ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)459-HRM/1/2014/1026
ޕަބްލިޝްކުރި ތާރީޚް: 17 ޑިސެންބަރު 2014
ޕަބްލިޝްކުރި ގަޑި: 10:43
ސުންގަޑި: 31 ޑިސެންބަރު 2014 14:30
މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މި މިނިސްޓްރީ އާއި މިނިސްޓްރީގެ ދަށުން ހިނގަމުންދާ އޮފީސްތަކުގައި މަސައްކަތް ކުރެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ދަންނަވަމެވެ. މި ވަޒީފާތަކަށް ބޭނުންވަނީ މަސައްކަތަށް ޝައުޤުވެރިކަން ހުރި، ޤާބިލު މީހުންނެވެ.

މަޤާމު

ޑިރެކްޓަރ

ބޭނުންވާ އަދަދު

01

މަޤާމުގެ ކްލެސިފިކޭޝަން: ޑިރެކްޓަރ

ރޭންކް:EX 1

މުސާރަ

މަހަކު -/8835

ސަރވިސް އެލަވަންސް

މަހަކު -/2000

މަސައްކަތް ކުރަންޖެހޭ ތަން

މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރ/ އެޗް.އާރު ސެކްޝަން

ތަޢުލީމާއި ތަޖުރިބާ

  1. ހިއުމަން ރިސޯސް މެނޭޖްމެންޓުގެ ދާއިރާއިން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 8 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  2. ހިއުމަން ރިސޯސް މެނޭޖްމެންޓުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 6 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ
  3. ހިއުމަން ރިސޯސް މެނޭޖްމެންޓް ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ
  4. ހިއުމަން ރިސޯސް މެނޭޖްމެންޓުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ
  5. ހިއުމަން ރިސޯސް މެނޭޖްމެންޓުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 7 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  1. މިނިސްޓްރީއާއި މިނިސްޓްރީގެ ދަށުގައިވާ ތަންތަނުގެ މުވައްޒަފުންނާ ބެހޭގޮތުން ކުރަންޖެހޭ އެންމެހާ މަސައްކަތްތައް (ވަޒީފާއާ ބެހޭ ޤާނޫނާއި ސިވިލްސަރވިސްގެ ޤާނޫނާއި އެއްގޮތްވާ ގޮތުގެމަތިން) ހިންގައި ބެލެހެއްޓުން.
  2. މިނިސްޓްރީ އާއި މި މިނިސްޓްރީގެ ދަށުން ހިނގަމުންދާ ތަންތަނުގެ މުވައްޒަފުންނަށް ވަޒީފާ ހަމަޖެއްސުމުގައާއި، ވަކިކުރުމުގައި އަދި ވަޒީފާއަށް ބަދަލުގެނައުމުގައި، ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ހިންގައި ބެލެހެއްޓުން.
  3. މިނިސްޓްރީއާއި މި މިނިސްޓްރީގެ ދަށުން ހިނގަމުންދާ ތަންތަނަށް ބޭނުންވާ ހިއުމަން ރިސޯސް ޕްލޭން އެކުލަވާލުމާއި ޓްރޭނިން ރިކުއަރމަންޓް ތައްޔާރު ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ހިންގައި ބެލެހެއްޓުން.
  4. މިނިސްޓްރީއާއި މި މިނިސްޓްރީގެ ދަށުން ހިނގަމުންދާ ތަންތަނަށް ބޭނުންވާ ފެންވަރު ހުރި މުވައްޒަފުން ހޯދުމާއި، އިންޓަވިއު ކުރުމުގައި ކުރަންޖެހޭ މަސައްކަތްތައް ބެލެހެއްޓުން.
  5. މިނިސްޓްރީ އާއި މި މިނިސްޓްރީގެ ދަށުން ހިނގަމުންދާ ތަންތަނުގެ މުއައްޒަފުންގެ ހާޒިރީ އާއި ޗުއްޓީއާއި، ގުޅިގެން ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ބެލެހެއްޓުން
  6. މިނިސްޓްރީ އާއި މި މިނިސްޓްރީގެ ދަށުން ހިނގަމުންދާ ތަންތަނުގެ މުވައްޒަފުންގެ ޕަރފޮމަންސް މެނެޖްމަންޓާ ގުޅިގެން ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ހިންގައި ބެލެހެއްޓުން.
  7. މިނިސްޓްރީ އާއި މި މިނިސްޓްރީގެ ދަށުން ހިނގަމުންދާ ތަންތަނުގެ މުވައްޒަފުންގެ ރިޑަންޑަންސީ އާއި ރިޓަޔަރމަންޓާ ގުޅިގެން ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ބެލެހެއްޓުން.
  8. އެޗް.އާރ. އެމް.ޑީ ކޮމިޓީގެ މަސައްކަތްތައް ހިންގައި ބެލެހެއްޓުން
  9. މިނިސްޓްރީ އާއި މި މިނިސްޓްރީގެ ދަށުން ހިނގަމުންދާ ތަންތަނުގެ މުވައްޒަފުންގެ ފެންވަރު މަތި ކުރުމަށް ބޭނުންވާ ތަމްރީނުތައް ދެވޭނެ އިންތިޒާމުތައް ރާވައި ހިންގުމާއި ސިވިލް ސަރވިސް ޓްރޭނިންގ ސެންޓަރުން ދެމުންގެންދާ ޓްރޭނިންގތަކާ ގުޅިގެން މި މނިސްޓްރީން ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ބެލެހެއްޓުން.

މަޤާމު

ސީނިއަރ ލީގަލް އޮފިސަރ

ބޭނުންވާ އަދަދު

02

މަޤާމުގެ ކްލެސިފިކޭޝަން: އެސިސްޓެންޓް ޑިރެކްޓަރ

ރޭންކް:MS3

މުސާރަ

މަހަކު -/7035

ސަރވިސް އެލަވަންސް

މަހަކު -/2000

މަސައްކަތް ކުރަންޖެހޭ ތަން

މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރ/ ހިއުމަން ރައިޓްސް އެންޑް ލޯ ރިފޯމް ޑިވިޜަން

ތަޢުލީމާއި ތަޖުރިބާ

  1. ޤާނޫނީ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 6 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  2. ޤާނޫނީ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  3. ޤާނޫނީ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  4. ޤާނޫނީ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ  ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 6 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  1. އިންސާނީ ޙައްޤުތަކާ ބެހޭ، މި މިނިސްޓްރީގެ، ސަރުކާރުގެ ސިޔާސަތުތައް ތަންފީޒު ކުރުމަށް ބޭނުންވާ ޤާނޫނުތަކާއި ގަވާއިދުތަކާއި ގައިޑްލައިންތައް ސެކްޝަންގެ ވެރިޔާގެ ލަފާފުޅާއެކު، ޑްރާފްޓުތައް ތައްޔާރު ކުރުމާއި، އެ މަސަކަތްތައް ހިންގުމުގައި އެހީތެރިވެދިނުން.
  2. މިނިސްޓްރީގެ މަސައްކަތްތަކާ ގުޅުންހުރި ރާއްޖެ ބައިވެރިވާ ބައިނަލްއަޤްވާމީ މުޢާހަދާ ތަކާއި، ގަވާއިދުތަކާއި އެއްބަސްވުންތަކުގައި ހިމެނޭ އެންމެހާ ޤާނޫނީ މަސައްކަތްތައް ހިންގުމުގައި އެހީތެރިވެދިނުން.
  3. އިންސާނީ ޙައްޤުތަކާ ބެހޭ ބައިނަލްއަޤްވާމީ އަދި ސަރަޙައްދީ މުޢާހަދާ ތަކާއި އެއްބަސްވުންތަކާ ގުޅޭގޮތުން މި މނިސްޓްރީން ކުރަންޖެހޭ އެންމެހާ ޤާނޫނީ މަސައްކަތްތަކުގައި އެހީތެރިވެދިނުމާއި ސެކްޝަނުގެ ވެރިޔާގެ ލަފާގެ މަތިން ރިޕޯޓުތައް ޑްރާފްޓް ކުރުން.
  4. މިނިސްޓްރީގެ ދަށުން ހިނގަމުންދާ އެންމެހާ ތަންތަނަށް ބޭނުންވާ ގަވާއިދުތަކާއި ގައިޑްލައިންތައް އެކުލަވާލުމަށް ކުރަންޖެހޭ ޤާނޫނީ މަސައްކަތްތަކުގައި އެހީތެރިވެދިނުން.
  5. މިނިސްޓްރީއާ ގުޅުންހުރި ޤާނޫނުތައް ބަލައި، ގެންނަންޖެހޭ އިޞްލާޙުތައް ގެނައުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތް ތަކުގައި އެހީތެރިވެދިނުން.
  6. މިނިސްޓްރީގެ ދަށުގައިވާ އޮފީސްތަކަށް ބޭނުންވާ ޤާނޫނީ ލަފާ ފޯރުކޮށް ދިނުމުގައި އެހީތެރިވެދިނުން.
  7. ޤާނޫނީ ގޮތުން ތައްޔާރު ކުރަންޖެހޭ އެންމެހާ ލިޔެކިޔުންތައް ތައްޔާރު ކުރުމުގައާއި، އެފަދަ ކަންކަމާ ގުޅިގެން މިނިސްޓްރީން ކުރަންޖެހޭ އެންމެހާ މަސައްކަތް ތަކުގައި އެހީތެރިވެދިނުމާއި އެފަދަ ލިޔެކިޔުންތައް ބެލެހެއްޓުން.

