ދިވެހިރާއްޖެ
މަޤާމް: ޔޫއައި / ޔޫ އެކްސް ޑިވަލޮޕަރ (ގްރޭޑް 1)
ބޭނުންވާ ޢަދަދު: 01 (އެކެއް)
މުސާރަ: -/11,158 ރުފިޔާ
ލިވިންގ އެލަވަންސް: -/3,000 ރުފިޔާ
ރިސްކް އެލަވަންސް: -/2,000 ރުފިޔާ
މަސައްކަތް ކުރަންޖެހޭ ތަން: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް / މާލެ
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:
- ފްރަންޓް އެންޑް ސޮލިއުޝަންތައް ޑިޒައިންކޮށް އިމްޕްލިމެންޓް ކުރުން
- ފަންގޝަނަލް "ޔޫއައި" ރިކުއަޔަރމަންސްޓްތައް ބަލައި ފާސްކޮށް، އޭގެ މަޢުލޫމާތު ދެނެގަތުން
- ވާރކްފްލޯރ އަދި ޔޫސެބިލިޓީއަށް ބިނާކޮށް "ޔޫއައި" ޕްރޮޓޮޓައިޕް ފަރުމާކޮށް ޕްރެޒެންޓް ކުރުން
- ސޮފްޓްވެއަރ ޑިވެލޮޕަރުންނަށް ދޭންޖެހޭ އެހީތެރިކަމާއި އަދި އިތުރަށް ރަނގަޅުކުރަންޖެހޭ ކަންކަން ހޯދައި ބެލުން
- އޮފީހުގައި ބޭނުން ކުރެވެމެންދާ ޔޫސަރ އިންޓަރފޭސަސް ބަލައި ފާސްކޮށް، ހަރުދަނާ ކުރުން
- ސޮފްޓްވެއަރ ޑިވެލޮޕްމަންޓް ލައިފްސައިކަލް ހަރުދަނާ ކުރުމަށް އެހީތެރިވެދިނުން
- މައްސަލަތަކާއި ގުޅިގެން ކޯޓަށް ހުށަހަޅާ އިންފޯގްރެފިކްސްއާއި އޮފީހުންނެރޭ ލިޔެކުޔުންތަކަށް ބޭނުންވާ އިންފޯގްރެފިކްސް އަދި ވިސުއަލްސް ތައްޔާރުކޮށް ޑިޒައިން ކުރުން
- މަސައްކަތާ ގުޅިގެން އިދާރާއަކުން އެހީތެރިކަމެއް ބޭނުންވެއްޖެނަމަ، އެހީތެރިކަން ފޯރުކޮށްދިނުން
ފެންވަރު ނުވަތަ ޝަރުޠު:
- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ޙާޞިލްކޮށްފައިވުން
- ވެބް އަދި މޮބައިލް އެޕްލިކޭޝަންތައް ޑިޒައިންކުރުމުގެ ތަޖުރިބާ ލިބިފައިވުން
- އެޑޯބީ ކްރިއޭޓިވް ސުއިޓް އަށް އަހުލުވެރިވުން
- ޒަމާނީ ވެބް ޕްލެޓްފޯމްތަކަށާއި HTML 5, CSS, SCSS, SASS, JavaScript އާއި ފްރޭމްވަރކްތަކަށް އަހުލުވެރިވެފައިވުން
އިތުރު އެލަވަންސް: މި މަޤާމަށް ލީގަލް ސަޕޯޓް އެލަވަންސްގެ ގޮތުގައި އަސާސީ މުސާރައިގެ %55 އާއި، ޙާޟިރީ އެލަވަންސްގެ ގޮތުގައި އޮފީހަށް ޙާޟިރުވާ ކޮންމެ ދުވަހަކަށް -/150 ރުފިޔާގެ ރޭޓުން އެލަވަންސް ލިބޭނެއެވެ. އަދި އިތުރުގަޑީގައި މަސައްކަތްކުރައްވާނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
ވީމާ، މި މަގާމަށް އެދިވަޑައިގަންނަވާ ފަރާތްތަކުން 15 ފެބުރުވަރީ 2023 ވަނަ ދުވަހުގެ 14:00 ގެ ކުރިން ވަޒީފާއަށްއެދޭ ފޯމް ފުރިހަމަކުރެއްވުމަށްފަހު، މި އޮފީހަށް ހުށަހެޅުއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިއޮފީހުގެ ނަންބަރު: 3003289 ފޯނާ ގުޅުއްވުން އެދެމެވެ.
ނޯޓް:
1- މިމަޤާމަށް ހޮވޭ މުވައްޒަފަކު މިއޮފީހުގެ ގޮފިތަކުގައި މަސައްކަތްކުރުމަށް އަތޮޅުތެރެއަށް ދަތުރުކުރަންޖެހޭނެއެވެ.
2- މަޢުލޫމާތު ފުރިހަމަނުވާ ފޯމްތަކާއި މަޤާމުގެ ޝަރުޠު ފުރިހަމަނުވާ ފޯމުތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. ފޯމު ބަލައިގަންނާނީ ރަސްމީ ބަންދުނޫން ކޮންމެ ދުވަހަކު 11:00 އިން 12:00 އަށެވެ.
3- މިއޮފީހުގެ އީމެއިލް [email protected] މެދުވެރިކޮށްވެސް އެޕްލިކޭޝަން ފޯމް ބަލައިގަނެވޭނެއެވެ. މި އިޢުލާނާއި ގުޅިގެން އީމެއިލް މެދުވެރިކޮށް ފޮނުވާ ފޯމްތައް ބަލައިގަނެވޭނީ އެއް ޑޮކިއުމަންޓެއްގެ ގޮތުގައި ފީ.ޑީ-އެފް (PDF) ފޯމެޓްގައި ފޮނުވާ ފޯމްތައް އެކަނި ކަމުގައި ދެންނެވީމެވެ.
4. މިމަޤާމުގެ އިންޓަރވިއު އޮންނާނީ މާލޭގައެވެ. މިމަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ 19 ފެބުރުވަރީ 2023 – 02 މާރިޗު 2023 އާ ދެމެދުއެވެ.
ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި:
1- މަޢުލޫމާތު ފުރިހަމަކޮށްފައިވާ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު މިއޮފީހުގެ ކައުންޓަރުންނާއި ވެބްސައިޓް www.pgoffice.gov.mv އިން ލިބެންހުންނާނެއެވެ.)
2- ތަޢްލީމީ ސެޓްފިކެޓްތަކުގެ ކޮޕީ ޓްރާންސްކްރިޕްޓާއެކު (ރާއްޖެއިން ބޭރުގެ ޔުނިވަރސިޓީއަކުންނަމަ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން އެކްރެޑިޓް ކުރެވިފައިވާ ކޮޕީ) ނުވަތަ: ސެޓްފިކެޓު ނެތް ހާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެމް.ކިއު.އޭ އެސެސްމެންޓް ރިޕޯރޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ
3- މަތީ ތައުލީމުދޭ ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.
4- ވަނަވަރު
5- ދރއ. ކާޑުގެ ކޮޕީ
6- ލިބިފައިވާ މަސައްކަތު ތަޖުރިބާ ދަލީލުކޮށްދޭ ލިއުން
16 ރަޖަބު 1444