ޢާންމު މަޢުލޫމާތު
ނަންބަރު: 06S4C-A/2023/06
ޕަބްލިޝްކުރި ތާރީޚް: 08 ފެބުރުވަރީ 2023
ޕަބްލިޝްކުރި ގަޑި: 08:21
ސުންގަޑި: 16 ފެބުރުވަރީ 2023 10:30
އައްޑުއަތޮޅު ފޭދޫ މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
އައްޑުއަތޮޅު ފޭދޫ މެޖިސްޓްރޭޓް ކޯޓު ގޭޓް ހެދުމާއި ގުޅޭ

އިޢުލާން

     އައްޑުއަތޮޅުފޭދޫ މެޖިސްޓްރޭޓްކޯޓު ގޭޓް ހެދުމާއި ގުޅޭ:  

    އައްޑުއަތޮޅުފޭދޫ މެޖިސްޓްރޭޓްކޯޓަށް މިހާރު ވަދު ނިކުމެ ހެދުމަށް ބޭނުންކުރަމުންގެންދާ ގޭޓް ނައްޓާލާ އާގޭޓެއް ކޯޓުންދޭ މަޢުލޫމާތާއި އެއްގޮތަށް އަމިއްލަ ޚަރަދުގައި ހަދައިދޭނެ ފަރާތެއް  ބޭނުންވެއެވެ.

     ވީމާ މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 16  ފެބްރުއަރީ 2023 ވާ ހޯމަ ދުވަހުގެ 10:30 އައްޑުއަތޮޅު ފޭދޫ މެޖިސްޓްރޭޓްކޯޓަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު  27 ފެބްރުއަރީ 2023  ވާ އަންގާރަ ދުވަހުގެ 13:30 އަށް މި މަސައްކަތް ކޮށްދެއްވާނެއަގު ހުށަހެޅުއްވުމަށް ދަންނަވަމެވެ

     މައުލޫމާތު ސާފުކރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަގު ހުށަހެޅުއްވުމުގެ ފުރުޞަތު ނޯންނާނެވާހަކަވެސް ދެންނެވީމެވެ.

08 ފެބުރުވަރީ 2023