ދިވެހިރާއްޖެ
މޫދު ކުޅިވަރުގެ ޙަރަކާތްތަކަށް 2 ބިން ކުއްޔަށް ދޫކުރުމާއި ގުޅޭ
ކ.ހުރާ ހުޅަނގު ފަރާތުގެ ބަނދަރުގެ އުތުރުން ސަރަހައްދު ޗާޓުގައި ފާހަގަކުރެވިފައިވާ 1500 (ފަނަރަސަތޭކަ) އަކަފޫޓުގެ 2 ބިން ކުއްޔަށް ދިނުމަށް ބޭނުންވެއެވެ. ވަގުތީގޮތުން 1 އަހަރު ދުވަހުގެ މުއްދަތަށް ދޫކުރުމަށް ކަނޑައަޅާފައިވާ މި ބިންތަކަށް އެދި ހުށައެޅުމަށް އެދޭ ބިޑް ފޯމް 07 ފެބްރުއަރީ 2023 ވާ ހޯމަ ދުވަހުގެ ހެނދުނު 09:00 އިން ފެށިގެން 15 ފެބްރުއަރީ 2023 ވާ ބުދަދުވަހުގެ 13:00 އަށް ކައުންސިލް އިދާރާގެ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ. ބިޑްފޯމެއްގެ އަގަކީ -/150ރުފިޔާ އެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެ ލައްވާ ފަރާތްތަކުން 16 ފެބްރުއަރީ 2023 ވަނަ ދުވަހުގެ 12:15 އަށް މި ކައުންސިލްގެ އިދާރާއަށް ދުރުވެ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ކަރުދާސް އިޢުލާނާއިއެކު ހީރަސްކުރެވިފައިވާނެއެވެ. އިތުރު މަޢުލޫމާތު ހޯއްދަވަން ބޭނުންވާ ފަރާތްތަކުން މިކައުންސިލްގެ އީމެއިލް [email protected] އަށް މެއިލް ކުރައްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.