ދިވެހިރާއްޖެ
1444 ވަނަ އަހަރުގެ ރަމަޟާން މަހާއި ގުޅިގެން ވެލިދޫގެ އުފެއްދުންތެރިކަމާއި ވިޔަފާރީގެ ފުރުޞަތުތައް ތަނަވަސް ކޮށްދިނުމާއި، އެކަމުން ނަފާ ހޯދޭނެ މަގުފަހިކޮށްދިނުމާއި، ރައްޔިތުންނަށް ލުއިފަސޭހަކަމާއެކު، ހެޔޮ އަގުގައި މުދާ ލިބޭނެ އިންތިޒާމެއް ހަމަޖެއްސުމުގެ އިތުރުން އާންމު އިޖްތިމާއީ ޙަރަކާތްތެރިކަން އިތުރުކުރުމުގެ ގޮތުން، 2023 މާރިޗް 09 އަދި 10ވަނަ ދުވަހު ނ.ވެލިދޫގައި ނައިޓް މާކެޓެއް ބޭއްވުމަށް މިއިދާރާއިން ވަނީ ހަމަޖައްސާފައެވެ.
މި ނައިޓް މާކެޓުގައި ވިއްކޭނެ ބާވަތްތަކަކީ:
- ބަންދު ކުރެވިފައިވާ ދިވެހިއުފެއްދުން،
- އަތްތެރި މަސައްކަތްތެރިކަމުގެ އުފެއްދުން އަދި ކުރެހުން.
- އިމްޕޯޓް މުދަލުގެ ގޮތުގައި ވިއްކުން ހުއްދަ ކުރެވިފައިވާ ބާވަތްތަކުގެ މުދާ
- އެކިބާވަތް ބާވަތުގެ ލުއިކާނާ، ބުއިންތައް ފަދަ ތަކެތި
ނައިޓް މާކެޓުހިންގުމަށް އެކުލަވާލެވިފައިވާ ޤަވާއިދު މިއިދާރާގެ ވެބްސައިޓައިގައި އާއްމުކުރެވިފައިވާނެއެވެ.
ނައިޓްމާކެޓްގައި ބައިވެރިވުމުގެ ޝައުގުވެރިވެލައްވާ ފަރާތްތަކުން 2023 ވަނަ އަހަރުގެ ފެބްރުއަރީ 15 ވަނަ ދުވަހުގެ ކުރިން ނައިޓް މާކެޓްގައި ބައިވެރިވުމަށް އެދޭ ފޯމު ވެލިދޫ ކައުންސިލަށް ހުށަހެޅުމަށް ދަންނަވަމެވެ. ނައިޓް މާކެޓްގައި ބައިވެރިވުމަށް އެދޭ ފޯމް ކައުންސިލްއިދާރާގެ ވެބްސައިޓް އަދި ކައުންޓާރ އިން ލިބެން ހުންނާނެއެވެ.
މިހެންވެ މިކަން ޢާންމުކޮށް އަންގާ އިޢުލާންކުރީމެވެ.