ދިވެހިރާއްޖެ
އިއުލާން
މަދަރުސާގެ ސެކިޔުރިޓީ ބަލަހައްޓައި ދޭނޭ ފަރާތެއް ހޯދުން
ނަންބަރު (IUL)GS34/2023/05
2023ވަނަ އަހަރަށް މ މަދަރުސާގެ ސެކިޔުރިޓީ ބަލަހައްޓައިދޭނޭ ފަރާތެއް ހޯދުމަށް ވަނީ ބޭނުންވެފައެވެ.
ވީމާ ، މި މަދަރުސާއިން ދޭ މަޢުލޫމާތާއި އެއްގޮތަށް މިމަދަރުސާގެ ސެކިޔުރިޓީ ބަލަހައްޓައި ދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚު ތަކުގައި މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ.
ބީލަމަށް ރަޖިސްޓްރީ ކުރުން |
2023 ފެބްރުއަރީ 08 އިން 2023 ފެބްރުއަރީ 14 ވާ އަނަގާރަ ދުވަހުގެ 12:00އާއި ހަމަޔަށް (ބީލަމަށް ރަޖިސްޓަރ ކުރެވޭނީ ތިރީގައިވާ ލިންކުންނާއި ށ. އަތޮޅު މަދަރުސާގެ އޮފީހުންނެވެ.) https://bit.ly/3LHvsPM |
މަޢުލޫމާތު ސާފުކުރެއްވުން |
2023 ފެބްރުއަރީ 14 ވާ އަންގާރަ ދުވަހުގެ 12:00 އާއި ހަމަޔަށް ށ. އަތޮޅު މަދަރުސާއިންނާއި ގެޒެޓްގައި ޝާއިޢު ކުރެވިފައިވާ މަޢުލޫމާތު ލިންކުން. |
ބީލަން ހުށަހެޅުއްވުން |
2023 ފެބްރުއަރީ 16 ވާ އބުރާސްފަތި ދުވަހުގެ 13:00 ގައި ށ. އަތޮޅު މަދަރުސާގައި. |
މި މަސައްކަތް ކުރުމަށް ކުރިމަތިލެވޭނީ ވިޔަފާރި ޤާނޫނު (18/2014) ގެ ދަށުން ރަޖިސްޓްރީވެފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު (19/2014) ގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ.
އަންދާސީ ހިސާބު ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. އަދި ސިޓީއުރައިގެ ބޭރުގައި " ށ.އަތޮޅުމަދަރުސާގެ ސެކިޔުރިޓީ ބެލެހެއްޓުން-2023 " މިހެން ލިޔެފައި އޮންނަންވާނެއެވެ.
އަދި ދަންނަވެމެވެ. މި ޕްރޮޖެކްޓްގެ ބީލަމަށް ރަޖިސްޓްރީ ކުރުމަށް ހަމަޖެހިފައިވާ މުއްދަތުގައި ރަޖިސްޓްރީކޮށް މަޢުލޫމާތު ސާފުނުކުރައްވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.
17 ރަޖަބު 1444
08 ފެބުރުވަރީ 2023