ބީލަން
ނަންބަރު: (IUL)266-PR/266/2023/38
ޕަބްލިޝްކުރި ތާރީޚް: 08 ފެބުރުވަރީ 2023
ޕަބްލިޝްކުރި ގަޑި: 12:34
ސުންގަޑި: 19 ފެބުރުވަރީ 2023 00:00
ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
"ކަމަނަ އެވޯޑު ނައިޓް" ރާވާ ހިންގައި ދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެ

"ކަމަނަ އެވޯޑު ނައިޓް" ރާވާ ހިންގައި ދޭނެ ފަރާތެއްހޯދުމަށް ބޭނުންވެއްޖެ

ކުޅުދުއްފުށި ސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ފަރާތުން އިންތިޒާމް ކުރާ "ކަމަނަ އެވޯޑު ނައިޓް" ރާވާ ހިންގައި ދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. ވީމާ، މިމަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ގޮތުގެ މަތީން މަޢުލޫމާތު ސާފުކުރައްވާ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

 

ބިޑްގައި ރަޖިސްޓަރ ވުމަށް:

ލިންކް: https://forms.office.com/r/Am4XiFk34z

 

ތަފްސީލް

ތާރީޚް

ގަޑި

ޕްރީ ބިޑް މީޓިންގ (މައުލޫމާތު ސެޝަން)

‏13‏ ފެބްރުއަރީ‏ 2023‏ (ހޯމަ‏)

10:15

ރަޖިސްޓަރ ވުމުގެ ސުންގަޑި

‏19‏ ފެބްރުއަރީ‏ 2023‏ (އާދީއްތަ‏)

10:15

އަންދާސީ ހިސާބު ހުށަހެޅުން

‏20‏ ފެބްރުއަރީ‏ 2023‏ (ހޯމަ‏)

10:15

ތަން: ކުޅުދުއްފުށީ ސިޓީ ކައުންސިލް އިދާރާގައި

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީ ގަޑީގައި ގުޅުއްވާނީ 6527177 ނުވަތަ 6527166 އަށެވެ.

 

މިމަސައްކަތާއި ބެހޭ އެންމެހާ ލިޔެކިޔުންތައް ސޮފްޓްކޮޕީ ފޯމެޓްގައި މިއިދާރާގެ ވެބްސައިޓް https://kulhudhuffushicity.gov.mv/procure އިން ‏08‏ ފެބްރުއަރީ‏ 2023 އިން ފެށިގެން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އަދި މިބީލަމާއި ގުޅިގެން ދޫކުރެވޭ އެންމެފަހުގެ މަޢުލޫމާތުތައް ވެބްސައިޓް މެދުވެރިކޮށް ހޯދުމަކީ ބީލަމަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެކެވެ.  

 

ވަޑައިގަންނަވާ ކޮންމެ ފަރާތަކަށްވެސް ހުށަހެޅުއްވެވޭނީ އެއް އަންދާސީ ހިސާބެވެ. އަންދާސީ ހިސާބު ހުށަހެޅުއްވެވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށާއި ދިވެހިރާއްޖޭގައި ރަޖިސްޓްރީ ކުރެވިފައިވާ ކުޅިވަރު ޖަމްޢިއްޔާ ޖަމާޢަތްތަށް އަދި މިބީލަމުގައި ރަޖިސްޓަރވެފައިވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ.

08 ފެބުރުވަރީ 2023