މަޤާމު
|
ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް، ފާމަސިއުޓިކަލް
|
ބޭނުންވާ އަދަދު
|
01
|
ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް
|
ރޭންކް: EX3
|
މުސާރަ
|
މަހަކު -/11065 ރުފިޔާ
|
ސަރވިސް އެލަވަންސް
|
މަހަކު -/2500 ރުފިޔާ
|
ނޮން ޕްރެކްޓިސް އެލަވަންސް
|
މުސާރައިގެ %35
|
ޑިވިޝަން
|
މެޑިސިން އެންޑް ތެރަޕިއުޓިކް ގުޑްސް
|
ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް
|
- ބޭހާއި ރެޖިއުލޭޓްރީ ނިޒާމުގެ ފެންވަރު ހިފެހެއްޓުމަށާއި އެ ނިޒާމް ތަރައްޤީކޮށް ޒަމާނީ ކުރުމާއި އިންޓަރނޭޝަނަލް ބެސްޓް ޕްރެކްޓިސްގެ އުޞޫލު ޤާއިމު ކުރުމާއި އަދި އެ ނިޒާމް ހިންގުމަށް ބޭނުންވާ ކަންކަން ރާވައި އިންތިޒާމު ކުރުން.
- ބޭހުގެ ރައްކާތެރިކަމާ ބެހޭ ޤާނޫނާއި ގަވާއިދު އަދި ސެޓެންޑާރޑްތައް ގުޅުންހުރި މުއައްސަސާތަކާއި ފަރާތްތަކާ ވިލަރެސްކޮށްގެން ހެދުން.
- މެޑިސިން އެންޑް ތެރަޕިއުޓިކް ގުޑްސް ޑިވިޝަން ހިންގުމަށް ކަނޑައަޅާ އެކްޝަން ޕްލޭނާއި ޕްރޮޖެކްޓުތައް ތަންފީޒުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން
|
ތަޢުލީމާއި ތަޖުރިބާ
|
- ފާމަސީ ދާއިރާއަކުން ނުވަތަ މެޑިސިންގެ ދާއިރާއިން ދިވެހި ރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު މަޤާމުގެ މަސައްކަތާ ގުޅޭ މަޤާމެއްގައި އީއެކްސް 1 އިން ފެށިގެން މަތީ ރޭންކެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުމާއެކު ޖުމްލަ 9 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ،
- ފާމަސީ ދާއިރާއަކުން ނުވަތަ މެޑިސިންގެ ދާއިރާއިން ދިވެހި ރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު މަޤާމުގެ މަސައްކަތާ ގުޅޭ މަޤާމެއްގައި އީއެކްސް 1 އިން ފެށިގެން މަތީ ރޭންކެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުމާއެކު ޖުމްލަ 6 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ،
- ފާމަސީ ދާއިރާއަކުން ނުވަތަ މެޑިސިންގެ ދާއިރާއިން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 10 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު މަޤާމުގެ މަސައްކަތާ ގުޅޭ މަޤާމެއްގައި އީއެކްސް 1 އިން ފެށިގެން މަތީ ރޭންކެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.
|
މަޤާމު
|
ޑިރެކްޓަރ، ފާމަސިއުޓިކަލް
|
ބޭނުންވާ އަދަދު
|
01
|
ޑިރެކްޓަރ
|
ރޭންކް: EX1
|
މުސާރަ
|
މަހަކު -/8835 ރުފިޔާ
|
ސަރވިސް އެލަވަންސް
|
މަހަކު -/2500 ރުފިޔާ
|
ނޮން ޕްރެކްޓިސް އެލަވަންސް
|
މުސާރައިގެ %35
|
ޑިވިޝަން
|
މެޑިސިން އެންޑް ތެރަޕިއުޓިކް ގުޑްސް / އެންފޯސްމަންޓް ސެކްޝަން
|
ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް
|
- ދިވެހިރާއްޖެއަށް ބޭސް އެތެރެކުރާ ޕޯޓްތަކުގެ މަސައްކަތް ރާވައި ހިންގައި ބެލެހެއްޓުމާއި ފާމަކޯވެޖަލެންސް ގެ ކަންތައްތައް ރާވައި ކޯޑިނޭޓްކޮށް ހިންގައި، މި ނިޒާމް ޤާއިމުކުރުމާއި ބޭހުގެ ޕޯސްޓް މާކެޓް ސާވެއަލެންސްގެ މަސައްކަތްތައް ރާވައި ހިންގައި ބެލެހެއްޓުން.
