މަޤާމު
|
ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް، ލެބޯޓްރީ ސަރވިސަސް
|
ބޭނުންވާ އަދަދު
|
01
|
ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް
|
ރޭންކް: EX3
|
މުސާރަ
|
މަހަކު -/11065 ރުފިޔާ
|
ސަރވިސް އެލަވަންސް
|
މަހަކު -/2500 ރުފިޔާ
|
ނޮން ޕްރެކްޓިސް އެލަވަންސް
|
މުސާރައިގެ %35
|
ޑިވިޝަން
|
ނޭޝަނަލް ހެލްތް ލެބޯޓްރީ
|
ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް
|
- ނެޝަނަލް ހެލްތު ލެބޯޓްރީގެ ފެންވަރު ހިފެހެއްޓުމަށާއި ތަރައްޤީކޮށް ޒަމާނީކުރުމާއި އިންޓަނޭޝަނަލް ބެސްޓް ޕްރެކްޓިސްގެ އުސޫލުތައް ޤާއިމުކުރުން އަދި މި ނިޒާމް ހިންގުމަށް ބޭނުންވާ ކަންކަން ރާވައި ތަންފީޒުކުރުން.
- މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ މެންޑޭޓް ހިންގުމަށްޓަކައި ނެޝަނަލް ހެލްތު ލެބޯޓްރީން ކުރަންޖެހޭ ކަންތައްތައް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ ޕޮލިސީއާއި ޕްރޮސީޖަރތަކާއި އެއްގޮތަށް ޑިރެކްޓަރ ޖެނެރަލް ގެ ލަފާގެ މަތިން އިންތިޒާމުކޮށް ހިންގައި ބެލެހެއްޓުން.
- ނެޝަނަލް ހެލްތު ލެބޯޓްރީން ހިންގުމަށް ކަނޑައަޅާ އެކްޝަންޕްލޭންއާއި ޕްރޮޖެކްޓްސް ތަންފީޒުކުރުމަށް ކުރަންޖެހޭ މަސައްކަތް ޑިވިޝަންގެ މުވައްޒަފުންނާއި ހަވާލުކޮށްގެން ކުރުން.
- ނެޝަނަލް ހެލްތު ލެބޯޓްރީ ISO/IEC 17025 އަށް އެކްރެޑިޓް ކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތާއި އެކްރެޑިޓޭޝަން ދެމެހެއްޓުމަށްޓަކައި ކުރަންޖެހޭ ކަންތައްތައް އިންތިޒާމްކޮށް ބެލެހެއްޓުން.
|
ތަޢުލީމާއި ތަޖުރިބާ
|
- ލެބޯޓްރީސައިންސް ނުވަތަ ލެބޯޓްރީއާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު މަޤާމުގެ މަސައްކަތާ ގުޅޭ މަގާމެއްގައި އީއެކްސް 1 ން ފެށިގެން މަތީ ރޭންކެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުމާއެކު ޖުމްލަ 9 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ،
- ލެބޯޓްރީ ސައިންސް ނުވަތަ ލެބޯޓްރީއާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު މަޤާމުގެ މަސައްކަތާ ގުޅޭ މަޤާމެއްގައި އީއެކްސް 1 އިން ފެށިގެން މަތީ ރޭންކެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުމާއެކު ޖުމްލަ 6 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ،
- ލެބޯޓްރީ ސައިންސް ނުވަތަ ލެބޯޓްރީއާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 10 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު މަޤާމުގެ މަސައްކަތާ ގުޅޭ މަޤާމެއްގައި އީއެކްސް 1 އިން ފެށިގެން މަތީ ރޭންކެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.
