ވަޒީފާގެ ފުރުޞަތު
ނަންބަރު: I-2014/256
ޕަބްލިޝްކުރި ތާރީޚް: 14 ޑިސެންބަރު 2014
ޕަބްލިޝްކުރި ގަޑި: 11:01
ސުންގަޑި: 25 ޑިސެންބަރު 2014 15:00
ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ލޭބަރ (ވަގުތީ)

މަޤާމު:

ލޭބަރ (ވަގުތީ)

ވަޒީފާގެ ދާއިރާ:

ޕަވަރޖެނެރޭޝަން ޑިޕާޓްމަންޓް

ބޭނުންވާ އަދަދު:

09

މުސާރައާއި އެލަވަންސް އަދި އިތުރުގަޑީގެ ފައިސާ:  

-/3,000 ރ އާއި -/6,500 ރ އާ ދެމެދު.

ފެންވަރު ނުވަތަ ޝަރުޠު:

  • އަސާސީ ތަޢުލީމުގެ ފެންވަރު ހުރުން
  • ރާނައި ސިމެންތިޖަހަން އެނގުން
  • ވެލްޑިންގ ކުރަން އެނގުން
  • ކުލަ، ދަވާދު އަދި ވަރުނިސްލާން އެނގުން
  • ތެދުވި ވަޑާމުގެ މަސައްކަތް ކުރަން އެނގުން
  • އުސްތަންތަނަށް އެރުމާއި ބަރު އެއްޗެހި އުފުލާ ހެދޭ މީހަކުކަމުގައިވުން
  • ގިނަވަގުތު މަސައްކަތުގައި އުޅެވޭ މީހަކުކަމުގައިވުން
  • އުމުރާއި ޞިއްޙީގޮތުން ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރެވޭ މީހަކުކަމުގައިވުން

ދާއިރާގެ މައިގަނޑު މަސައްކަތް:

ކުންފުނީގައި ބެހެއްޓުމަށް ހަމަޖެހިފައިވާ ބޮޓްލިންގ ޕްލާންޓް ބަހައްޓާ އިމާރާތުގެ މަސައްކަތް ކުރުން.

ވަޒީފާއަށް ހުށަހެޅުމުގެ މުއްދަތުހަމަވާ ތާރީޚު:

25 ޑިސެންބަރު 2014 ދުވަހުގެ 15:00 ގެ ކުރިން

މިވަޒީފާތަކަކީ ކޮންޓްރެކްޓް އުސޫލުން 3 މަސްދުވަހުގެ މުއްދަތަށް ކަނޑައަޅާފައިވާ ވަގުތީ ވަޒީފާތަކެކެވެ.

މިވަޒީފާތަކަށް އެދިލައްވާ ފަރާތްތަކުން މިކުންފުނީގެ ހެޑްއޮފީހުގެ ރިސެޕްޝަނުން ވަޒީފާއަށް އެދޭފޯމު ނެންގެވުމަށްފަހު، ފެންވަރު ނުވަތަ ޝަރުޠުގައި ބަޔާންކޮށްފައިވާ މަސައްކަތްތައް ކުރަން އެނގޭކަން އަންގައިދޭ ލިޔުންތަކާ އަދި އައި.ޑީކާޑުގެ ކޮޕީ ވަޒީފާއަށް އެދޭ ފޯމާއެކު މިކުންފުނީގެ ހެޑްއޮފީހުގެ ރިސެޕްޝަނަށް 25 ޑިސެންބަރު 2014 ދުވަހުގެ 15:00 ގކުރިން ހުށަހެޅުއްވުން އެދެމެވެ. ވަޒީފާއަށް އެދޭ ފޯމު މިކުންފުނީގެ ވެބްސައިޓް www.stelco.com.mv އިންވެސް ޑައުންލޯޑް ކުރެވޭނެއެވެ. އިންޓަވިއުކުރެވޭނީ ޝޯޓްލިސްޓު ކުރެވޭ ފަރާތްތަކަށެވެ.

22  ޞަފަރު   1436

14 ޑިސެންބަރު 2014