ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)13-B/13/2022/399
ޕަބްލިޝްކުރި ތާރީޚް: 08 ފެބުރުވަރީ 2023
ޕަބްލިޝްކުރި ގަޑި: 10:48
މިނިސްޓްރީ އޮފް ފިނޭންސް
ދިވެހިރާއްޖެ
ބޭންކް އޮފް މޯލްޑިވްސް ޕލކ. މެދުވެރިކޮށް ދޫކޮށްފައިވާ ކޮވިޑް-19 ރިކަވަރީ ލޯން ސްކީމްގެ ލޯނުތަކާއި ގުޅޭ

ކޮވިޑް-19 ގެ ސަބަބުން ދިވެހިރާއްޖޭގެ އިގުތިސާދަށް ކުރިމަތިވި ހީނަރުކަމުން އަރައިގަތުމަށް ސަރުކާރުން ތައާރަފުކުރި އިކޮނޮމިކް ރިލީފް ޕެކޭޖުގެ ތެރެއިން ބޭންކް އޮފް މޯލްޑިވްސް ޕލކ. (ބީއެމްއެލް) މެދުވެރިކޮށް ސަރުކާރުން ތައާރަފުކުރި ކޮވިޑް-19 ރިކަވަރީ ލޯނު ސްކީމުން ލޯނު ނަގާފައިވާ ފަރާތްތަކުގެ ގްރޭސް ޕީރިއަޑް ޖުމުލަ 19 (ނަވާރަ) މަސްދުވަހުގެ މުއްދަތަކަށް، އެކަމަށް އެދި ބީއެމްއެލްއަށް ހުށަހަޅާ ފަރާތްތަކަށް އިތުރުކޮށްދިނުމަށް މި މިނިސްޓްރީން ވަނީ ނިންމާފައެވެ. މިގޮތުން ގްރޭސް ޕީރިއަޑް އިތުރުކުރެވޭނީ ކުރިން މި މުއްދަތު އިތުރުކުރުމަށް ހުޅުވާލި ފުރުސަތުގައި ގްރޭސް ޕީރިއަޑް 19 (ނަވާރަ) މަހަށް އިތުރުކޮށްދެވިފައި ނުވާ ފަރާތްތަކަށެވެ. މީގެ އިތުރުން ލޯނު އަނބުރާ ދެއްކުމުގެ މުއްދަތު، ގްރޭސް ޕީރިއަޑް ހިމެނޭގޮތަށް ޖުމުލަ 103 (އެއްސަތޭކަ ތިނެއް) މަސްދުވަހުގެ މުއްދަތަކަށް އިތުރުކުރުމުގެ ފުރުސަތު ލޯނު ނަގާފައިވާ ހުރިހާ ފަރާތަކަށްވެސް ހުޅުވާލެވިފައިވާނެއެވެ.

މި ސްކީމަކީ ކޮވިޑް-19 ގެ ސަބަބުން ކުރިމަތިވި އިގުތިސާދީ ހީނަރުކަމުން އަރައިގަތުމަށް ވިޔަފާރިތަކަށް ވަރކިންގ ކެޕިޓަލް ފޯރުކޮށްދީ، މުވައްޒަފުންގެ ވަޒީފާއަށް އަސަރު ނުކުރާގޮތަށް އެ ދަތި ދަނޑިވަޅުން އަރައިގަތުމަށް އެހީތެރިވެދިނުމުގެ ގޮތުން ހުޅުވާލެވުނު ސްކީމަކަށްވެފައި، ލޯނު އަނބުރާ ދެއްކުމުގައިވެސް ލުއި ފަސޭހަ ގޮތްތަކެއް ފަހިކޮށްދިނުމަކީ މި މިނިސްޓްރީގެ މަގުސަދެކެވެ. އަދި މިއީ ލޯނުގެ ގޮތުގައި ދޫކޮށްފައިވާ ފައިސާއަށް ވުމާއެކު، މި ފައިސާ އަނބުރާ ހޯދުމަކީ މިފަދަ އިތުރު ސްކީމްތައް ހުޅުވާލުމަށް ފަހިވެގެންދާނެ ކަމެކެވެ.

އެގޮތުން، ކޮވިޑް-19 ރިކަވަރީ ސްކީމުން ލޯނު ނަގާފައިވާ ފަރާތްތަކުގެ ތެރެއިން ޖުމުލަ 19 މަހަށް ގްރޭސް ޕީރިއަޑް އިތުރުކުރުމަށް އެދިވަޑައިގަންނަވާ ފަރާތްތަކާއި، ލޯނު ރީޝެޑިއުލްކުރަން އެދިލައްވާ ފަރާތަކުން މި އިއުލާން ޝާއިއުކުރެވޭތާ 60 (ފަސްދޮޅަސް) ދުވަ ތެރޭގައި ބީއެމްއެލްގެ ([email protected]) އަށް އީމެއިލް ކުރަންވާނެއެވެ. އަދި މި މުއްދަތު ހަމަވާ ތާރީހުގައި ބީއެމްއެލް އަށް ފާހަގަވެފައިވާ ނަން-ޕަރފޯމިންގ ލޯނުތަކާމެދު (90 ދުވަހަށްވުރެ ގިނަ ދުވަހަށް ޕޭމަންޓް އޯވަރޑިއު ވެފައިވާ ފަރާތްތައް) ޤާނޫނީ ފިޔަވަޅު އެޅުމުގެ އިހުތިޔާރު މި މިނިސްޓްރީއަށް އޮތްކަން އާންމުކޮށް އަންގާ އިއުލާނުކުރަމެވެ.

08 ފެބުރުވަރީ 2023