- ބޭހާއި ބެހޭގޮތުން ހޭލުންތެރި ކުރުމުގެ ޕްރޮގުރާމުތައް ރާވައި ހިންގައި ކުރިއަށް ގެންދިއުން.
|
ތަޢުލީމާއި ތަޖުރިބާ
|
- ފާމަސީ ދާއިރާއަކުން ދިވެހި ރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 9 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ،
- ފާމަސީ ދާއިރާއަކުން ދިވެހި ރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 6 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ،
- ފާމަސީ ދާއިރާއަކުން ދިވެހި ރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 3 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.
|
މަޤާމު
|
ބަޔޯމެޑިކަލް އިންޖިނިއަރ
|
ބޭނުންވާ އަދަދު
|
01
|
ޓެކްނިކަލް އޮފިސަރ ގްރޭޑް 2
|
ރޭންކް: MS2
|
މުސާރަ
|
މަހަކު -/6295 ރުފިޔާ
|
ސަރވިސް އެލަވަންސް
|
މަހަކު -/2500 ރުފިޔާ
|
ނޮން ޕްރެކްޓިސް އެލަވަންސް
|
މުސާރައިގެ %35
|
ޑިވިޝަން
|
މެޑިސިން އެންޑް ތެރަޕިއުޓިކް ގުޑްސް / ތެރަޕިއުޓިކް ގުޑްސް ޔުނިޓް
|
ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް
|
މެޑިކަލް ޑިވައިސަސް ރެގިއުލޭޓް ކުރުމުގެ ގޮތުން ކުރަންޖެހޭ އެންމެހައި ކަންތައްތައް ސުޕަވައިޒަރުގެ ލަފާގެ މަތިން ކުރުން އަދި މެޑިކަލް ޑިވައިސަސް ރެގިއުލޭޓް ކުރުމަށް ބޭނުންވާ ގަވާއިދު ތަކާއި އެސް.އޯ.ޕީ ތައް ހެދުމެވެ.
|
ތަޢުލީމާއި ތަޖުރިބާ
|
- ބަޔޯމެޑިކަލް އިންޖިނިއަރިންގ ދާއިރާއިން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު ބަޔޯމެޑިކަލް އިންޖިނިއަރިންގ ދާއިރާއިން 3 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،
- ބަޔޯމެޑިކަލް އިންޖިނިއަރިންގ ދާއިރާއިން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލުކޮށްފައިވުން.
|
ވަޒީފާ އަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް
|
- ހާސިލުކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން.
- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ ބަލައިގެން.
- ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއު ކޮށްގެން.
|
ޢިނާޔަތްތައް
|
- ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ.
- ރިސްކް އެކުލެވޭ މަސައްކަތް ކުރައްވާ ކޮންމެ ދުވަހަކަށް ހަމަޖެހިފައިވާ އުޞޫލުގެ މަތިން ރިސްކް އެލަވަންސް
|
ހުށަހަޅަންޖެހޭ ލިޔުންތައް
|
- ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު މި މިނިސްޓްރީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މިމިނިސްޓްރީގެ www.health.gov.mv ވެބްސައިޓުން ޑައުންލޯޑް ކުރެއްވޭނެއެވެ. )
- ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެމުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
- ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް. (އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުގެ ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
- މަސައްކަތުގެ ތަޖުރިބާ ދެނެގަތުން، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ
- ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނެގޮތަށް ލިޔެފައިވާ ލިޔުންތައް ކިޔަން ކިޔަން އެނގޭ ފަދަ ކޮޕީ.
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ވަޒީފާއަށް އެދޭ ފޯމާއެކު އެޓޭޗްކުރެވިފައިވާ ނަމޫނާއާ އެއްގޮތަށް ތައްޔާރުކޮށްފައިވާ ސީވީ)
|
ސުންގަޑި
|
30 ޑިސެންބަރު 2014 ވާ އަންގާރަ ދުވަހުގެ 14:30 ގެ ކުރިން މިނިސްޓްރީ އޮފް ހެލްތު އަށް
|
އިންޓަވިއު އޮންނާނެ ތާރީޚާއި ތަން:
|
2015 ވަނަ އަހަރުގެ ޖަނަވަރީ މަހުގައި، މިނިސްޓްރީ އޮފް ހެލްތު (ރޯޝަނީ ބިލްޑިންގ ގައި)
ނޯޓް: މި ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލާ 10 ފަރާތެއް ޝޯޓްލިސްޓު ކުރެވޭނެއެވެ.
|
އިތުރު މަޢުލޫމާތު
|
މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަންބަރަކީ 3014400 އެވެ.
|