މަޤާމު

އެސިސްޓެންޓް ޑިރެކްޓަރ

ބޭނުންވާ އަދަދު

01

މަޤާމުގެ ކްލެސިފިކޭޝަން: ސީނިއަރ ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ރޭންކް:MS3

މުސާރަ

މަހަކު -/7035 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/2000 ރުފިޔާ

މަސައްކަތް ކުރަންޖެހޭތަން

މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރ / ޕޮލިސީ، ޕްލޭނިންގ، މޮނިޓަރިން އެންޑް ރިސާރޗް ޑިވިޜަން

ތަޢުލީމާއި ތަޖުރިބާ

  1. އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓް/ ސޯޝަލް ސައިންސްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 6 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން، ނުވަތަ
  2. އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓް/ ސޯޝަލް ސައިންސްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން، ނުވަތަ
  3. އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓް/ ސޯޝަލް ސައިންސްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން، ނުވަތަ
  4. އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓް/ ސޯޝަލް ސައިންސްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 6 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލު ކޮށްފައިވުން.

ކުރަންޖެހޭ މައިގަޑު މަސައްކަތް

  1. އާއިލާތަކުގެ ދުޅަހެޔޮކަމާއި ރައްޔިތުންގެ އިޖްތިމާޢީ ރައްކާތެރިކަމާ ގުޅޭ ސަރުކާރުގެ ސިޔާސަތުތައް ހިމަނައިގެން، ޕްލޭންތައް (މާސްޓަރ ޕްލޭން، ސްޓްރެޓަޖިކް ޕްލޭން އެނުއަލް ވާރކް ޕްލޭން) އެހެން ޑިޕާޓްމަންޓުތަކާއި ޑިވިޝަންތަކާއި ގުޅިގެން އެކުލަވާލުމުގައި އިސްކޮށް މަސައްކަތްކުރުން.
  2. ޕްލޭންތައް ތަންފީޒު ކުރެވެމުންދާ މިންވަރު މޮނިޓަރކޮށް ބެލެހެއްޓުމުގެ މަސައްކަތް ކޯޑިނޭޓްކުރުން.
  3. ޤައުމީ ފެންވަރުގައި ހެދޭ ޕްލޭންތަށް އެކުލަވާލުމުގައި އިސްކޮށް މަސައްކަތްކުރުން.
  4. ސަރަޙައްދީ އަދި ބައިނަލް އަޤްވާމީ އެކްޝަން ޕްލޭންތައް ހެދުމުގައި ރާއްޖޭގެ ފަރާތުން ބައިވެރިވުމަށްޓަކައި ތައްޔާރުވުމުގެ ގޮތުން ކުރަންޖެހޭ ކަންތައްތައް ކުރުން.
  5. ޤައުމީ ފެންވަރުގައާއި، އަދި އެހެނިހެން ދާއިރާތަކުން އިންތިޒާމްކުރާ ބައްދަލުވުންތަކުގައި ޕްލޭނިންގއާއި ގުޅުންހުރި ކަންކަމުގައި، ސުޕަވައިޒަރާއެކު މިނިސްޓްރީ ތަމްސީލުކޮށް އެފަދަ ބައްދަލުވުންތަކުގެ ނިންމުންތަކަށް ފޮލޯއަޕް މަސައްކަތްތައް ކުރުން.
  6. ކުޑަކުދިން، އަންހެނުން، އުމުރުން ދުވަސްވީ މީހުންނާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އިންސާނީ ޙައްޤުތަކާގެޅޭ ސިޔާސަތުތަކާއި، ކެބިނެޓް ކަރުދާސްތައް ކަމާގުޅޭ ސެކްޝަންތަކާ ގުޅިގެން ތައްޔާރުކޮށް، ވިލަރެސްކުރުމުގައި އިސްކޮށް މަސައްކަތް ކުރުން.

މަޤާމު

އެސިސްޓެންޓް ޑިރެކްޓަރ

ބޭނުންވާ އަދަދު

01

މަޤާމުގެ ކްލެސިފިކޭޝަން: ސީނިއަރ ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ރޭންކް:MS3

މުސާރަ

މަހަކު -/7035 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/2000 ރުފިޔާ

މަސައްކަތް ކުރަންޖެހޭތަން

މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރ / ހިއުމަން ރައިޓްސް ޑިވިޜަން

ތަޢުލީމާއި ތަޖުރިބާ

  1. އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓް/ ސޯޝަލް ސައިންސްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 6 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން، ނުވަތަ
  2. އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓް/ ސޯޝަލް ސައިންސްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން، ނުވަތަ
  3. އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓް/ ސޯޝަލް ސައިންސްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން، ނުވަތަ
  4. އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓް/ ސޯޝަލް ސައިންސްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 6 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލު ކޮށްފައިވުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތް

  1. އިންސާނީ ޙައްޤުތަކާ ބެހޭގޮތުން ޢާއްމުންނަށް ބޭނުންވާ މަޢުލޫމާތު ފޯރުކޮށްދިނުމުގެ ޕްރޮގުރާމުތައް ރާވައި ހިންގުން.
  2. އަލަށް އެކުލަވާލެވޭ އިންސާނީ ޙައްޤުތަކާބެހޭ މުޢާޙަދާތަކަށް ޢާއްމުން ހޭލުންތެރިކުރުވުމަށް ހިންގާ ޕްރޮގުރާމުތައް ރާވައި ހިންގުން.
  3. އިންސާނީ ޙައްޤުތަކަށް ޢާއްމުންނާއި ސްކޫލް މަދަރުސާ ދަރިވަރުން ހޭލުންތެރިކުރުވުމަށް އެކިއެކި ޕްރޮގުރާމުތައް ރާވައި ހިންގުން.
  4. އިންސާނީ ޙައްޤުތަކަށް ހޭލުންތެރިކުރުމުގެ ޕްރޮގުރާމުތައް ހިންގުމަށް ބޭނުންވާ އެކިއެކި ޕްރޮޕޯސަލްތައް ތައްޔާރުކުރުން.

