ޢާންމު މަޢުލޫމާތު
ނަންބަރު: 355-ESMS/355/2023/1
ޕަބްލިޝްކުރި ތާރީޚް: 08 ފެބުރުވަރީ 2023
ޕަބްލިޝްކުރި ގަޑި: 21:15
އަރިއަތޮޅު ދެކުނުބުރީ ފެންފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހުވަނި ކޮންޓްރޯލް ކުރުމަށް ސަމާލްކަން ދިނުން

           ރަށުގެ އެކި ސަރަހައްދު ތަކުން ގަސްގަހުގައި ހުވަނި އަޅައި މަގުތަކަށާއި ގެތަކަށް ހުވަނި ވަނުމުގެ ސަބަބުން އެސަރަހައްދުގައި ދިރިއުޅޭ މީހުނަށް ގައި ހިރުވުންފަދަ ސިއްހީ މައްސަލަތައް ދިމާވަމުންދާކަމުގެ ޝަކުވާ މިކައުންސިލަށް ދަނީ ލިބެމުން ނެވެ.

           ވީމާ ރަށުތެރޭގައި ހުވަނި އަޅަފައިވާ ގަސްތަކުގެ ތެރެއިން އެމީހެއްގެ ގޯތީގައިވާ ގަސްތަށް އެމީހެއްގެ ބެލުމުގެ ދަށުން ކޮށައި މަގުތަކަށާއި މީހުން ދިރިއުޅޭ ގެތަކަށް ހުވަނި ފެތުރިގެން ނުދާނެ ގޮތަކަށް ނައްތާލުމަށް ކައުންސިލްގެ ފަރާތުން އިލްތިމާސްކުރަމެވެ.

08 ފެބުރުވަރީ 2023