ދިވެހިރާއްޖެ
މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ
މިނިސްޓްރީ އޮފް ހެލްތް
މާލެ، ދިވެހިރާއްޖެ
(IUL)182-REG/182/2023/2 :ނަންބަރު
އިޢުލާން
ރާއްޖެ އިމްޕޯޓްކޮށް ވިއްކާ ޑޮކްޓަރީ ބޭހުގެ ރައްކާތެރިކަމާއި ފެންވަރު ކަށަވަރު ކުރުމުގެ ގޮތުން ބޭސް ތަހުލީލު ކުރުމުގެ މަސައްކަތް މިއޮތޯރިޓީއިން ދަނީ ކުރަމުންނެވެ. މިގޮތުން ކުރެވުނު ތަހުލީލުތަކުގެ ނަތީޖާ ދައްކާގޮތުން، ތިރީގައި މިވާ ބޭހުގެ ދެންނެވިފައިވާ ބެޗުގައި ހުންނަންވާ މިންވަރަށް ވުރެ، ބޭހުގެ އެކްޓިވް އިންގްރީޑިއަންޓްގެ މިންވަރު ދަށްކަމަށް ތަހުލީލުތަކުގެ ނަތީޖާއިން ވަނީ ދައްކާފައެވެ.
ވީމާ، ދެންނެވިފައިވާ ބޭހުގެ ބެޗް އިމްޕޯޓް ކުރުމާއި، ވިއްކުމާއި، ބޭނުން ކުރުމަކީ މަނާ ކަމެއްކަން އާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ. އަދި މާރކެޓްގައި ހުރި މިބެޗްގެ ބޭސް، މިއޮތޯރިޓީގެ ފަރާތުން ނަގަމުން ގެންދާނެކަން މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.
މީގެ އިތުރުން، މިހާރުވެސް މިބޭސް ބޭނުން ކުރަމުންދާ ފަރާތްތަކުން މިއޮތޯރިޓީގެ ހޮޓްލައިން ނަންބަރ 7200321 އަށް ގުޅުއްވައިގެން މައުލޫމާތު ހިއްސާކުރުމަށް ދެންނެވީމެވެ.
Expiry Date | Batch Number | Manufacturer/country of Origin | Brand/Dosage form/Strength | Generic Name | # |
July 2025 |
2141H003 |
Torrent Pharmaceuticals. Ltd., India |
(Antidep 25mg )film coated tablet |
Imipramine hydrochloride |
1 |