|
މަޤާމު
|
ސީނިއަރ ސައިންޓިފިކް އޮފިސަރ
|
ބޭނުންވާ އަދަދު
|
01
|
ޑިރެކްޓަރ
|
ރޭންކް: EX1
|
މުސާރަ
|
މަހަކު -/8835 ރުފިޔާ
|
ސަރވިސް އެލަވަންސް
|
މަހަކު -/2500 ރުފިޔާ
|
ނޮން ޕްރެކްޓިސް އެލަވަންސް
|
މުސާރައިގެ %35
|
ޑިވިޝަން
|
ނޭޝަނަލް ހެލްތް ލެބޯޓްރީ ކުއަލިޓީ މެނޭޖްމަންޓް ސެކްޝަން
|
ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް
|
ISO/IEC/17025 ސްޓޭންޑަރޑް އަށް ލެބޯޓްރީ ދެމެހެއްޓުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި ލެބޯޓްރީ އެކްރެޑިޓޭޝަން ސްކޯޕް ފުޅާކުރުމަށް ކުރަންޖެހޭ ކުރިހާ މަސައްކަތްތަކެއް ކުރުން.
|
ތަޢުލީމާއި ތަޖުރިބާ
|
- ލެބޯޓްރީސައިންސް ނުވަތަ ލެބޯޓްރީ ކޮލިޓީ މެނޭޖްމަންޓާ ގުޅޭ ދާއިރާއަކުން ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 9 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ،
- ލެބޯޓްރީ ސައިންސް ނުވަތަ ލެބޯޓްރީ ކޮލިޓީ މެނޭޖްމަންޓާ ގުޅޭ ދާއިރާއަކުން ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 6 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ،
- ލެބޯޓްރީ ސައިންސް ނުވަތަ ލެބޯޓްރީ ކޮލިޓީ މެނޭޖްމަންޓާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 3 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.
|
މަޤާމު
|
ސީނިއަރ ސައިންޓިފިކް އޮފިސަރ
|
ބޭނުންވާ އަދަދު
|
01
|
ޑިރެކްޓަރ
|
ރޭންކް: EX1
|
މުސާރަ
|
މަހަކު -/8835 ރުފިޔާ
|
ސަރވިސް އެލަވަންސް
|
މަހަކު -/2500 ރުފިޔާ
|
ނޮން ޕްރެކްޓިސް އެލަވަންސް
|
މުސާރައިގެ %35
|
ޑިވިޝަން
|
ނޭޝަނަލް ހެލްތު ލެބޯޓްރީ / ކެމިސްޓްރީ ސެކްޝަން
|
ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް
|
ނޭޝަނަލް ހެލްތު ލެބޯރިޓަރީގެ ކެމިސްޓްރީ ޔުނިޓުގެ ސީނިއަރ ސައިންޓިފިކް އޮފިސަރގެ މައިގަނޑު މަސައްކަތަކީ އިންސްޓްރޫމެންޓަލް ކެމިސްޓްރީގެ ޓެސްޓުތައް ޑިވެލޮޕްކޮށް އަމަލީ ސިފަ ގެނައުމާއި ކެމިސްޓްރީ ޔުނިޓުގެ މުވައްޒަފުން މަސައްކަތްތަކަށް އަހުލުވެރިކުރުމަށް އިންސާވިސް ޓްރޭނިންގ ހިންގުން އަދި ނެޝެނަލް ހެލްތު ލެބޯޓްރީ ޔުނިޓުގެ މަސައްކަތް ސުޕަވައިޒް ކުރުން.
|
ތަޢުލީމާއި ތަޖުރިބާ
|
- ކެމިސްޓްރީ ދާއިރާއަކުން ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 9 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ،
- ކެމިސްޓްރީ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 6 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ،
- ކެމިސްޓްރީ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 3 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.
