މަޤާމު: |
ސީނިއަރ ހިއުމަން ރިސޯސް އޮފިސަރ |
ރޭންކް: |
އެމް.އެސް 3 |
ކްލެސިފިކޭޝަން: |
ސީނިއަރ ޓެކްނިކަލް އޮފިސަރ ގްރޭޑް 1 |
ޑިވިޜަން: |
ސްޓްރެޓެޖިކް ހިއުމަން ރިސޯސް ޑިވެލޮޕްމަންޓް |
މުސާރަ: |
-/7035 ރުފިޔާ |
ސަރވިސް އެލެވަންސް: |
-/2000 ރުފިޔާ
|
ލިވިންގ އެލަވަންސް |
-/4000 ރުފިޔާ
|
އެހެނިހެން އެލަވަންސް: |
އެހެން ވަޒީފާއެއް އަދާކުރުން މަނާކުރާތީ ދޭ އެލަވަންސް: 2462/25 ރުފިޔާ
|
އޯވަރޓައިމް އެލަވަންސް: |
އިތުރުގަޑީގައި މަސައްކަތްކުރާ ދުވަސްތަކަށް ކަނޑައެޅިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.
|
ބޭނުންވާ އަދަދު: |
01
|
ތަޢުލީމާއި ތަޖުރިބާ: |
- ހިއުމަން ރިސޯސް މެނޭޖްމެންޓުގެ ދާއިރާއިން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 3 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ
- ހިއުމަން ރިސޯސް މެނޭޖްމެންޓުގެ ދާއިރާއިން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ހާސިލުކޮށްފައިވުން.
|
މަޤާމުގެ މަސްއޫލިއްޔަތު: |
- ސިވިލް ސަރވިސް ކޮމިޝަނުގެ އިދާރާގެ ސްޓްރެޓެޖިކް ހިއުމަން ރިސޯސް މެނޭޖްމަންޓް ޔުނިޓުގެ މަސައްކަތްތައް ހިންގައި ސުޕަރވައިޒްކޮށް ބެލެހެއްޓުން. މިގޮތުން މުވައްޒަފުންނާއި މަސައްކަތް ހަވާލުކޮށް އެ މަސައްކަތް ހިނގާނުހިނގާ ގޮތް ބެލުން.
- ޔުނިޓުގައި މަސައްކަތްކުރާ މުވައްޒަފުންގެ ހާޒިރީ އާއި ޗުއްޓީގެ ކަންތައްތައް ބެލެހެއްޓުން.
- ސިވިލް ސަރވިސް ކޮމިޝަނުގެ އިދާރާގެ ސްޓްރެޓީޖިކް ޕްލޭން އެކުލަވާލުމުގެ މަސައްކަތް ރާވައި ހިންގައި ބެލެހެއްޓުން. އަދި ސްޓްރެޓީޖިކް ޕްލޭން ރިވިއުކޮށް ގެންނަންޖެހޭ ބަދަލުތައް ގެނައުމާއި، ސްޓްރެޓީޖިކް ޕްލޭންގައިވާ ކަންތައްތައް މޮނިޓަރކޮށް ކޮންމެ ހަމަހަކުން ޕްރޮގުރެސް ރިޕޯޓެއް އެކުލަވާލައި ހުށަހެޅުން.
- ސިވިލް ސަރވިސް ކޮމިޝަނުގެ އިދާރާއަށް ބޭނުންވާ އިންސާނީ ވަސީލަތްތައް ތަރައްޤީ ކުރުމަށް ބޭނުންވާ ތަމްރީނު ޕްރޮގުރާމުތައް ދެނެގަނެ، ތަމްރީނުކުރުމަށް ބޭނުންވާ ޕްލޭނެއް އެކުލަވާލައި، އެ ޕްލޭން ހިންގުމަށް ކުރަންޖެހޭ މަސައްކަތްތައްކޮށް، ޕްލޭނަށް ގެންނަންޖެހޭ ބަދަލުތައް ގެނައުން
- ސިވިލް ސަރވިސް ކޮމިޝަނުގެ އިދާރާގެ މުވައްޒަފުންގެ ގަވާއިދުގައިވާ ގޮތުގެ މަތިން އިދާރާގެ ޓްރެއިނިންގ ރިކުއާރމަންޓް އެކުލަވާލުން.
- ސިވިލް ސަރވިސް ކޮމިޝަނުގެ އިދާރާއަކީ އައި.އެސް.އޯ ސަރޓިފައިޑް ތަނެއްގެ ގޮތުގައި ބޭއްވުމަށް ކުރަންޖެހޭ މަސައްކަތްތައްކޮށް، އެކުލަވާލަންޖެހޭ ޕްލޭންތައް އެކުލަވާލައި، އަދި އެކަންތައްތަކާ ބެހޭގޮތުން ކޮންމެ ހަމަހަކުން ރިޕޯޓެއް އެކުލަވާލައި ހުށަހެޅުން.
- ކޮމިޝަނުގެ އިދާރާގެ މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމު ހިންގުމާއި އެއާގުޅިގެން ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން.
