ދިވެހިރާއްޖެ
(IUL)258/258/2023/16ނަންބަރު:
އިޢުލާން
ހަނިމާދޫ ކައުންސިލާއި، ހަނިމާދޫ ސްކޫލާއި ގުޅިގެން ބާއްވަން ހަމަޖެހިފައިވާ " ޖަވާހިރުލް ޤުރުއާން މުބާރާތް 1444 " ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލުން.
2023 ވަނައަހަރު މި ކައުންސިލާއި ހަނިމާދޫ ސްކޫލާއި ގުޅިގެން ބާއްވަން ހަމަޖެހިފައިވާ ޖަވާހިރުލް ޤުރުއާން މުބާރާތް 1444 ބައިވެރިވުމުގެ ފުރުޞަތު އާންމުކޮށް ހުޅުވާލަމެވެ.
# |
ކީ ސްޓޭޖްތައް |
ނުބަލާކިޔެވުން |
ބަލައިގެން ކިޔެވުން |
||
ފެށޭކޮޅު |
ނިމޭކޮޅު |
ފެށޭކޮޅު |
ނިމޭކޮޅު |
||
1 |
ފައުންޑޭޝަން |
ފާޠިހާ 1 – ބަޤަރާ 77 |
އަޢުލާ 1 – ނާސް 6 |
1ވަނަ ފޮތް |
30ވަނަ ފޮތް |
2 |
ކީ ސްޓޭޖް 1 |
1 ވަނަ ފޮތް |
30 ވަނަ ފޮތް |
ފޮތް 1 – 3 |
ފޮތް 28 – 30 |
3 |
ކީ ސްޓޭޖް 2 |
ފޮތް 1 – 3 |
ފޮތް 28 – 30 |
ފޮތް 1 – 7 |
ފޮތް 24 – 30 |
4 |
ކީ ސްޓޭޖް 3 |
ފޮތް 1 – 5 |
ފޮތް 26 – 30 |
ފޮތް 1 – 10 |
ފޮތް 21 – 30 |
5 |
ކީ ސްޓޭޖް 4 |
ފޮތް 1 – 7 |
ފޮތް 24 – 30 |
ފޮތް 1 – 15 |
ފޮތް 16 – 30 |
ފައުންޑޭޝަން ސްޓޭޖާއި އަދި ކޮންމެ ކީސްޓޭޖަކުން އެންމެ މޮޅު 5 ދަރިވަރުން ހޮވޭނެއެވެ. އަދި ފައުންޑޭޝަން ސްޓޭޖާއި ކޮންމެ ކީސްޓޭޖަކުން 1 ވަނަ، 2 ވަނަ އަދި 3ވަނަ ހޮވޭނެއެވެ. މި ވަނަތައް ހޮވޭނީ ދެ ގޮފި ވަކިންނެވެ. ހަމަ އެހެންމެ ކޮންމެ ގޮތްޕަކުން އެންމެ މޮޅު 5 ދަރިވަރުން ހޮވުމާއެކު ކޮންމެ ގޮތްޕަކުން 1ވަނަ، 2ވަނަ، 3ވަނަ ހޮވޭނެއެވެ.
މިމުބާރާތުގެ ވަނަތަކަށް ހޮވޭ ދަރިވަރުންނަށް ކަނޑައެޅިފައިވާ އިނާމުތަކަކީ
ކޮންމެ ކީ ސްޓޭޖަކުން |
ކޮންމެ ގޮތްޕަކުން |
1 ވަނަ -/2000 ރުފިޔާ |
1 ވަނަ -/5000 ރުފިޔާ |
2 ވަނަ -/1500 ރުފިޔާ |
2 ވަނަ -/2500 ރުފިޔާ |
3 ވަނަ -/1000 ރުފިޔާ |
3 ވަނަ -/1500 ރުފިޔާ |
މި މުބާރާތުގައި ބައިވެރިވާން ފޯމު ހުށަހެޅުމަށް ހަމަޖެހިފައިވަނީ ހަނިމާދޫ ކައުންސިލް އިދާރާއަށެވެ. މުބާރާތުގެ އުޞޫލު އަދި ބައިވެރިވުމުގެ ފޯމް މި ކައުންސިލްގެ ވެބްސައިޓްއިން ލިބެންހުންނާނެއެވެ. މީގެ އިތުރުން އިދާރާއަށް ވަޑައިގެން ފޯމު ހުށަހަޅުއްވަން ބޭނުންފުޅުވާ ފަރާތްތަކަށް އިދާރާއިން ފޯމު ދޫކުރާނެއެވެ. ފޯމް ދޫކުރުމާއި ބަލައިގަތުން ހަމަޖެހިފައިވަނީ ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:30 އިން 13:00އަށް ކައުންސިލް އިދާރާ ކައުންޓަރުންނެވެ.
މި މުބާރާތުގައި ބައިވެރިވުމުގެ އެންމެ ފަހު ތާރީޚަކީ 16 ފެބްރުއަރީ 2023 ވަނަ ދުވަހުގެ 13:00 އެވެ.
ނޯޓް: މުބާރާތް ކުރިއަށްދާނީ 2023 ވަނަ އަހަރު މާރިޗު މަހުގެ ތެރޭގައެވެ. އަދި ހަނިމާދޫ ސްކޫލްގެ ދީނީ ރޫހުގެ ފަރާތުން ހުޅުވާލި ޤުރުއާން މުބާރާތުގައި ބައިވެރި ވުމަށްއެދި ފޯމް ހުށައެޅި ދަރިވަރުން ދެވަނަ ފަހަރަށް ފޯމް ހުށައަޅާކަށް ނުޖެހޭނެއެވެ. މި މުބާރާތުން 50 އިންސައްތައަށްވުރެ މަތިން މާކުސްލިބޭ ދަރިވަރުން، ހަނިމާދޫ ސުކޫލުން ހިންގާ ''ޤުރުއާން ޕޫލަށް'' ނަގާނެއެވެ.
ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
17 ރަޖަބް 1444
08 ފެބްރުވަރީ 2023