ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)22-EDF/22/2023/33
ޕަބްލިޝްކުރި ތާރީޚް: 07 ފެބުރުވަރީ 2023
ޕަބްލިޝްކުރި ގަޑި: 10:15
ސުންގަޑި: 15 ފެބުރުވަރީ 2023 14:00
މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
ެއެދުރުވެހި ފިހާރަ 1 ކުއްޔަށްދިނުން

`

 

މިނިސްޓްރީ އޮފް އެޑިޔުކޭޝަން
މާލެ، ދިވެހިރާއްޖެ

                                އިޢުލާން ނަންބަރު : (IUL)22-EDF/22/2023/33

ބީލަން ހުށަހެޅުމުގެ ދަޢުވަތު

އެދުރުވެހި ފިހާރަ 1 ކުއްޔަށްދިނުން

1.      ތިރީގައި މިދަންނަވާ ފިހާރަ ، 5 (ފަހެއް) އަހަރަށް ކުއްޔަށް ދޫކުރުމަށް ބޭނުންވެއެވެ.

އެދުރުވެހި ފިހާރަ 1 (ދެކުނު) 350 އަކަފޫޓް

2.      މި ފިހާރަ ކުއްޔަށްހިފުމަށް އެދޭ ފަރާތްތަކުން، 7 ފެބްރުއަރީ 2023 އިން ފެށިގެން 15 ފެބްރުއަރީ 2023 ވަނަ ދުވަހުގެ 14:00 ގެ ނިޔަލަށް  ތިރީގައިވާ ލިންކު މެދުވެރިކޮށް ފޯމް ހުށަހެޅުއްވުމުން ރަޖިސްޓްރީ ކޮށްދެވޭނެއެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ. ރަޖިސްޓްރޭޝަން ފޯމްގެ ލިންކު:         https://forms.gle/Y2yyLpKnGtFijN2k6    

3.      މިކަމާ ބެހޭގޮތުން އެއްވެސް މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންވާނަމަ 15 ފެބްރުއަރީ 2023 ދުވަހުގެ 14:00 ގެ ކުރިން މި އިޢުލާންގެ 8 ވަނަ ނަންބަރުގައިވާ އެޑްރެހަށް އީމެއިލް މެދުވެރިކޮށް ފޮނުއްވުންއެދެމެވެ.

4.      ކުއްޔަށްހިފުމަށް އެދޭ ފޯމް ހުށަހަޅުއްވާއިރު ބިޑު ސެކިއުރިޓީގެ ގޮތުގައި-/30,000 (ތިރީސް ހާސް) ރުފިޔާ ހުށަހަޅަން ވާނެއެވެ. ބިޑު ސެކިއުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީހުން ފެށިގެން 30 ދުވަހެވެ. ބިޑް ސެކިއުރިޓީގެ ގޮތުގައި ހުށަހަޅަންޖެހޭނީ ސަރުކާރުން ގަބޫލުކުރާ ރާއްޖޭގައިހުރި ބޭންކަކުން ނުވަތަ ދިވެހިރާއްޖޭގައި ގާއިމްކޮށްފައިވާ ފައިނޭންޝަލް އިންސްޓިޓިއުޓަކުން މި އިޢުލާންގެ 1 ވަނަ ނަންބަރުގައިއެވާ ތަން ކުއްޔަށް ހިފުމުގެ ބޭނުމަށް ދޫކޮށްފައިޥާ ބިޑު ސެކިއުރިޓީ ނުވަތަ ގެރެންޓީއެކެވެ.

5.      ބިޑް ސެކިއުރިޓީ ފައިސާ އޮންލައިންކޮށް (ބަނޑޭރި-ޕޭ ސިސްޓަމް މެދުވެރިކޮށް) ފައިސާ ދައްކާނަމަ ޕްރޮޕޯސަލް ހުށަހެޅުމުގެ ބައްދަލުވުމަށް ހާޒިރުވެ އެ ބައްދަލުވުމުން ވަކިވެގެން ދިއުމުގެ ކުރިން އެ ފައިސާ ދައްކައި ނިންމަންވާނެއެވެ.

6.      ބިޑް ހުށަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ، 16 ފެބްރުއަރީ 2023 ވާ އާދިއްތަ ދުވަހުގެ ހެނދުނު 10:00 ގައި  އެޑިޔުކޭޝަން ޑިވެލޮޕްމަންޓް ފަންޑުގެ އިދާރާ / މިނިސްޓްރީ އޮފް އެޑިޔުކޭޝަން ، އެދުރުހިޔާ ، 9 ވަނަ ފަންގިފިލާ ގައެވެ.

7.      ތަޢުލީމީ ފަންޑުގެ ޢިމާރާތް ކުއްޔަށް ހިފުމަށް އެދޭ ފޯމް އާއި، ތަޢުލީމީ ފަންޑުގެ ފިހާރަ ކުއްޔަށް ދޫކުރުމުގައި ޢަމަލުކުރާނޭ ގޮތުގެ އުޞޫލް މި އިޢުލާނާއެކު އެޓޭޗް ކޮށްފައިވާނެއެވެ.

8.      އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

އެޑިޔުކޭޝަން ޑިވެލޮޕްމަންޓް ފަންޑުގެ އިދާރާ / މިނިސްޓްރީ އޮފް އެޑިޔުކޭޝަން

އެދުރުހިޔާ  9 ވަނަ ފަންގިފިލާ ، ފަޅުމަތީ މަގު

މާލެ، ދިވެހިރާއްޖެ.

ފޯން: , 3341193 3341194

ކޮޕީ-މެއިލް [email protected]

07 ފެބުރުވަރީ 2023