ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)395-C/395/2023/26
ޕަބްލިޝްކުރި ތާރީޚް: 05 ފެބުރުވަރީ 2023
ޕަބްލިޝްކުރި ގަޑި: 14:20
ސުންގަޑި:
12 ފެބުރުވަރީ 2023 12:00
ހައްދުންމަތީ އިސްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ރުއްގަހުގެ ވެރިފަރާތް ހޯދުމާއިގުޅޭ!
ލ. އިސްދޫ / މާކޯނި، އިބްރާހިމް އުސާމް އަށް ލިބިފައިވާ ގޯތީގައިވާ ރުއްގަހުގެ ބަދަލު މައްސަލަ ނިންމުމަށްޓަކައި، ރުއްގަހުގެ ވެރިން ހޯދުމަށް އެ ގޯތީގައިވާ ރުއްގަހުގައިވާނީ ކަޅުކުލައިގެ ދަވާދުން، 01 އިން 06 އަށް (ހިސާބު އަކުރުން)، ނަމްބަރު ޖަހައިފައެވެ.
ވީމާ، މަތީގައި ބަޔާންކޮށްފައިވާ ރުއްގަހުގެ ވެރިން، އެރުއްގަހުގައިވާ ނަންބަރު ނޯޓުކުރުމަށްފަހު 12 ފެބްރުއަރީ 2023 ވާ އާދީއްތަ ދުވަހުގެ 12:00ގެ ކުރިން މި ކައުންސިލަށް ސިޓީއަކުން ހުށަހެޅުއްވުން އެދެމެވެ. އަދި އެތަނުގައިހުރި ނަގައިގެން ގެންދެވޭފަދަ ރުއްގަހާއި، ތަކެތި މިދެންނެވި މުއްދަތުގެތެރޭގައި ނެންގެވުމަށް ދަންނަވަމެވެ. ދަންނަވާފައިވާ ތާރީޚުގެ ފަހުން، ހުށަހަޅާ ރުއްގަހުގެ ސިޓީތަކަށް ބަދަލުދެވޭނީ ޝަރުޢީ ކޯޓެއް މެދުވެރިކޮށް ކަމުގައި ދަންނަވަމެވެ.
05 ފެބުރުވަރީ 2023