ދިވެހިރާއްޖެ
މިރަށުން އަލަށް ދޫކުރުމަށް ހަމަޖެހިފައިވާ 30 ގޯތި ހިމެނޭ ސަރަހައްދާއި، އެސަރަޙައްދުގެ މަގާއި ގޯޅި ހިމެނޭ ސަރަޙައްދުގައި ހުރި ރުއްގަސް ނަގާ ބިން ސާފުކުރުމަށްޓަކައި އެސަރަހައްދުގައިހުރި ރުއްގަސް ނަގަން ބޭނުންވެއެވެ.
ވީމާ، ފުޓްސަލް ދަނޑުގެ ހުޅަނގުން ދޫކުރާއި، ގޯތިތަކާއި، މިރަށު ރިވެލި ގޯތީގެ ހުޅަނގުން ދޫކުރާ ގޯތިތައް ހިމެނޭ ސަރަޙައްދާއި، އެސަރަޙައްދުގެ މަގާއި ގޯޅީގައިހުރި އަމިއްލަ މީސްމީހުންގެ ރުއްގަހުގެ މިލްކުވެރިކަމާއިމެދު ދައުވާ ކުރައްވާ ފަރާތެއްވާނަމަ މިލްކުވެރިކަން ސާބިތުކުރި ލިޔުން ނުވަތަ ކުރީގެ ފައިނު އޮފީހުން ރުއްގަސް އިންދުމަށް ބިން ދޫކޮށް ފައިވާނަމަ ބިން ދޫކުރިކަމުގެ ލިޔުމާއިއެކު، 14 ފެބުރުއަރީ 2023 ވަނަ ދުވަހުގެ 14:00 ގެ ކުރިން ރުއްގަސް ހުރިތަނާއި، ރުއްގަހުގެ ނަމްބަރ އެނގޭނޭހެން ތިރީގައިމިވާ ފޯމެޓާއި އެއްގޮތަށް މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.
މިރުއްގަހާއިމެދު ޢަމަލުކުރާނީ ޤާނޫނު ނަންބަރު: 98/21 މީހުން ދިރިއުޅޭ ރަށްރަށުގައި ރުއްގަސް އިންދުމާއިބެހޭ ޤާނޫނުގައިވާ ގޮތުގެމަތިންނެވެ.
މިއިޢުލާނާއިއެކު ގޯތި ދޫކުރުމަށް ހަމަޖެހިފައިވާ ސަރަޙައްދުގެ ޗާޓް ހިމެނިފައިވާނެއެވެ.
ނަމްބަރ |
ރުއް/ ގަހުގެ ނަން |
ރުއް/ ގަހުގައި ޖަހާފައިވާ ނަމްބަރ |
ރުއްގަސް ހުރިތަނުގެ ތަފްޟީލް |
|
|
|
|
މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.