ދިވެހިރާއްޖެ
އިޢުލާން
ހދ. ވައިކަރަދޫއިން ދިރިއުޅުމަށް ދޫކޮށްފައިވާ ބަންޑާރަގޯތި އަމިއްލަ ކުރުމަށް ދައްކަންޖެހޭ އަގު
ގަވާއިދު ނަންބަރު 181/2022-R "ދިރިއުޅުމަށް ދޫކޮށްފައިވާ ބަންޑާރަ ގޯތި އަމިއްލަ ކުރުމާއި، ގަނެވިއްކުމާބެހޭ ގަވާއިދު" ގެ 9 ވަނަ މާއްދާގެ(ހ) އަދި (ށ) ގައި ވާގޮތުގެމަތިން، ހދ. ވައިކަރަދޫއިން ދިރިއުޅުމަށް ދޫކޮށްފައިވާ ބަންޑާރަ ގޯއްޗެއް ނުވަތަ ގޯއްޗެއްގެ ބައެއް އަމިއްލަ ކުރުމަށްޓަކައި އެ ގޯތި ރަޖިސްޓްރީ ކޮށްފައިވާ ފަރާތުން ސަރުކާރަށް ދައްކަންޖެހޭ އަގު، ހދ. ވައިކަރަދޫ ކައުންސިލްގެ 4 ވަނަ ދައުރުގެ 82 ވަނަ ޢާއްމު ޖަލްސާއިން ނިންމަވާފައިވާ ގޮތް ތިރީގައި އެވަނީއެވެ.
ހދ. ވައިކަރަދޫއިން ދޫކޮށްފައިވާ ބަންޑާރަ ގޯތި އަމިއްލަ ކުރުމަށް ދައްކަންޖެހޭ އަގު
ހ- އެއްފަހަރާ ފައިސާ ދައްކާ ޙަލާސްކުރާނަމަ އަކަފޫޓަކަށް -/25ރ (ފަންސަވީސް ރުފިޔާ)
ށ- އެކިފަހަރު މަތިން ފައިސާ ދައްކާ ޙަލާސްކުރާނަމަ އަކަފޫޓަކަށް -/30ރ (ތިރީސް ރުފިޔާ)
މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.