މަޤާމު

އެސިސްޓެންޓް ޑިރެކްޓަރ

ބޭނުންވާ އަދަދު

01

މަޤާމުގެ ކްލެސިފިކޭޝަން: ސީނިއަރ ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ރޭންކް:MS3

މުސާރަ

މަހަކު -/7035 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/2000 ރުފިޔާ

މަސައްކަތް ކުރަންޖެހޭތަން

މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރ / ޖެންޑަރ ޑިވިޜަން

ތަޢުލީމާއި ތަޖުރިބާ

  1. އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓް/ ސޯޝަލް ސައިންސްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 6 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން، ނުވަތަ
  2. އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓް/ ސޯޝަލް ސައިންސްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން، ނުވަތަ
  3. އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓް/ ސޯޝަލް ސައިންސްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން، ނުވަތަ
  4. އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓް/ ސޯޝަލް ސައިންސްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 6 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލު ކޮށްފައިވުން.

ކުރަންޖެހޭ މައިގަޑު މަސައްކަތް

  1. މިނިސްޓްރީއަށް ހުށަހެޅޭ ޑޮމެސްޓިކް ވަޔަލަންސް ކޭސްތަކުގައާއި ޖެންޑަރބޭސްޑް ވަޔަލަންސް ކޭސްތަކުގައި ދެވޭ ކައުންސެލިންގ އަދި ސައިކޯ ސޯޝަލް ސަޕޯޓުގެ ކަންކަން ރާވައި ހިންގައި ބެލެހެއްޓުން.
  2. ޑިވިޜަންގެ ކޭސް މެނޭޖްމަންޓް ފޯނަށް ހުށަހެޅޭ މައްސަލަތަކާ ގުޅިގެން، ކުރަންޖެހޭ ކަންކަން ހިންގައި ބެލެހެއްޓުން.
  3. މިނިސްޓްރީއަށް ހުށަހެޅޭ ކުޑަކުދިންނާއި، ޚާއްޞަ އެހީއަށް ބޭނުންވާ މީހުންނާއި އަންހެނުންނާއި، ބަލާނޭ މީހަކު ނެތް މީހުންނަށް ދޭންޖެހޭ ޚިދުމަތްތައް ދިނުމުގެ ކަންކަން ރާވައި ހިންގުން.
  4. ކާރިސާ ނުވަތަ ކުއްލި ހާދިސާތަކާއި ގުޅިގެން ގެއްލުން ލިބޭ ފަރާތްތަކަށާއި، ޢާއިލާތަކަށާއި މުޖްތަމަޢަށް ބޭނުންވާ ސައިކޯ ސޯޝަލް ސަޕޯޓްގެ ކަންކަން ރާވައި ހިންގުން.
  5. މިނިސްޓްރީއަށް ހުށަހެޅޭ ޑޮމެސްޓިކް ވަޔަލަންސް ކޭސްތަކުގައާއި ޖެންޑަރބޭސްޑް ވަޔަލަންސް ކޭސްތަކުގައި ދެވޭ ކައުންސެލިންގ އަދި ސައިކޯ ސޯޝަލް ސަޕޯޓާއި ގުޅޭ މަސައްކަތްތައް ސުޕަރވައިޒްކުރުން.
  6. މިނިސްޓްރީ އަށާއި، އަތޮޅުތަކުގެ ސެންޓަރ ތަކަށް ހުށަހެޅޭ މައްސަލަތަކުގެ ތަފާސްހިސާބުތައް ބަލަހައްޓައި، އެނަލައިޒްކުރުން.

މަޤާމު

އެސިސްޓެންޓް ޑިރެކްޓަރ

ބޭނުންވާ އަދަދު

01

މަޤާމުގެ ކްލެސިފިކޭޝަން: ސީނިއަރ ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ރޭންކް:MS3

މުސާރަ

މަހަކު -/7035 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/2000 ރުފިޔާ

މަސައްކަތް ކުރަންޖެހޭ ތަން

މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރ / ޑިސްއެބިލިޓީ ޑިވިޜަން

ތަޢުލީމާއި ތަޖުރިބާ

  1. އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓް/ ސޯޝަލް ސައިންސްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 6 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން، ނުވަތަ
  2. އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓް/ ސޯޝަލް ސައިންސްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން، ނުވަތަ
  3. އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓް/ ސޯޝަލް ސައިންސްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން، ނުވަތަ
  4. އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓް/ ސޯޝަލް ސައިންސްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 6 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލު ކޮށްފައިވުން.

ކުރަންޖެހޭ މައިގަޑު މަސައްކަތް

  1. ނުކުޅެދުންތެރިކަން ހުންނަ މީހުންނާ ގުޅޭ ތަމްރީނުތައް ހިންގުމާއި، ހޭލުންތެރިކުރުމުގެ ޕްރޮގުރާމުތަކާއި، އެޑްވޮކްސީ އަދި ނުކުޅެދުންތެރިކަން ހުންނަ މީހުންނާ ގުޅުންހުރި ދިރާސާތަކާބޭހޭ އެންމެހާ ކަންކަން ރާވައި ހިންގުން.
  2. ދިގުމުއްދަތަށް ދެމެހެއްޓެނިވި ލަނޑުދަޑިތަކާއި ހާސިލުކުރަން ބޭނުންވާ ކަންކަން ކަނޑައަޅައި އެކަންކަން ފުރިހަމަޔަށް ތަންފީޒްކުރުން.
  3. ޑިސްއެބިލިޓީ ޑިވިޝަންގެ އަހަރީބަޖެޓް އަދި ހިންގުމާ ބެހޭ އަހަރީ ޕްލޭން ތައްޔާރު ކުރުން.
  4. ނުކުޅެދުންތެރިކަން ހުންނަ މީހުންނާ ގުޅޭގޮތުން ސެކްޝަނުން ހިންގާ ޕްރޮގުރާމުތަކުން ހާސިލުވާ މިންވަރު ދެނެގަންނާނެ މިންގަނޑުތަކެއް އުފައްދައި އޭގެއަލީގައި އިތުރަށް ހަރުދަނާ ކުރަންވީ ކަންކަން ދެނެގަނެ އެކަންކަން ހައްލުކުރުމަށް މަސްކަތްކުރުން.
  5. ނުކުޅެދުންތެރިކަން ހުންނަ މީހުނަށް ދެމެހެއްޓެނިވި ގޮތެއްގައި ޚިދުމަތް ފޯރުކޮށްދިމުގެ ގޮތުން ހިންގާ ޕްރޮގުރާމުތަކަށް ބޭނުންވާ ފަންޑް ހޯދުމަށް ޕްރޮޕޯސަލް ހެދުމާއި އެކަމަށް ބޭބުންވާ އެންމެހާ ކަންކަން ކުރުން.
  6. ނުކުޅެދުންތެރިކަން ހުންނަ މީހުނަށް އަމާޒުކޮށްގެން ހިންގޭ ހުރިހާ ޕްރޮގުރާމުތަކަކީ މިކަމާ ގުޅުންހުރި ޤާނުނުތަކާއި މުއާހަދާތަކާއި ގަވާއިދުކަތަކުން ފުށުނާރާ ގޮތަށް ހިންގޭ ޕްރޮގުރާމުތަކެއްކަން ކަށަވަރުކުރުން.
  7. ސްޕަވައިޒް ކުރަންޖެހޭ މަސައްކަތްތައް ސުޕަވައިޒްކުރުމާއި، ސުޕަވައިޒް ކުރަންޖެހޭ މުވައްޒަފުން ސުޕަވައިޒްކުރުމާއި މުވައްޒަފުންގެ އެޕްރައިޒަލް ހެދުން.

