މަސައްކަތް
ނަންބަރު: Q2-HHC/IUL/2023/003
ޕަބްލިޝްކުރި ތާރީޚް: 08 ފެބުރުވަރީ 2023
ޕަބްލިޝްކުރި ގަޑި: 11:31
ސުންގަޑި: 16 ފެބުރުވަރީ 2023 10:00
ހުވަދުއަތޮޅު ދެކުނުބުރީ ހޯނޑެއްދޫ ޞިއްޙީ މަރުކަޒު
ދިވެހިރާއްޖެ
ހޯނޑެއްދޫ ޞިއްޙީ މަރުކަޒުގެ ވޯކްވޭ ހެދުން

މި އިޢުލާންވަނީ 08 ފެބުރުވަރީ 2023 14:51 ގައި ބާތިލް ކުރެވިފައެވެ.


އިޢުލާން

މަރުކަޒުގެ ވޯކްވޭ ހެދުން

މި މަރުކަޒުގެ ބޭރު ވޯކްވޭ ހަދައިދޭނެފަރާތެއް ބޭނުންވެއްޖެއެވެ.

ވީމާ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން މި އިޢުލާން އާއިއެކު އާންމުކުރެވިފައިވާ މަޢުލޫމާތަށް ބައްލަވައި 16 ފެބުރުއަރީ 2023 ވާ ބުރާސްފަތި ދުވަހުގެ 10:00 އަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު ހުށަހެޅޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ 2014/18) ގައިވާ ގޮތުގެ މަތިން ވިޔަފާރި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށެވެ. އިތުރު މަޢުލޫމާތެއް ސާފުކުރެއްވުމަށް ބޭނުންފުޅުވާނަމަ ރަސްމީ ގަޑީގައި މިމަރުކަޒުގެ ނަންބަރު 6842613 ފޯނަށް ގުޅުއްވުންއެދެމެވެ.

އަންދާސީހިސާބު ހުށަހަޅުއްވަނީ ކުންފުނި / ކޯޕަރޭޓިވް އަކުންނަމަ ޕްރޮޕޯސަލް ހުށަހަޅުއްވަން ވަޑައިގަންނަވާ ފަރާތުގެ ނަމާއި އައިޑީކާޑު ނަންބަރު ޖަހާފައިވާ ކުންފުނި / ކޯޕަރޭޓިވްގެ ސިޓީއަކާއިއެކު އެ ތަނުގެ ރަޖިސްޓްރީގެ ކޮޕީ (މުއްދަތު ހަމަނުވާ) ހުށަހަޅަންވާނެއެވެ. އަންދާސީހިސާބު ހުށަހެޅުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ، އެކަމުގެ ސިޓީއެއް، އަންދާސީހިސާބު ހުށަހެޅުމުގެ ކުރިން ހޯނޑެއްދޫ ޞިއްޙީ މަރުކަޒަށް ހުށަހަޅަންވާނެއެވެ. އެއްވެސް ފަރާތަކަށް އެކަކަށްވުރެ ގިނަ ފަރާތުގެ ނަމުގައި އަންދާސީހިސާބު ހުށައެއްނޭޅޭނެއެވެ.

ޕޮއިންޓް ދޭނެ މިންގަނޑު

މަސައްކަތްކުރުމަށް ހުށަހަޅާ އަގު %90 ޕޮއިންޓް (އެންމެ ކުޑަ އަގަކީ ބެންޗްމާކު ކަމުގައި ބަލައިގެން)

މުއްދަތަށް               ޕޮއިންޓް (އެންމެ ރަނގަޅު ހުށަހެޅުމަކީ ބެންޗްމާކު ކަމުގައި ބަލައިގެން)

މަސައްކަތުގެ ތަޖުރިބާ        05% ޕޮއިންޓް (އެންމެ ގިނަދުވަހު މިބާވަތުގެ މަސައްކަތް ކޮށްފައިވާ ފަރާތަކީ ބެންޗްމާކް ކަމުގައި ބަލައިގެން)

މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

08 ފެބުރުވަރީ 2023