ދިވެހިރާއްޖެ
ޕްރޮކިއުމަންޓް ރިފަރެންސް ނަންބަރު |
MBC-PRC/659/12/2014 |
ޕްރޮޕޯޒަލް ހުށަހެޅުއްވުމުގެ ދަޢުވަތު:
މިކޯޕަރޭޝަނުން 2015 ވަނައަހަރު ޖަނަވަރީމަހު މާލޭ ސަލްޓަންޕާކުގައި ބޭއްވުމަށް ހަމަޖެހިފައިވާ ޘަޤާފީ ޢީދުޝޯވް ކުރިއަށްދާއިރު މިފެސްޓިވަލަށް ބޭނުންވާ ސައި، ކެއުން، ތައްޔާރުކޮށް، ކޭޓަރކޮށްދޭނެ ފަރާތްތައް ހޯދަން ބޭނުންވެއެވެ. މިމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް މީގެކުރިން މިކޯޕަރޭޝަނުން ކުރެވުނު MBC-F/IU/2014/140 ނަންބަރު އިޢުލާނާ ގުޅިގެން އެކަށީގެންވާ ތަރުޙީބެއް ލިބިފައިނުވާތީ އެއިޢުލާން ބާޠިލުވުމާ ގުޅިގެން، އެފުރުޞަތު އަލުން ހުޅުވާލަމެވެ.
ވީމާ، މި މަސައްކަތް ކުރުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 21 ޑިސެންބަރު 2014 އާދީއްތަ ދުވަހުގެ 2:30 އަށް އެމް.ބީ.ސީ. ހެޑްއޮފީސް (ރޭޑިއޯ ބިލްޑިންގ) އަށް ހާޒިރުވެވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 24 ޑިސެންބަރު 2014 ބުދަ ދުވަހުގެ 2:30 އަށް އެމް.ބީ.ސީ. ހެޑްއޮފީސް (ރޭޑިއޯބިލްޑިންގ) އަށް ހާޒިރުވެވަޑައިގެން އަގު ހުށަހެޅުއްވުން އެދެމެވެ. އަގު ހުށަހަޅުއްވާއިރު މިކޯޕަރޭޝަނުން ދޭ މަޢުލޫމާތު ކަރުދާހުގައިވާ ހުރިހާ މަޢުލޫމާތެއް ފުރިހަމަކުރައްވާ ހުށަހަޅުއްވަންވާނެއެވެ.
23 ޞަފަރު 1436