މަޤާމު

އެސިސްޓެންޓް ޑިރެކްޓަރ

ބޭނުންވާ އަދަދު

01

މަޤާމުގެ ކްލެސިފިކޭޝަން: ސީނިއަރ ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ރޭންކް:MS3

މުސާރަ

މަހަކު -/7035 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/2000 ރުފިޔާ

މަސައްކަތް ކުރަންޖެހޭ ތަން

މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރ / އެލްޑަރލީ ޑިވިޜަން

ތަޢުލީމާއި ތަޖުރިބާ

  1. އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓް/ ސޯޝަލް ސައިންސްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 6 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން، ނުވަތަ
  2. އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓް/ ސޯޝަލް ސައިންސްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން، ނުވަތަ
  3. އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓް/ ސޯޝަލް ސައިންސްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން، ނުވަތަ
  4. އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓް/ ސޯޝަލް ސައިންސްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 6 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލު ކޮށްފައިވުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތް

  1. ސެކްޝަނުން ހިންގާ ޕްރޮގުރާމުތަކުގެ ވާރކްޕްލޭންތައް ޕްލޭނިންގ ސެކްޝަނާ ގުޅިގެން އެކުލަވާލުމާއި، ވާރކް ޕްލޭންތައް ތަންފީޒުކުރުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ޑިވިޜަން ހެޑްގެ މަޝްވަރާއާއެކު ކުރުމާއި ބެލެހެއްޓުން.
  2. ސްކޫލް/މަދަރުސާ ތަކުގެ ދަރިވަރުންނަށް ޚާއްސަކޮށްގެން ދޮށީ ޢުމުރުގެ މީހުންގެ ޙައްޤުތައް ރައްކާތެރިކުރުމަށް ބޭނުންވާ ހުނަރާއި ޤާބިލުކަން އުފެއްދުމަށް ބޭނުންވާ ޕްރޮގުރާމުތައް ރާވައި ތަންފީޒު ކުރުން.
  3. ދޮށީ ޢުމުރުގެ މީހުން ބެލެހެއްޓުމަށް ބޭނުންވާ އެހީތެރިކަން ހޯދުމަށް، މަދަނީ ޖަމްޢިއްޔާތަކާއި، ހިލޭސާބަހަށް މަސައްކަތްކުރާ ފަރާތްތަކާއި، އިޖްތިމާޢީ ގްރޫޕްތަކާ ވިލަރެސް ކުރުމާއި އެފަރާތްތައް ބައިވެރިކޮށްގެން ޕްރޮގުރާމުތައް ރޭވުން.
  4. ދޮށީ ޢުމުރުގެ މީހުންނަށް، ޢާއިލާތަކުން ނުވަތަ މުޖްތަމަޢުން ކޮށްދެވިވިދާނެ ކަންތަކާ ބެހޭގޮތުން ހޭލުންތެރިކުރުވުމުގެ ޕްރޮގުރާމުތައް ރާވައި ހިންގުން.
  5. ދޮށީ ޢުމުރުގެ މީހުންނަށް އަޅާލުމާއި އެހީތެރިކަން ފޯރުކޮށްދޭ، އަމިއްލަ ޖަމިއްޔާ ޖަމާޢަތްތަކުގެ މަޢުލޫމާތު އެއްކުރުމާއި، އެ ފަރާތްތަކަށް ބޭނުންވާ މަޢުލޫމާތާއި އެހީތެރިކަން ފޯރުކޮށްދިނުން.
  6. ދޮށީ ޢުމުރުގެ މީހުންގެ ދިރިއުޅުމުގެ އާދަކާދަތައް ބައްޓަންކުރަންޖެހޭ ގޮތާމެދު ޢާއްމުން ހޭލިތެރިކުރުވުމަށް ހިންގާ ޕްރޮގުރާމުތައް ރާވައި ހިންގުން.

މަޤާމު

ސީނިއަރ އެޗް.އާރު އޮފިސަރ

ބޭނުންވާ އަދަދު

01

މަޤާމުގެ ކްލެސިފިކޭޝަން: އެސިސްޓެންޓް ޑިރެކްޓަރ

ރޭންކް:MS3

މުސާރަ

މަހަކު -/7035 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/2000 ރުފިޔާ

މަސައްކަތް ކުރަންޖެހޭ ތަން

އެޗް.އާރު ސެކްޝަން/ މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރ

ތަޢުލީމާއި ތަޖުރިބާ

  1. ހިއުމަން ރިސޯސް މެނޭޖްމެންޓުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 6 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން، ނުވަތަ
  2. ހިއުމަން ރިސޯސް މެނޭޖްމެންޓުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން،  ނުވަތަ
  3. ހިއުމަން ރިސޯސް މެނޭޖްމެންޓުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
  4. ހިއުމަން ރިސޯސް މެނޭޖްމެންޓުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 6 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  1. މިނިސްޓްރީއާއި މިނިސްޓްރީގެ ދަށުގައިވާ ތަންތަނުގެ މުވައްޒަފުންނަށް ވަޒީފާދިނުމާއި، ބަދަލުކުރުމާއި، ވަކިކުރުމުގެ މަސައްކަތްތަކާއި މުވައްޒަފުންނަށް އަންގަންޖެހޭ ޢާންމު އުސޫލުތައް އެންގުމުގެ މަސައްކަތް ކަމާބެހޭ ވެރިންގެ މަޝްވަރާގެ މަތިން ސިވިލް ސަރވިސް ގަވާއިދާ އެއްގޮތަށް ކުރުން.
  2. މިނިސްޓްރީއާއި މިނިސްޓްރީގެ ދަށުގައިވާ ތަންތަނުގެ މުވައްޒަފުންނަށް އެމުވައްޒަފުން އަދާކުރާ ވަޒީފާއާ ގުޅޭގޮތުން ދޭންޖެހޭ އެލަވަންސްތައް ދިނުމުގެ މަސައްކަތް ކުރުން.
  3. މިނިސްޓްރީއާއި މިނިސްޓްރީގެ ދަށުގައިވާ ތަންތަނުގެ ރަޖިސްޓަރީ (މަޤާމުތަކުގެ ރަޖިސްޓަރީ، ދާއިމީ މުވައްޒަފުންގެ ރަޖިސްޓަރީ، ވަގުތީ މުވައްޒަފުންގެ ރަޖިސްޓަރީ) ބެލެހެއްޓުމާއި އެކަމާ ގުޅިގެން ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ބެލެހެއްޓުން.
  4. މިނިސްޓްރީ އާއި މިނިސްޓްރީގެ ދަށުގައިވާ ތަންތަނުގެ މުވައްޒަފުންގެ ޕަރސަނަލް ފައިލްތައް ތައްޔާރުކުރުމާއި، ފައިލްތަކާއި ރިކޯޑުތައް ރައްކާތެރިކަމާއެކު ބެލެހެއްޓުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން.
  5. މިނިސްޓްރީ އާއި މިނިސްޓްރީގެ ދަށުގައިވާ ތަންތަނުގެ މުވައްޒަފުންގެ ވަޒީފާ ބަޔާންތަކާއި ވަޒީފާގެ އެއްބަސްވުންތައް ސިވިލް ސަރވިސް ގަވާއިދާ އެއްގޮތަށް ތައްޔާރު ކުރުމާއި މުވައްޒަފުންނާ ހަވާލުކުރުން.
  6. މިނިސްޓްރީއާއި މިނިސްޓްރީގެ ދަށުގައިވާ ތަންތަނުގައި ތިބޭ މުވައްޒަފުންގެ ތެރެއިން ވަޒީފާދެވޭ، ވަކިކުރެވޭ، ބަދަލުކުރެވޭ، އެލަވަންސް ހަމަޖެހޭ މުވައްޒަފުންނަށް އެކަންކަން ލިޔުމުން އެންގުމާއި އެފަދަ ރިކޯޑުތައް ރައްކާތެރިކަމާއެކު ބެލެހެއްޓުން.

