މަސައްކަތް
ނަންބަރު: (IUL)247-CA/247/2023/22
ޕަބްލިޝްކުރި ތާރީޚް: 06 ފެބުރުވަރީ 2023
ޕަބްލިޝްކުރި ގަޑި: 15:03
ސުންގަޑި: 15 ފެބުރުވަރީ 2023 11:30
ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހޯރަފުށީގައި އަލަށް ތަރައްޤީކުރާ އައުޓްޑޯ ވޮލީކޯޓްގައި ރޮސްޓްރަމްއެއް ތައްޔާރުކުރުމުގެ މަސައްކަތް

އަންދާސީ ހިސާބު ހުށަހެޅުއްވުމުގެ ދަޢުވަތު

             ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީގައި އަލަށް ތަރައްޤީކުރާ އައުޓްޑޯ ވޮލީކޯޓްގައި ރޮސްޓްރަމްއެއް ތައްޔާރުކުރުމުގެ މަސައްކަތް ބީލަން ފޮތުގައި ދީފައިވާ މަޢުލޫމާތާއި އެއްގޮތަށް ކޮށްދޭނެ ފަރާތެއް ހޯދުމަށް، ބީލަން ހުށަހެޅުމުގެ ދަޢުވަތު ހުޅުވާލަމެވެ.

              މި މިސައްކަތުގެ ބީލަން ފޮތް މި އިޢުލާނާއެކު ދިވެހި ސަރުކާރުގެ ގެޒެޓްގައި ޑައުންލޯޑް ކުރެވޭގޮތަށް އެޓޭޗް ކޮށްފައި ހުންނާނެއެވެ. މިކަމާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު އޮޅުން ފިލުވުމަށް ބޭނުން ވެއްޖެނަމަ ބީލަން ފޮތުގައިވާ ގޮތުގެ މަތިން މިކައުންސިލްއަށް ހުށަހެޅުއްވުން އެދެމެވެ.

ބީލަމުގައި ރަޖިސްޓްރީކުރުން

މުއްދަތު: 06 ފެބުރުއަރީ 2023 އިން 09 ފެބުރުއަރީ 2023 ވާ ބުރާސްފަތި ދުވަހުގެ 10:30 ގެ ނިޔަލަށް ތިރީގައިވާ މަޢުލޫމާތު [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ.

ބީލަމުގައި ރަޖިސްޓްރީ ކުރުމަށް ހުށަހަޅަންޖެހޭ މަޢުލޫމާތު:

ބިޑުގެ ނަން އަދި ތާރީޚް.

މަޢުލޫމާތު ސާފުކުރާ ފަރާތުގެ ނަން.

ރަޖިސްޓްރީ ނަންބަރު.

އީމެއިލް އެޑްރެސް.

ގުޅޭނެ މޯބައިލް ނަންބަރު.

ބިޑް މީޓިންގ

ތާރީޙް: 2023 ފެބުރުއަރީ 9 ވަނަ (ބުރާސްފަތި) ދުވަހުގެ 11:00 ގައި ހޯރަފުށީ ކައުންސިލްގެ އިދާރާގެ (އޯކިޑްވިލާ) ކޮންފަރެންސް ހޯލުގައި

ސައިޓް ވިޒިޓިންގ

ތާރީޙް: 2023 ފެބުރުއަރީ 9 ވަނަ (ބުރާސްފަތި) ދުވަހުގެ 16:30 (އަލަށްއަޅާ ވޮލީކޯޓް ސަރަހައްދު) ގައި.

ބީލަން ވެލިޑިޓީ އަދި ބީލަން ހުޅުވުން

ބީލަން ހުޅުވުމަށް ހަމަޖެހިފައިވަނީ 2023 ފެބުރުއަރީ 15 ވާ ބުދަ ދުވަހުގެ 11:30 ގައި ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ ކައުންސިލްގެ އިދާރާގެ (އޯކިޑްވިލާ) ކޮންފަރެންސް ހޯލުގައި މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަޤުތު އަދި ބީލަން ހުށަހަޅާފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ. ބީލަމުގެ މުއްދަތައް ބިޑް ހުށަހަޅާ ތާރީޚުން ފެށިގެން 60 ދުވަސް އޮންނަންވާނެއެވެ.

އަންދާސީ ހިސާބު ހުށަހަޅުއްވަން ވާނީ ތިރީގައި މިދަންނަވާ ގޮތަށް އެޑްރެސް ކޮށްފައެވެ.

ކޯޕަރޭޓް އެފެއާރޒް ސެކެޝަން

ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ ކައުންސިލްގެ އިދާރާ

ހއ.ހޯރަފުށި، ދިވެހިރާއްޖެ

ބީލަމުގެ ނަން:  ހޯރަފުށީގައި އަލަށް ތަރައްޤީކުރާ އައުޓްޑޯ ވޮލީކޯޓްގައި ރޮސްޓްރަމްއެއް ތައްޔާރުކުރުމުގެ މަސައްކަތް

ނޯޓް:

           މަޢުލޫމާތު ފުރިހަމަނޫން ބިޑުތައް ބާތިލުކުރުމުގެ ފުރިހަމަ އިޚްތިޔާރު ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ ކައުންސިލްގެ އިދާރާއަށް ލިބިގެންވެއެވެ. އަދި ބިޑު ކޮންމެ ވަގުތެއްގައިވެސް ބާތިލުކުރުމުގެ އިޚްތިޔާރު ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ ކައުންސިލްގެ އިދާރާއަށް ލިބިގެންވެއެވެ.

06 ފެބުރުވަރީ 2023