ދިވެހިރާއްޖެ
ބީލަން ހުށައެޅުމުގެ ދަޢުވަތު
1- މިމަދަރުސާގައި ދެފާޚާނާ އަމިއްލަތަކެތީގައި ޢިމާރާތް ކުރުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. މިމަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުތު ހަމަވާ އެންމެހައި ފަރާތްތަކަށް ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަން ފޮތުގައި ބަޔާން ކުރެވިފައިވާނެއެވެ.
2- މިބީލަމުގައި ބައިވެރިވާންއެދޭ ފަރާތްތަކަށް މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2023 ފެބުރުވަރީ 12 ވާ އާދިއްތަ ދުވަހުގެ 9:00 ގައި މިމަދަރުސާގައެވެ.
3- ބީލަން ހުށަހެޅުމާއި ހުޅުވުން އޮންނާނީ 2023 ފެބުރުވަރީ 20 ވާ ހޯމަ ދުވަހުގެ 9:00 ގައި މިމަދަރުސާގައެވެ.
4- މަޢުލޫމާތު ސާފުކުރެއްވުމަށާއި، ބީލަން ހުށައެޅުމަށް ބަދަލުގައި މީހަކުފޮނުވާނަމަ އެކަންބަޔާންކޮށް މަދަރުސާއަށް ސިޓީހުށައަޅުއްވަންވާނެއެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ ބީލަމާއި، ގަޑިޖެހުމަށްފަހު ހުށައަޅާ ބީލަންތައް ބަލައެއް ނުގަނެވޭނެއެވެ.
5- އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ނ.އަތޮޅު ތަޢުލީމީ މަރުކަޒު
ސޯސަންމަގު
ނ.ވެލިދޫ، ދިވެހިރާއްޖެ
ފޯން: 6560019
އީ-މެއިލް: [email protected]
ވިމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.