މަޤާމު

ސީނިއަރ ސޯޝަލް ސަރވިސް އޮފިސަރ

ބޭނުންވާ އަދަދު

03

މަޤާމުގެ ކްލެސިފިކޭޝަން: ޓެކްނިކަލް އޮފިސަރ ގްރޭޑް 2

ރޭންކް:MS2

މުސާރަ

މަހަކު -/6295 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/2000 ރުފިޔާ

މަސައްކަތް ކުރަންޖެހޭ ތަން

ޗައިލްޑް ރައިޓްސް ސެކްޝަން/ މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރ

ތަޢުލީމާއި ތަޖުރިބާ

  1. ސައިކޮލޮޖީ/ސޯޝޮލޮޖީ/ ކައުންސިލިން/ސޯޝަލް ވާރކްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން، ނުވަތަ
  2. ސައިކޮލޮޖީ/ސޯޝޮލޮޖީ/ ކައުންސިލިން/ސޯޝަލް ވާރކްގެެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން، ނުވަތަ
  3. ސައިކޮލޮޖީ/ސޯޝޮލޮޖީ/ ކައުންސިލިން/ސޯޝަލް ވާރކްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުން  ނުވަތަ
  4. ސައިކޮލޮޖީ/ސޯޝޮލޮޖީ/ ކައުންސިލިން/ސޯޝަލް ވާރކްގެެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 5 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލު ކޮށްފައިވުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

 

 

 

1. ހުށަހެޅިފައިވާ މައްސަލަތަކުގައި ހިމެނޭ ކުދިންނާއި މީހުންނާއެކީ މަސައްކަތްކުރުމަށް ހަދަންޖެހޭ އެސެސްމަންޓާއި އެކްޝަންޕްލޭން ތައްޔާރުކޮށް، ޙާލަތުބަލައި، ހަމަޖެހިފައިވާ އުސޫލުގެ ދަށުން، ކަމާބެހޭ ދާއިރާތަކާއެކު މައްސަލަތައް ބަލަމުން ދިއުމާއި މައްސަލަތަކާ ބެހޭ މަޢުލޫމާތު ގަވާއިދުން އަޕްޑޭޓްކޮށް ބެލެހެއްޓުން. މިނިސްޓްރީއަށް ހުށަހެޅޭ މައްސަލަތަކުގައި މަސައްކަތްކުރާނީ މިދާއިރާ އާ ގުޅުންހުރި ޤާނޫނުތަކާ ގަވާއިދުތަކާ އެއްގޮތަށް.

2. ހުށަހެޅޭ މައްސަލަތަކުގެ ތެރެއިން ސީރިއަސް ނުވަތަ ކުއްލިހާލަތެއް ކުރިމަތިވާ މައްސަލަތަކުގައި ސެކްޝަންގެ އިސްވެރިޔާއަށް ރިޕޯޓްކުރުން އަދި އެފަރާތުގެ ލަފާގެމަތިން، ކަމާގުޅޭ ދާއިރާތަކާ ގުޅިގެން މައްސަލައިގައި ހާނިއްކަ ލިބުނު ފަރާތަށް، އަވަސް ހިމާޔަތެއް ހޯދައިދިނުމަށް މަސައްކަތްކުރުން.

3. މައްސަލަތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ މަސައްކަތައް ހަމަޖެހިފައިވާ އުޞޫލުގެ ދަށުން ގަވާއިދުން ރިވިއުކޮށް ސުފައިވައިޒް ކުރުމާއި މުވައްޒަފުންނަށް ބޭނުންވާ ފަންނީ ލަފާޔާއި އިރުޝާދު ދިނުން.

4. އަތޮޅުތަކުގައި ގާއިމުކޮށްފައިވާ ފެމިލީ އެންޑް ޗިލްރަން ސަރވިސް ސެންޓަރުތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ބޭނުންވެއްޖެ ހިނދެއްގައި ފަންނީ ލަފަޔާއި އިރުޝާދު ދިނުން.

5. ހަމަޖެހިފައިވާ ޤަވާޢިދުގެ ދަށުން އޮންކޯލް އަދި ހެލްޕްލައިން ޑިޔުޓީ އަދާކުރުން.

މަޤާމު

ސީނިއަރ އެކައުންޓްސް އޮފިސަރ

ބޭނުންވާ އަދަދު

02

މަޤާމުގެ ކްލެސިފިކޭޝަން: ސީނިއަރ އޮފިސަރ ގްރޭޑް 1

ރޭންކް: MS1

މުސާރަ

މަހަކު -/5610 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/2000 ރުފިޔާ

މަސައްކަތް ކުރަންޖެހޭ ތަން

ބަޖެޓް ޑިވިޜަން/ މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރ

ތަޢުލީމާއި ތަޖުރިބާ

1. ބަޖެޓް އެންޑް ފައިނޭންސްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން، ނުވަތަ

2. ބަޖެޓް އެންޑް ފައިނޭންސްގެ ދާއިރާއަކުން މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

3. ބަޖެޓް އެންޑް ފައިނޭންސްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  1. މީޑިއަމް ޓާމް ބަޖެޓާއި، ކުރިޔަށް އޮންނަ އަހަރަށް ލަފާކުރާ ބަޖެޓް ތައްޔާރު ކުރުމަށް ބޭނުންވާ މަޢުލޫމާތުތައް އެއްކޮށް ބަޖެޓް ތައްޔާރު ކުރުން.
  2. ބަޖެޓުގައި ހިމަނަންވީ ޕްރޮގުރާމުތަކާއި، ޕްރޮޖެކްޓުތަކާ ބެހޭގޮތުން ކަމާބެހޭ ސެކްޝަންތަކުގެ މެދުގައި ބައްދަލުވުންތައް ބާއްވައި އެޕްރޫވަލް ހޯދުން.
  3. އާމްދަނީގެ ގޮތުން ލިބޭ ފައިސާ އާއި، ބޭރުގެ އެހީގެ ގޮތުގައި ލިބޭނެ ފައިސާ އަންދާޒާކޮށް ބަޖެޓް ތައްޔާރުކުރުން.
  4. ދާއިރާގެ މާލީހިސާބު ތައްޔާރު ކުރުން.
  5. ބަޖެޓް އެކައުންޓުތަކުގެ ރިޕޯޓުތަކަށް ބަލައި ދާއިރާގެ ތަންތަނުގެ މަންތްލީ ކޭޝްފްލޯރ ތައްޔާރުކޮށް ކަނޑައެޅިފައިވާ މުއްދަތުގައި ފޮނުވުން.
  6. ދާއިރާގެ ތަންތަނުގެ ބަޖެޓްތަކުގެ އެއްބައިން އަނެއް ބަޔަށް ގެންނަންޖެހޭ ބަދަލުތަކަށް ހަދަންވާ ބަޖެޓް ކޮންޓްރޯލްތައް ހަދައި މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީއަށް ފޮނުވައި މިކަންކަން ބެލެހެއްޓުން.
  7. ބަޖެޓް އެކައުންޓުތަކުގެ ރިޕޯޓުތައް ދާއިރާގެ ތަންތަނުން މަޢުލޫމާތު ހޯދައި ބަލަން ބޭނުންވެއްޖެ ކޮންމެ ހިނދެއްގައި ފެންނާނެހެން ފައިލްކޮށް ބެލެހެއްޓުން.