|
މަގާމު
|
ބަޔޯމެޑިކަލް ޓެކްނީޝަން
|
ބޭނުންވާ އަދަދު
|
01
|
ޓެކްނިކަލް އޮފިސަރ ގްރޭޑް 1
|
ރޭންކް: MS1
|
މުސާރަ
|
މަހަކު -/5610 ރުފިޔާ
|
ސަރވިސް އެލަވަންސް
|
މަހަކު -/2500 ރުފިޔާ
|
ނޮން ޕްރެކްޓިސް އެލަވަންސް
|
މުސާރައިގެ %35
|
ޑިވިޝަން
|
ނޭޝަނަލް ހެލްތް ލެބޯޓްރީ / އެމް.ޓީ.ޖީ މައިކްރޯ ބަޔޮލޮޖި ޔުނިޓް
|
ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް
|
- ނެޝެނަލް ހެލްތު ލެބޯޓްރީގެ އިކުއިޕްމަންޓް ކެލިބްރޭޝަން ޔުނިޓު ތަރައްޤީކޮށް ބެލެހެއްޓުމާއި ކެލިބްރޭޝަން ކުރުމަށް ބޭނުންވާ ކެމިކަލް ސްޓޭންޑަރޑްސް އަދި ރިއެޖެންޓްސް ތައްޔާރުކުރުން.
- ނެޝެނަލް ހެލްތު ލެބޯޓްރީގައި ބޭނުންކުރެވޭ އިކުއިޕްމަންޓުތައް މަރާމާތުކޮށް ސާރވިސްކޮށް ބަލަހައްޓައި ދެމެހެއްޓުމާއި ނެޝެނަލް ހެލްތު ލެބޯޓްރީގައި ބޭނުންކުރެވޭ އިލެކްޓްރިކަލް އަދި އިލެކްޓްރޯނިކްސް އިކުއިޕްމަންޓުތައް މަރާމާތުކުރުން އަދި ނެޝެނަލް ހެލްތު ލެބޯޓްރީއަށް ގެނެވޭ އައު އިކުއިޕްމަންޓުތައް އިންސްޓޯލްކޮށް ސްޓާފުން އަހުލުވެރި ކުރުން.
|
ތަޢުލީމާއި ތަޖުރިބާ
|
- އިލެކްޓްރޯނިކް އިންޖިނިއަރިންގ ދާއިރާއިން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ،
- އިލެކްޓްރޯނިކް އިންޖިނިއަރިންގ ދާއިރާއިން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 3 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް
|
- ހާސިލުކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން.
- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ ބަލައިގެން.
- ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއު ކޮށްގެން.
|
ޢިނާޔަތްތައް
|
- ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ.
- ރިސްކް އެކުލެވޭ މަސައްކަތް ކުރައްވާ ކޮންމެ ދުވަހަކަށް ހަމަޖެހިފައިވާ އުޞޫލުގެ މަތިން ރިސްކް އެލަވަންސް
|
ހުށަހަޅަންޖެހޭ ލިޔުންތައް
|
- ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު މި މިނިސްޓްރީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މިމިނިސްޓްރީގެ www.health.gov.mv ވެބްސައިޓުން ޑައުންލޯޑް ކުރެއްވޭނެއެވެ. )
- ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެމުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
- ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް. (އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުގެ ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
- މަސައްކަތުގެ ތަޖުރިބާ ދެނެގަތުން، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ
- ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނެގޮތަށް ލިޔެފައިވާ ލިޔުންތައް ކިޔަން ކިޔަން އެނގޭ ފަދަ ކޮޕީ.
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ވަޒީފާއަށް އެދޭ ފޯމާއެކު އެޓޭޗްކުރެވިފައިވާ ނަމޫނާއާ އެއްގޮތަށް ތައްޔާރުކޮށްފައިވާ ސީވީ)
|
ސުންގަޑި
|
30 ޑިސެންބަރު 2014 ވާ އަންގާރަ ދުވަހުގެ 14:30 ގެ ކުރިން މިނިސްޓްރީ އޮފް ހެލްތު އަށް
|
އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން:
|
2015 ވަނަ އަހަރުގެ ޖެނުއަރީ މަހުގައި، މިނިސްޓްރީ އޮފް ހެލްތު (ރޯޝަނީ ބިލްޑިންގ ގައި)
ނޯޓް: މި ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި 10 ފަރާތެއް ޝޯޓްލިސްޓު ކުރެވޭނެއެވެ.
|
އިތުރު މަޢުލޫމާތު
|
މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަންބަރަކީ 3014400 އެވެ.
|