަޅު އަގެއްގައި، ފެންވަރު ރަނގަޅު ދަނޑުވެރިކަމުގެ އުފެއްދުންތަކެއް ބަޒާރުގައި ލިބޭނެ މަގުފަހިކޮށްދިނުމެވެ. އެހެންކަމުން، އިސްވެ ދެންނެވުނު ޑޭޓާބޭސްގައި ރަޖިސްޓްރީވުމަށް ބޭނުންފުޅުވާ ފަރާތްތަކުން، ރެޖިސްޓްރޭޝަން ފޯމް ހުށައެޅުއްވުންއެދެމެވެ.

ރެޖިސްޓްރޭޝަން ފޯމް ތިރީގައިވާ ލިންކުން ހުށަހެޅިދާނެއެވެ. އަދި ރެޖިސްޓްރޭޝަން ފޯމް މޯލްޑިވްސް އެގްރިބިޒްނަސް ޕްރޮގްރާމްގެ އިމްޕްލިމެންޓޭޝަން ޔުނިޓްއިން ލިބެން ހުންނާނެ ވާހަކަ ދަންނަވަމެވެ. ފޯރމް ފުރިހަމަ ކުރެއްވުމަށް ފަހު، ތިރީގައިވާ އީމޭލް އެޑްރެހަށް ނުވަތަ ޕްރޮޖެކްޓް އޮފީހަށް (5 ވަނަ ފަންގިފިލާ، މ.ހަޒާރުމާގެ، ފަރީދީމަގު) ހުށެހެޅުއްވުމަށް ދަންނަވަމެ.

ރެޖިސްޓްރޭޝަން ފޯރމް ލިންކް: https://ee.kobotoolbox.org/x/8A9fPJwF

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3033400 ނަންބަރު ފޯނަށެވެ. އަދި އީމެއިލުންނަމަ [email protected] އަށެވެ.

 

18 ރަޖަބު 1444

09 ފެބުރުވަރީ 2023

09 ފެބުރުވަރީ 2023