ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)383/383/2023/14
ޕަބްލިޝްކުރި ތާރީޚް: 07 ފެބުރުވަރީ 2023
ޕަބްލިޝްކުރި ގަޑި: 13:38
ކޮޅުމަޑުލު ވިލުފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ރައްޔިތުންގެ ބައްދަލުވުމުގެ ދަޢުވަތު
ޤާނޫނު ނަންބަރ 2010/7 ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ 107 ވަނަ މާއްދާގެ ދަށުން ތިރީގައިވާ ކަންކަމާބެހޭގޮތުން ރައްޔިތުންނަށް މައުލޫމާތު ދިނުން 16 ފެބްރުވަރީ 2023 ވާ ބުރާސްފަތި ދުވަހުގެރޭ20:30 ގައި ވިލުފުށީ ސުކޫލްގައި އޮންނާނެއެވެ.މި ބައްދަލުވުމުގައި ތިރީގައިވާ ކަންކަން ރައްޔިތުންނާ ހިއްސާކުރުމަށް ވަނީ ހަމަޖެހިފައެވެ.
- 2022 ވަނަ އަހަރުގެ އަހަރީ ރިޕޯޓް ހިއްސާކުރުން
- 2023 ވަނަ އަހަރަށް ކަނޑައެޅިފައިވާ ހަރަކާތްތަކުގެ މައުލޫމާތު ހިއްސާކުރުން
މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.
07 ފެބުރުވަރީ 2023