- ސިވިލް ސަރވިސް ކޮމިޝަނުގެ އިދާރާގައި މަސައްކަތްކުރާ މުވައްޒަފުންނަށް ދޭންޖެހޭ މުސާރައާއި އިނާޔަތްތައް ދިނުން.
- ސިވިލް ސަރވިސް ކޮމިޝަނުގައި މަސައްކަތްކުރާ މުވައްޒަފުންގެ ރިޓަޔަރމަންޓް ޕެންޝަން ސްކީމާއި ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ކުރުން.
- ކޮމިޝަނުގެ އިދާރާއަށް ބޭނުންވާ މުވައްޒަފުން ހޯދުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތް ކުރުން.
- ކޮމިޝަނުގެ އިދާރާގެ ވަޒީފާތަކަށް ހޮވޭ މުވައްޒަފުން ވަޒީފާއަށް ތަޢާރަފު ކުރުމާއި އިދާރާގެ މަސައްކަތްތަކަށް އަހުލުވެރިކުރުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްކުރުން.
- ކޮމިޝަނުގެ އިދާރާގެ މުވައްޒަފުން ވަޒީފާއާ ގުޅޭގޮތުން ހުށަހަޅާ މައްސަލަތަކާއި ސިޓީތަކަށް ސުޕަވައިޒަރުގެ ލަފާޔާއެކު ޖަވާބު ދިނުން.
- ކޮމިޝަނުގެ އިދާރާގެ މުވައްޒަފުންގެ ހާޒިރީ އާއި ޗުއްޓީގެ ރިކޯޑު ބަލަހައްޓާ ސޮފްޓްވެއަރ ބެލެހެއްޓުމާއި ސޮފްޓްވެއަރއަށް ދިމާވާ މައްސަލަތައް ހައްލުކުރުމަށް ކަމާބެހޭ ޓެކްނިކަލް ބޭފުޅުންގެ އެހީ ހޯދުމުގެ މަސައްކަތް ކުރުން.
- ކޮމިޝަންގެ އިދާރާގެ އެޗް. އާރު. އެމް. ޑީ ކޮމިޓީގެ ސެކްރެޓޭރިއެޓް ބެލެހެއްޓުން.
- ކޮމިޝަނުގެ އިދާރާގެ މުވައްޒަފުންގެ ޕާރސަނަލް ފައިލްތައް އަޕްޑޭޓްކޮށް ބެލެހެއްޓުން.
- ހަވާލުކުރެވޭ މަސައްކަތްތަކާ ގުޅިގެން، އަދާކުރަންޖެހޭ އެހެނިހެން މަސްއޫލިއްޔަތުތައް އަދާކުރުން.
- ކޯޕަރޭޓް ސަރވިސަސްއިން ކުރާ އެހެނިހެން މަސައްކަތްތަކުގައި އެހީތެރިވެދިނުން.
- ކޮމިޝަނުގެ އަދި ޔުނިޓުގެ މަސައްކަތްތަކުގެ ތެރެއިން ޚާއްޞަ ޙާލަތްތަކުގައި ޙަވާލުކުރެވޭ މަސައްކަތްތައް ކުރުން.
- ކޮމިޝަނުގެ އިދާރާގެ މަސައްކަތްތަކުގެ ތެރެއިން ސެކްރެޓަރީ ޖެނެރަލް ޙަވާލުކުރާ މަސައްކަތްތައް ކުރުން.
|
އެޕްލިކޭޝަން ފޮނުވަންވީ ތާރީޚު:
|
04 ޖަނަވަރީ 2015 ވާ އާދިއްތަ ދުވަހުގެ މެންދުރު ފަހު 14:30 ގެ ކުރިން ސިވިލް ސަރވިސް ކޮމިޝަނުގެ އިދާރާގެ (ހ. ވެލާނާގެ 12 ވަނަ ފަންގިފިލާ)
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމު
- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިލަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
- ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި، މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނަ ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ).
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
|
- ތަޢުލީމާއި ތަމްރީނު (ކަނޑައެޅިފައިވާ އިންސައްތަ: %38)
- މަސައްކަތުގެ ތަޖުރިބާ (ކަނޑައެޅިފައިވާ އިންސައްތަ: %8)
- އިންޓަރވިއު އަދި ޕްރެޒެންޓޭޝަން (ކަނޑައެޅިފައިވާ އިންސައްތަ: %54)
|
އިންޓަވިއު އަދި ޕްރެޒެންޓޭޝަން އޮންނާނެ ތަނާއި، މުއްދަތު:
|
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި ޕްރެޒެންޓޭޝަން 2015 ޖަނަވަރީ 05 އާއި 2015 ޖަނަވަރީ 15 އާ ދެމެދު މާލޭގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
|
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3307302 ނުވަތަ 3307303 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ 3303648 އެވެ. އީމެއިލް އެޑްރެހަކީ [email protected] އެވެ. އިތުރު މަޢުލޫމާތު މި ކޮމިޝަންގެ ވެބްސައިޓް http://www.csc.gov.mv އިން ލިބިވަޑައިގަންނަވާނެއެވެ.
24 ޞަފަރު 1436
|