ޢާންމު މަޢުލޫމާތު
ނަންބަރު: (I)288/2023/019
ޕަބްލިޝްކުރި ތާރީޚް: 07 ފެބުރުވަރީ 2023
ޕަބްލިޝްކުރި ގަޑި: 14:03
ސުންގަޑި: 27 ފެބުރުވަރީ 2023 12:00
މިލަދުންމަޑުލު ދެކުނުބުރީ ކުޑަފަރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނ.ކުޑަފަރިން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމުގެ އުސޫލު 2023 އަށް ހިޔާލު ހުށަހެޅުން

ނ.ކުޑަފަރިން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމުގެ އުސޫލު 2023 އަށް ހިޔާލު ހުށަހެޅުން

 

މިރަށު ލޭންޑްޔޫސް ޕްލޭނުގައިވާ ދިރިއުޅުމަށް ބަންޑާރަގޯތި ދޫކުރުމަށް ފާސްކުރެވިފައިވާ ބިމުގެ ސަރަހައްދުން ދިރިއުޅުމަށްޓަކައި 20 ގޯތި ދޫކުރުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލުގެ ޑްރާފްޓަށް އާއްމުންގެ ހިޔާލާއި މަޝްވަރާ ބޭނުންވެއެވެ. މި އުޞޫލު ފާސްކޮށް ގެޒެޓްކުރެވޭނީ މި ފުރުޞަތުގައި ހުށަހެޅޭ ހިޔާލާއި މަޝްވަރާ ގެ މައްޗަށް ގެނެވޭ އިސްލާހުތަކާއި އެކުގައެވެ.

 

ވީމާ، ތިޔަބޭފުޅުންގެ ހިޔާލާ މަޝްވަރާ ހުށައަޅުއްވާ ފަރާތުގެ ނަން، އައިޑީކާޑު ނަންބަރ އެނގޭނޭހެން މިއިޢުލާނާއި އެއްކަރުދާސްކޮށްފައިވާ ފޯމް ނުވަތަ މިއިދާރާގެ ރަސްމީ މޯބައިލް ނަމްބަރަށް އެސް.އެމް.އެސް މެދުވެރިކޮށް 2023 ފެބްރުއަރީ 27 ވާ ހޯމަ ދުވަހުގެ މެންދުރު 12:00ގެ ކުރިން ފޮނުއްވައި ދެއްވުން އެދެމެވެ.

ފޯމް: https://forms.gle/a9NBhePyrsN3K3dN6

ކައުންސިލް މޮބައިލް ނަންބަރ: 7763264

 

ވީމާ، މިކަން އާއްމުކޮށް އަންގައި އިއުލާންކުރީމެވެ.

07 ފެބުރުވަރީ 2023