ނޫސްބަޔާން
ނަންބަރު: (PR)425-CB/425/2023/02
ޕަބްލިޝްކުރި ތާރީޚް: 06 ފެބުރުވަރީ 2023
ޕަބްލިޝްކުރި ގަޑި: 15:22
ސުންގަޑި: 14 ފެބުރުވަރީ 2023 14:00
މާލޭ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މާލޭ ސިޓީގެ ޑެޕިއުޓީ މޭޔަރ އަހްމަދު ނަރީޝް ހައްޔަރު ކުރުމާއި ގުޅޭ

ޕީޕީއެމް އާއި ޕީ އެންސީ ކޯލިޝަން ގުޅިގެން 06 ފެބުރުވަރީ(މިއަދު)2023 ވަނަ ދުވަހު މާލޭގައި ބޭއްވި އެއްވެ އުޅުމުގެ ތެރެއިން، ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ޤާނޫނުގެ ދަށުން ލިބިދީފައިވާ ޙައްޤުގެ ތެރެއިން އަޑުއުފުލުމަށާއި، ޤާނޫނު އަސާސީގެ 27 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޚިޔާލު ފާޅުކުރުމުގެ މިނިވަން ކަމުގެ ދަށުން ޝުޢޫރު ފާޅުކުރަމުން ދަނިކޮށް މާލޭ ސިޓީގެ ޑެޕިއުޓީ މޭޔަރު އަހްމަދު ނަރީޝް ވަނީ ހައްޔަރުކޮށްފައެވެ. މާލެ ސިޓީ ކައުންސިލުން ޤަބޫލުކުރާ ގޮތުގައި މިއީ ޤާނޫނު އަސާސީއިން ލިބިދީފައިވާ ޝުޢޫރު ފާޅުކުރުމުގެ މިނިވަންކަން ހަނިކޮށް މާލޭ ސިޓީގެ ރައްޔިތުން އެމީހުންގެ  މަންދޫބެއްގެ ގޮތުގައި ހޮއްވަވާފައި ހުންނެވި ކައުންސިލަރުގެ އަޑު ކަނޑުވައިލުމަށްޓަކައި ހިންގާފައިވާ ޒިންމާދާރުކަން ކުޑަ ޢަމަލެކެވެ. އަދި މިއީ ދިމިޤްރާތީ ވެއްޓެއްގައި ކަންވެގެން ދާންޖެހޭގޮތް ނޫންކަމުގައިވެސް މި ކައުންސިލުން ދެކެމެވެ.

ވީމާ މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރ އަހްމަދު ނަރީޝް ވަގުތުން ދޫކޮށްލުމަށް މި ކައުންސިލުން ގޮވާލަމެވެ.

            06 ފެބުރުވަރީ 2023

06 ފެބުރުވަރީ 2023