މަޤާމު

ކޮމިއުނިޓީ ޑިވެލޮޕްމެންޓް އޮފިސަރ

ބޭނުންވާ އަދަދު

01

މަޤާމުގެ ކްލެސިފިކޭޝަން: ސީނިއަރ އޮފިސަރ ގްރޭޑް 1

ރޭންކް: MS1

މުސާރަ

މަހަކު -/5610 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/2000 ރުފިޔާ

މަސައްކަތް ކުރަންޖެހޭ ތަން

ޖެންޑަރ ޑިވިޜަން/ މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރ

ތަޢުލީމާއި ތަޖުރިބާ

1. ސައިކޮލޮޖީ/ސޯޝޮލޮޖީ/ ކައުންސިލިން/ސޯޝަލް ވާރކްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން، ނުވަތަ

2. ސައިކޮލޮޖީ/ސޯޝޮލޮޖީ/ ކައުންސިލިން/ސޯޝަލް ވާރކްގެ ދާއިރާއަކުން މަޤާމު މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

3. ސައިކޮލޮޖީ/ސޯޝޮލޮޖީ/ ކައުންސިލިން/ސޯޝަލް ވާރކްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

1. ޔޫ.އެން.އެފް.ޕީ.އޭ، ޔޫ.އެން.ޑީ.ޕީ އަދި ޑަބްލިއު.އެޗް.އޯ ފަދަ އެހެނިހެން ފަރާތްތަކާއެކު ވެވޭ އެއްބަސްވުމުގެ ދަށުން އެކުލަވާލަންޖެހޭ ވާރކްޕްލޭންތައް ހެދުމުގައި ޕްލޭނިންގ ސެކްޝަނާއެކު މަސައްކަތް ކުރުމާއި އަދި ވާރކްޕްލޭނިންގެ ދަށުން ހިންގުމަށް ހަމަޖެހޭ ޙަރަކާތްތައް ރާވައި ހިންގުމުގައި އިސްކޮށް ޙަރަކާތްތެރިވުން.

2. ޑިޕާރޓްމަންޓަށް ހުށަހެޅޭ މައްސަލަތަކުގައި މި ދާއިރާއާ ގުޅުންހުރި ޤާނޫނުތަކާ ޤަވާއިދުތަކާ އެއްގޮތަށް މަސައްކަތްކުރުން.

3. ޑިޕާރޓްމަންޓުގެ މެންޑޭޓުގެ ދަށުން ބައިނަލްއަޤްވާމީ އަދި ޤައުމީ ފެންވަރުގައި ފާހަގަކުރާ ދުވަސްތަކުގެ ޕްރޮގުރާމުތައް ކަނޑައަޅައި، ރާވައި ހިންގުމުގައި އިސްކޮށް ޙަރަކާތްތެރިވުން.

4. ބައިނަލްއަޤްވާމީ އަދި ޤައުމީ ފެންވަރުގައި އަންހެނުންގެ ތަރައްޤީ އާއި އަންހެނުންނާއި ފިރިހެނުން ހަމަހަމަ ކުރުމަށް އުފައްދާފައިވާ ޤާނޫނުތަކާއި ގަވާއިދުތަކާއި ސިޔާސަތުތައް ދިރާސާކޮށް ފާހަގަކުރެވޭ ކަންތައްތައް ޑިޕާރޓްމަންޓުގެ އިސްފަރާތްތަކަށް އެންގުން.

5. ރާއްޖޭގައި ޖެންޑަރ ޑޭޓަރބޭސްއެއް ޤާއިމުކުރުމަށް ކަމާބެހޭ ދާއިރާތަކާއެކު މަސައްކަތްތައް ކުރުމާއި ޖެންޑަރ ޑޭޓާބޭސް އާއި ބެހޭގޮތުން ސަރަހައްދީ ފެންވަރުގައި ބާއްވާ މަޝްވަރާ ބައްދަލުވުންތަކުގައި ރާއްޖެ ތަމްޞީލުކުރުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުމުގައި އިސްކޮށް ހަރަކާތްތެރިވުން.

6. އަންހެނުން އިޤްތިޞާދީ، އިޖްތިމާޢީ އަދި ސިޔާސީ ގޮތުން ބާރުވެރި ކުރުވުމަށްޓަކައި ޕްރޮގުރާމު ރާވައި ހިންގުން.

މަޤާމު

ސީނިއަރ އެކައުންޓްސް އޮފިސަރ

ބޭނުންވާ އަދަދު

01

މަޤާމުގެ ކްލެސިފިކޭޝަން: ސީނިއަރ އޮފިސަރ ގްރޭޑް1

ރޭންކް: MS1

މުސާރަ

މަހަކު -/5610 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/2000 ރުފިޔާ

މަސައްކަތް ކުރަންޖެހޭ ތަން

ބަޖެޓް ޑިވިޜަން/ މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރ

ތަޢުލީމާއި ތަޖުރިބާ

  1. ބަޖެޓް/ފައިނޭންސްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  2. ބަޖެޓް/ފައިނޭންސްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ
  3. ބަޖެޓް/ފައިނޭންސްގެ ދާއިރާއަކުން ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  1. މީޑިއަމް ޓާމް ބަޖެޓާއި، ކުރިޔަށް އޮންނަ އަހަރަށް ލަފާކުރާ ބަޖެޓް ތައްޔާރު ކުރުމަށް ބޭނުންވާ މަޢުލޫމާތުތައް އެއްކޮށް ބަޖެޓް ތައްޔާރު ކުރުން.
  2. ބަޖެޓްގައި ހިމަނަންވީ ޕްރޮގުރާމުތަކާއި، ޕްރޮޖެކްޓުތަކާ ބެހޭގޮތުން ކަމާބެހޭ ސެކްޝަންތަކުގެ މެދުގައި ބައްދަލުވުންތައް ބާއްވައި އެޕްރޫވަލް ހޯދުން.
  3. އާމްދަނީގެ ގޮތުން ލިބޭ ފައިސާ އާއި، ބޭރުގެ އެހީގެ ގޮތުގައި ލިބޭނެ ފައިސާ އަންދާޒާކޮށް ބަޖެޓް ތައްޔާރު ކުރުން.
  4. ދާއިރާގެ މާލީހިސާބު ތައްޔާރު ކުރުން.
  5. ބަޖެޓް އެކައުންޓުތަކުގެ ރިޕޯޓުތަކަށް ބަލައި ދާއިރާގެ ތަންތަނުގެ މަންތްލީ ކޭޝްފްލޯރ ތައްޔާރުކޮށް ކަނޑައެޅިފައިވާ މުއްދަތުގައި ފޮނުވުން.
  6. ދާއިރާގެ ތަންތަނުގެ ބަޖެޓްތަކުގެ އެއްބައިން އަނެއް ބަޔަށް ގެންނަންޖެހޭ ބަދަލުތަކަށް ހަދަންވާ ބަޖެޓް ކޮންޓްރޯލްތައް ހަދައި މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީއަށް ފޮނުވައި މިކަންކަން ބެލެހެއްޓުން.
  7. ބަޖެޓް އެކައުންޓުތަކުގެ ރިޕޯޓުތައް ދާއިރާގެ ތަންތަނުން މަޢުލޫމާތު ހޯދައި ބަލަން ބޭނުންވެއްޖެ ކޮންމެ ހިނދެއްގައި ފެންނާނެހެން ފައިލްކޮށް ބެލެހެއްޓުން.

