މަސައްކަތް
ނަންބަރު: MBC-F/IU/2014/144
ޕަބްލިޝްކުރި ތާރީޚް: 15 ޑިސެންބަރު 2014
ޕަބްލިޝްކުރި ގަޑި: 10:17
ސުންގަޑި: 24 ޑިސެންބަރު 2014 14:00
މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޯޕަރޭޝަން
ދިވެހިރާއްޖެ
އަލިފާންނިވިތައް ބަހައްޓައިދޭނެ ފަރާތެއް ހޯދަން

ޕްރޮކިއުމަންޓް ރިފަރެންސް ނަންބަރު

MBC-PRC/486/12/2014

 

އަލިފާންނިއްވާ ފަރާތްތަކުން ޕްރޮޕޯޒަލް ހުށަހެޅުއްވުމުގެ ދަޢުވަތު:

މިކޯޕަރޭޝަންގެ ޓީވިމޯލްޑިވްސްގެ އޮފީސް ޢިމާރާތާއި ދިވެހިރާއްޖޭގެ އަޑުގެ އޮފީސް ޢިމާރާތާއި އަދި ޓްރާންސްމީޓިންގ ސްޓޭޝަންގައި، ހުރި އަލިފާންނިވިތައް މަރާމާތު ކުރުމާއި، އަލަށް ފަޔަރ ޕޮއިންޓްތައް ޤާއިމުކުރަންޖެހޭ ތަންތާނގައި އަލިފާންނިވިތައް ބަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ވީމާ، މި މަސައްކަތްކޮށްދެއްވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 24 ޑިސެންބަރު 2014 އަންގާރަ ދުވަހުގެ 2:00 އަށް އެމް.ބީ.ސީ. ހެޑްއޮފީސް (ރޭޑިއޯ ބިލްޑިންގ) އަށް ހާޒިރުވެވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 29 ޑިސެންބަރު 2014 ހޯމަ ދުވަހުގެ 2:00 އަށް އެމް.ބީ.ސީ. ހެޑްއޮފީސް (ރޭޑިއޯބިލްޑިންގ) އަށް ހާޒިރުވެވަޑައިގެން އަގު ހުށަހެޅުއްވުން އެދެމެވެ. އަގު ހުށަހަޅުއްވާއިރު މިކޯޕަރޭޝަނުން ދޭ މަޢުލޫމާތު ކަރުދާހުގައިވާ ހުރިހާ މަޢުލޫމާތެއް ފުރިހަމަކުރައްވާ ހުށަހަޅުއްވަންވާނެއެވެ.

23 ޞަފަރު 1436

15 ޑިސެންބަރު 2014