ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)304-CA/304/2023/15
ޕަބްލިޝްކުރި ތާރީޚް: 08 ފެބުރުވަރީ 2023
ޕަބްލިޝްކުރި ގަޑި: 15:41
ސުންގަޑި: 28 ފެބުރުވަރީ 2023 13:00
މާޅޮސްމަޑުލު އުތުރުބުރީ ދުވާފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދުވާފަރު ކައުންސިލް ޤުރުއާން މުބާރާތް 1444

1444 ވަނަ އަހަރުގެ ބަރަކާތްތެރި ރަމަޟާން މަހު، މި ކައުންސިލުން ބާއްވަން ހަމަޖެހިފައިވާ މި ކައުންސިލްގެ ޤުރުއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުރިހާ އުމުރުފުރާ އަކަށް އާންމުކޮށް ހުޅުވާލަމެވެ.

މި މުބާރާތް ކުރިޔަށް ދާނީ 2 ގޮތްޕަކަށް ބަހާލެވިގެންނެވެ. އެއީ ބަލައިގެން ކިޔެވުމުގެ ގޮތްޕާއި ނުބަލައި ކިޔެވުމުގެ ގޮތްޕެވެ. ކޮންމެ ގޮތްޕެއްގަވެސް 6 އުމުރުފުރާ ހިމެނޭނެއެވެ. އުމުރުފުރާ ކަނޑައެޅުމުގައި ބަލާނީ 01 ޖަނަވަރީ 2023 އަށް ބައިވެރިޔާއަށް ފުރޭ އަހަރަށެވެ.

މިމުބާރާތުގެ 6 އަހަރުން ދަށުގެ އުމުރުފުރާގެ ބައިވެރިންގެ ކިޔެވުމަށް އިންސާފުކުރާ ގޮތަށް ހަމަޖެހިފައެއް ނުވެއެވެ. ނަމަވެސް 6 އަހަރުން ދަށުގެ އުމުރުފުރާގެ ބައިވެރިންގެ ކިޔެވުމަށްފަހު ވަޤުތުން ދެވޭ ހަނދާނީ ލިޔުމަކާއި، ޓްރޮފީ ދިނުމަށް ވަނީ ހަމަޖެހިފައެވެ. އެނޫން ކޮންމެ އުމުރުފުރާ އަކުން އެންމެ މޮޅު 1 ވަނަ، 2 ވަނަ، 3 ވަނަ ބައިވެރިން ހޮވޭނެއެވެ. މިވަނަތައް ހޮވޭނީ 2 ގޮފިން ވަކިންނެވެ. އަދި މުޅި މުބާރާތުގެ 1 ވަނަ، 2 ވަނަ، 3 ވަނަ ހޮވޭނެއެވެ.

                                                                    މިމުބާރާތުގެ ވަނަވަނައަށް އަންނަ ބައިވެރިންނަށް ކަނޑައެޅިފައިވާ އިނާމްތަކަކީ:

      މުޅި މުބާރާތުގެ 1 ވަނަ -/15000ރ ޓްރޮފީ އާއި ސެޓްފިކެޓް

                      2 ވަނަ -/10000ރ ޓްރޮފީ އާއި ސެޓްފިކެޓް

                      3 ވަނަ -/5000ރ ޓްރޮފީ އާއި ސެޓްފިކެޓް

 

       ކޮންމެ އުމުރުފުރާއަކުން 1 ވަނަ ޓްރޮފީ އާއި ސެޓްފިކެޓް އާއި ފައިސާގެ އިނާމް 

                      2 ވަނަ ޓްރޮފީ އާއި ސެޓްފިކެޓް އާއި ފައިސާގެ އިނާމް

                      3 ވަނަ ޓްރޮފީ އާއި ސެޓްފިކެޓް އާއި ފައިސާގެ އިނާމް

 

           ކޮންމެ ގޮތްޕަކުން 1 ވަނަ ޓްރޮފީ އާއި ސެޓްފިކެޓް އާއި ފައިސާގެ އިނާމް

                      2 ވަނަ ޓްރޮފީ އާއި ސެޓްފިކެޓް އާއި ފައިސާގެ އިނާމް

                      3 ވަނަ ޓްރޮފީ އާއި ސެޓްފިކެޓް އާއި ފައިސާގެ އިނާމް

 

 

މިމުބާރާތުގައި ބައިވެރިވާން ފޯމު ހުށަހެޅުމަށް ހަމަޖެހިފައިވަނީ ރ.ދުވާފަރު ކައުންސިލް އިދާރާއަށެވެ. މިމުބާރާތުގެ އުޞޫލް ގެޒެޓް ކުރެވޭނެ ވާހަކަ ދަންނަވަމެވެ. މިމުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް ލިބިވަޑައިގަންނަވާނީ ރ.ދުވާފަރު ކައުންސިލް އިދާރާގެ ކައުންޓަރުންނެވެ. ފޯމް ބަލައިގަންނާނީ ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 08:30 އިން މެންދުރު 13:00 އަށް ކަމުގައި ދަންނަވަމެވެ.

މި މުބާރާތުގެ ބައިވެރިވުމުގެ އެންމެ ފަހު ތާރީޚައަކީ 28 ފެބްރުއަރީ 2023 އެވެ.

ވީމާ، މިކަން އާންމުކޮށް އަންގާ އިޢުލާންކުރީމެވެ.

17 ރަޖަބް    1444

08 ފެބްރުއަރީ  2023

08 ފެބުރުވަރީ 2023