މަޤާމު

ސޯޝަލް ސަރވިސް އޮފިސަރ

ބޭނުންވާ އަދަދު

01

މަޤާމުގެ ކްލެސިފިކޭޝަން: ސީނިއަރ އޮފިސަރ ގްރޭޑް 1

ރޭންކް: MS1

މުސާރަ

މަހަކު -/5610 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/2000 ރުފިޔާ

މަސައްކަތް ކުރަންޖެހޭ ތަން

ޖެންޑަރ ޑިވިޜަން/ މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރ

ތަޢުލީމާއި ތަޖުރިބާ

 

 

 

 

  1. ސައިކޮލޮޖީ/ސޯޝޮލޮޖީ/ ކައުންސިލިން/ސޯޝަލް ވާރކްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  2. ސައިކޮލޮޖީ/ސޯޝޮލޮޖީ/ ކައުންސިލިން/ސޯޝަލް ވާރކްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ
  3. ސައިކޮލޮޖީ/ސޯޝޮލޮޖީ/ ކައުންސިލިން/ސޯޝަލް ވާރކްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

 

  1. ސިޔާސީ އިޖްތިމާޢީ އިޤްތިޞާދީ ގޮތުން އަންހެނުން ކުރިއަރުވައި، އެމީހުންގެ ބައިވެރިވުން އިތުރުކުރުވުމަށާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާއި، އަންހެނުންގެ ޙައްޤުތަކަށް މަސައްކަތްކުރާ މަދަނީ ޖަމްޢިއްޔާތަކުގެ ދައުރު ހަރުދަނާ ކުރުމަށާއި ދެޖިންސުގެ ހަމަހަމަކަން ހިފެހެއްޓުމުގެ ގޮތުން ޤާއިމުކޮށްފައިވާ ނިޒާމުގެ ދަށުން ހިނގަންޖެހޭ މަސައްކަތްތައް ކަމާބެހޭ ފަރާތްތަކާއެކު ވިލަރެސްކުރުން.
  2. ޖެންޑަރ ޕޮލިސީ ތަންފީޒުކުރުމުގެ ގޮތުން ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ހިންގައި ބެލެހެއްޓުން.
  3. ދެޖިންސުގެ ހަމަހަމަކަން ދެމެހެއްޓުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ރާވައި ހިންގުމާއި، ވަކި ޖިންސެއްގެ މީހަކަށްވީތީ، އެމީހެއްގެ ޙައްޤަކަށް އުނިކަމެއް ލިބިގެން ނުވަތަ އަނިޔާއެއް ލިބިގެން ހުށަހަޅާ މައްސަލަތައް ހަމަހަމަކަމާއެކު ބެލެހެއްޓޭނެ ނިޒާމެއް ޤާއިމުކޮށް، އެނިޒާމުގެ ދަށުން މަސައްކަތްތައް ރާވައި ހިންގައި ބެލެހެއްޓުން.

މަޤާމު

ސީނިއަރ  އެޑްމިނިސްޓްރޭޓިވް އޮފިސަރ

ބޭނުންވާ އަދަދު

01

މަޤާމުގެ ކްލެސިފިކޭޝަން: ސީނިއަރ އޮފިސަރ ގްރޭޑް 1

ރޭންކް:MS1

މުސާރަ

މަހަކު -/5610

ސަރވިސް އެލަވަންސް

މަހަކު -/2000

މަސައްކަތް ކުރަންޖެހޭ ތަން

މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރ / ޕްރޮކިއުމަންޓް ސެކްޝަން

ތަޢުލީމާއި ތަޖުރިބާ

  1. އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  2. އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ
  3. އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

 

ކުރަންޖެހޭ މައިގަޑު މަސައްކަތް

  1. ޕްރޮކިއުމަންޓް ޔުނިޓުގެ މެއިންޑޭޓްގައި ހިމެނޭ އެންމެހާ މަސައްކަތްތައް ދުވަހުން ދުވަހަށް ފުރިހަމަ ކުރުމަށްޓަކައި ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން.
  2. މިނިސްޓްރީއާއި މިނިސްޓްރީ ގުޅިފައިވާ ތަންތަނުން ޕްރޮކިއު ކުރަންޖެހޭ އެންމެހާ މަސައްކަތްތަކާއި ޓެންޑަރ މަސައްކަތްތައް ކުރުވައި ރާވައި ހިންގައި ބެލެހެއްޓުން.
  3. މިނިސްޓްރީއާއި މިނިސްޓްރީ ގުޅިފައިވާ ތަންތަނުން އެކި ފަރާތްތަކާއި އެކުކުރެވޭ އެއްބަސްވުންތަކާއި އެގްރިމެންޓްފަދަ ލިޔުންތައް ގުޅުންހުރި ފަރާތްތަކާއި މުޢާމަލާތުކޮށް ބެލެހެއްޓުން.
  4. ޕްރޮކިއުމްނަޓް ސެކްޝަނުން ކުރަންޖެހޭ އިޢުލާނުތައް ކުރުމުގެ އެންމެހާ ކަންތައް ކުރުން. (އިޢުލާން ގެޒެޓަށް ފޮނުވުން މައުލޫމާތު ދިނުން ބިޑް ނެގުން)
  5. ޓެންޑަރ ކޮމެޓީ އިންތިޒާމްކޮށް ބެލެހެއްޓުން (އިވެލުއޭޝަން ހެދުން، އެޖެންޑާ ހެދުން، ޓެންޑަރ ކޮމެޓީގެ ބޭފުޅުންނަށް މީޓިންގއަށް ދަންނަވާ ކޮމެޓިން ނިންމެވި ގޮތުގެ ލިޔުން ތައްޔާރުކުރުން، މީޓިންގގެ ޔައުމިއްޔާ ލިޔުން، މި މަސައްކަތަށް ބަޖެޓް އެޕްރޫވަލް ހޯދައި އެގްރީމަންޓް ހަދައި މަސައްކަތް ހަވާލުކުރުން.)
  6. މިނިސްޓްރީއަށް ހޯދަންޖެހޭ ފަރނީޗަރ ތަކާއި ކޮމްޕިއުޓަރ ސިސްޓަމް އަދި ޕްރިންޓަރ ފަދަ ތަކެތީގެ ކޯޓޭޝަންހޯދުން.

މަޤާމު

އެޑްމިނިސްޓްރޭޓިވް އޮފިސަރ

ބޭނުންވާ އަދަދު

01

މަޤާމުގެ ކްލެސިފިކޭޝަން: އޮފިސަރ ގްރޭޑް 1

ރޭންކް:GS3

މުސާރަ

މަހަކު -/4465

ސަރވިސް އެލަވަންސް

މަހަކު -/1500

މަސައްކަތް ކުރަންޖެހޭ ތަން

މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރ / މިނިސްޓަރސް ބިއުރޯ

ތަޢުލީމާއި ތަޖުރިބާ

  1. އެޑްމިނިސްޓްރޭޝަން މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  2. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ'ގްރޭޑް ލިބިފައިވުމާއެކު ، އޭގެ އިތުރުން ސެކެންޑްރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

ކުރަންޖެހޭ މައިގަޑު މަސައްކަތް

  1. މިނިސްޓްރީގެ މިނިސްޓަރ ފިޔަވައި އެހެން ހުރިހާ ސިޔާސީ ބޭފުޅުންގެ އެންމެހާ މަސައްކަތްތައް ހިންގައި ބެލެހެއްޓުން.
  2. ބިއުރޯއަށް ލިބޭ އެންމެހައި ލިޔެ ކިޔުންތައް ބަލައިގަނެ އެންޓްރީކޮށް ބެލެހެއްޓުމައި، ލިޔެކިޔުންތަށް ފޮނުވަން ޖެހޭތަންތަނަށް ފޮނުވުމާއި ޑިސްޕެޗް ކުރުމުގެ މަސައްކަތްތައް ބެލެހެއްޓުމާއި އަދި ލިޔެ ކިޔުންތަށް ފައިލްކޮށް ބެލެހެއްޓުން.
  3. މިނިސްޓަރ ބިއުރޯއަށް އަންނަ ލިޔެ ކިޔުންތަށް ކަމާބެހޭ ބޭފުޅުންނަށް ރައްދުކޮށްދީ، އެބޭފުޅުންގެ އިރުޝާދުގެ ދަށުން ޖަވާބުދާރީ ވުމަށް އެހީތެރިވުން.
  4. ސްޓޭޓް މިނިސްޓަރުންނާއި މިނިސްޓްރުންގެ ނާއިބް އަދި އެހެން ސިޔާސީ ބޭފުޅުންގެ  ބައްދަލުވުންތަކަށް ވަޑައިގަންނަވަންޖެހޭ ބޭފުޅުންނަށް ދަންނަވައި، ބައްދަލުވުންތައް އިންތިޒާމް ކުރުމާއި އެ ބައްދަލުވުންތަކުގެ ޔައުމިއްޔާ ލިޔެ ބެލެހެއްޓުން .
  5. މީޑިއާތަކަށް ދޭންޖެހޭ ޚަބަރާއި މަޢުލޫމާތު މިނިސްޓްރީގެ ޑިޕާޓްމަންޓުތަކާއި ޑިވިޝަންތަކުން ހޯދައި ތައްޔާރު ކުރުމުގައި އެހީތެރިވެދިނުން .
  6. މިނިސްޓްރީ އާއި މިނިސްޓްރީގެ ދަށުގައިވާ ތަންތަނުން ކުރަމުންގެންދާ މަސައްކަތްތަކާއި ޢާންމު ރައްޔިތުންނަށް މަޢުލޫމާތު ދިނުމުގެ ގޮތުން ބާއްވާ އެކި ނިއުސް ކޮންފަރެންސްތައް ރާވައި އިންތިޒާމް ކުރުން .
  7. ސަރުކާރުގެ މަޢުލޫމާތުތައް ހާމަކުރުމުގެ ގަވާއިދުގެ ދަށުން ޢާންމުނަށް ދޭންޖެހޭ މަޢުލޫމާތު ފޯރުކޮށްދިނުމުގައި އެހީތެރިވެދިނުން.

