ދިވެހިރާއްޖެ
މަޤާމް :އިންޓަރން (ކޮންޓްރެކްޓް މުވައްޒަފުން) | |
---|---|
ބޭނުންވާ އަދަދު :5 | |
މި އޮތޯރިޓީއަށް ތިރީގައިމިވާ މަގާމަށް މުވައްޒަފުން ހޯދަންބޭނުންވެއެވެ.
މަގާމު: |
އިންޓަރން (ކޮންޓްރެކްޓް މުވައްޒަފުން) |
އަދަދު: |
5 |
މަސައްކަތުގެ މުއްދަތު: |
6 މަސް ދުވަސް |
މުސާރަ: |
މަސައްކަތަށް ނިކުންނަ ކޮންމެ ދުވަހަކަށް -/325 ރުފިޔާ |
މަގާމުގައި އަދާކުރަންޖެހޭ މައިގަނޑު މަސްއޫލިއްޔަތު: |
މީރާގެ "ކޮމްޕްލަޔަންސް މެޕް" ޕްރޮޖެކްޓްގެ ބޭނުމަށް، ތިރީގައިވާ ބަޔާންކޮށްފައިވާ މަސައްކަތްތައް ކުރުން: - އާމްދަނީ ހޯދުމަށް ހިންގާ ހަރަކާތް ނިސްބަތްވާ ނުވަތަ ހިންގާ ތަންތަނަށް ޒިޔާރަތްކޮށް ބޭނުންވާ މައުލޫމާތު އެއްކުރުން. - ޓެކްސް ޤާނޫނުތަކުގެ ދަށުން ރަޖިސްޓަރީކުރަންޖެހޭ ފަރާތްތައް ހޯދައި، ރަޖިސްޓަރީވުމަށް އެ ފަރާތްތަކަށް އެހީތެރިވެދިނުން. - ޓެކްސް ދައްކާ ފަރާތްތަކަށާއި ޢާމުންނަށް ޓެކުހާބެހޭ މައުލޫމާތު ދިނުމާއި، ޓެކްސް ޤާނޫނުތަކާއި ގަވާއިދުތަކަށް ތަބަޢަވުމަށް އެ ފަރާތްތަކަށް އެހީތެރިވެދިނުން. |
ޝަރުޠު: - އޯ ލެވެލް ނިންމާފައިވުން |
|
މީހުން ހޮވުމުގައި ބަލާނެ ކަންތައްތައް - މުޢާމަލާތު ކުރުމުގެ ހުނަރު - މައިކްރޯސޮފްޓް އޮފީސް ބޭނުންކުރުމުގެ ހުނަރު |
އެހެނިހެން ޝަރުތުތައް
- މި އޮތޯރިޓީގައި އަދާކުރާ ވަޒީފާ ފިޔަވާ އިތުރު އެހެންއެއްވެސް ވަޒީފާއެއް އަދާނުކުރުމާއި އަދި މި އޮތޯރިޓީގައި އަދާކުރާ ވަޒީފާއާއި މަސްލަހަތު ފުށުއަރާފަދަ އެއްވެސް އަމިއްލަ މަސައްކަތެއް ނުކުރުން.
- ސަރުކާރުގެ ނުވަތަ އަމިއްލަ އެއްވެސް ކުންފުންޏެއްގައި އިސްކޮށް ޙަރަކާތްތެރިނުވުން އަދި އެފަދަ ކުންފުންޏެއްގެ ބޯޑެއްގެ ޑިރެކްޓަރެއް ކަމުގައި ނުވުން.
- ސަރުކާރު ޙިއްސާވާ ނުވަތަ އަމިއްލަ އެއްވެސް ކުންފުންޏެއްގެ މެޖޯރިޓީ ޝެއަރހޯލްޑަރެއް ކަމުގައި ނުވުން.
- އަމިއްލަ ނަމުގައި އެއްވެސް ވިޔަފާރިއެއްކުރާ މީހަކު ކަމުގައި ނުވުން.
- ވަޒީފާއަށް ކުރިމަތިލާ މީހާއާ މި އޮތޯރިޓީގެ އެއްވެސް މުވައްޒަފަކާ ޢާއިލީގޮތުން ގާތްގުޅުމެއް ހުރި ފަރާތެއް ކަމުގައި ނުވުން.
މިމަގާމަށް ޝައުގުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން އެޕްލިކޭޝަން ފޯމާއެކު ތިރީގައިމިވާ މަޢުލޫމާތު ހުށަހަޅުއްވަންވާނެއެވެ.
- ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ.
- ކަރިކިއުލަމް ވިޓާ (ސީވީ).
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
ނޯޓް:
- މަތީގައިވާ މަގާމުތަކުގެ އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ ޝަރުތު ހަމަވާ ފަރާތްތަކުގެ ތެރެއިން ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.
މި މަގާމުތަކަށް ޝައުގުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 21 ފެބުރުވަރީ 2023 ގެ 16:00 ކުރިން މީރާގެ ވެބްސައިޓް މެދުވެރިކޮށް Job Application Form އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ.
މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ)، އަމީނީ މަގު، މާލެ، ދިވެހިރާއްޖެ
ފޯނު: 1415
އީމެއިލް: [email protected] ވެބްސައިޓް: www.mira.gov.mv