މަޤާމު

އޮފީސް އެސިސްޓެންޓް

ބޭނުންވާ އަދަދު:

01

މަޤާމުގެ ކްލެސިފިކޭޝަން: ސަޕޯޓް ސްޓާފް ގްރޭޑް 2

SS2: ރޭންކް 

މުސާރަ

މަހަކު -/3470 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/1000 ރުފިޔާ

މަސައްކަތް ކުރަންޖެހޭ ތަން

މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރ / އެޑްމިނިސްޓްރޭޓިވް  ޑިވިޜަން

ތަޢުލީމާއި ތަޖުރިބާ

  1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ
  2. މަޤާމަށް ބޭނުންވާ ތަމްރީނެއް / ލައިސަންސެއް / ހުއްދައެއް / ސަނަދެއް ހާސިލުކޮށްފައިވުން

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  1. މިނިސްޓްރީގެ ބިއުރޯއިން ފޮނުވަންޖެހޭ އެންމެހާ ތަކެތި ރައްދުކުރަންޖެހޭ ފަރާތްތަކަށް ރައްދުކުރުމާއި، އެކި އެކި ތަންތަނުން ގެންނަންޖެހޭ އެންމެހާ ތަކެތި ގެނައުން.
  2. މިނިސްޓްރީގެ ގުޅޭ އެހެން މަސައްކަތްތަކުގައި އެހީތެރިވެދިނުން.
  3. ސިވިލް ސަރވިސްގެ ކޯޑް އޮފް ކޮންޑަކްޓްގައިވާ އެންމެހާ ކަންތައްތަކަށް އަމަލުކުރުން.

މަޤާމު

މަސައްކަތު

ބޭނުންވާ އަދަދު

01

މަޤާމުގެ ކްލެސިފިކޭޝަން: ސަޕޯރޓު ސްޓާފް ގރ.1

ރޭންކް: SS1

މުސާރަ

މަހަކު -/3100 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/1000 ރުފިޔާ

މަސައްކަތް ކުރަންޖެހޭތަން

މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރ /އެޑްމިނިސްޓްރޭޓިވް ޑިވިޜަން

ތަޢުލީމާއި ތަޖުރިބާ

ލިޔަންކިޔަން ދަތުމާއެކު މަގާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ގާބިލްކަން ލިބިފައިވުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  1. ސިޔާސީ ބޭފުޅުންގެ ކޮޓަރި ކޮޅުތައް ކޮންމެ ދުވަހަކު ހެނދުނު ސާފުކުރުން
  2. މިނިސްޓްރީ ހިނގަމުންދާ އިމާރާތް ސާފުތާހިރުކޮށް ބޭއްވުމަށްޓަކައި ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން.
  3. ސައި، ކޮފީ ފަދަތަކެތި ތައްޔާރުކުރަން ޖެހިއްޖެ ހިނދެއްގައި، ސައި ނުވަތަ ކޮފީ ތައްޔާރުކުރުމަށް ކުރަންޖެހޭ އެންމެހައި ކަންތައްތައް އިސްވެރިއެއްގެ ލަފާގެމަތިން ކުރުން.
  4. އެހެން މީހަކު ނެތިއްޖެ ހިނދެއްގައި މިނިސްޓްރީން ފޮނުވާ ސިޓީ ފަދަ ތަކެތި ފޮނުވަންޖެހޭ ތަންތަނަށް ގެންގޮސްދިނުން.
  5. މީގެ އިތުރުންވެސް މިނިސްޓްރީގެ މަސައްކަތްތަކާ ގުޅޭގޮތުން އިސްވެރިން އަންގަވާ އެންމެހާ ކަންތައްތައް ކުރުން.
  6. ސިވިލް ސަރވިސްގެ ކޯޑް އޮފް ކޮންޑަކްޓްގައިވާ އެންމެހާ ކަންތައްތަކަށް އަމަލު ކުރުން.
  7. އޮފީހުގެ ރަސްމީ މަސައްކަތްތަކާ ގުޅޭގޮތުން ހަވާލުކުރެވޭ އެންމެހައި ކަންތައްތައް ކުރުން.

ޢިނާޔަތްތައް

ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު
  2. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (އެކްރެޑިޓް ކޮށްފައިވާ ) އެކްރިޑިޓް ނުކުރާ ސެޓުފިކޭޓު ހުށަހެޅި ނަމަވެސް ބާޠިލުވާނެއެވެ.
  3. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ރެފްރީންގެ މަޢުލޫމާތު ދީފައިވާނަމަ ރެފްރީންގެ ލިޔުން ވަނަވަރާއެކު ހުށަހަޅަންވާނެއެވެ. އަދި ވަނަވަރުގައި ގުޅޭނެ ފޯނު ނަންބަރު އޮންނަންވާނެއެވެ.)
  4. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކިޔަން އެނގޭވަރުގެ ސާފު) ކޮޕީ
  5. ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާ މެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  6. ވަޒީފާގެ ދާއިރާއާ ގުޅޭ ކުރުމުއްދަތުގެ ކޯހާއި ވާރކްޝޮޕް، ސެމިނަރ ފަދަ ތަމްރީނު ޕްރޮގުރާމުތަކުގެ ސެޓުފިކެޓު ނުވަތަ ބައިވެރިވި ކަމުގެ ލިޔުންތައް.
  7. ވަޒީފާއެއް އަދާކޮށްފައިވާނަމަ، ވަޒީފާއަދާކުރިތަނަކުން އަދާކުރިވަޒީފާގެ މުއްދަތު އެނގޭނޭ ލިޔުމެއް.

ސުންގަޑި

2014 ޑިސެންބަރު 31 ވާ ބުދަ ދުވަހުގެ 02:30 ގެ ކުރިން މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރ (ހުރަވީ ބިލްޑިންގ ގައި ހުންނަ) އަށް ހުށަހެޅުން.

އިންޓަވިއު އޮންނާނެ ތާރީޚާއި ތަން: 

މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރ ހުރަވީ ބިލްޑިންގް ގެ ފުރަތަމަ ފަންގި ފިލާގައި.

2015 ގެ ޖަނަވަރީ މަހުގެ ފަހުކޮޅުގައި.

އިތުރު މަޢުލޫމާތު

މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަންބަރަކީ 3013017 އެވެ. ވަޒީފާއަށް އެދޭ ފޯމު މިމިނިސްޓްރީގެ  ކައުންޓަރުން ލިބެންހުންނާނެއެވެ.

17 ޑިސެންބަރު 2014