ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)286-CB/286/2023/15
ޕަބްލިޝްކުރި ތާރީޚް: 05 ފެބުރުވަރީ 2023
ޕަބްލިޝްކުރި ގަޑި: 13:13
ސުންގަޑި: 11 ފެބުރުވަރީ 2023 23:59
މިލަދުންމަޑުލު ދެކުނުބުރީ ކެނދިކުޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަންހެނުންނަށް ޚާއްސަ ވޮލީބޯޅަ ކޯޗިންގ ކޭންޕެއް ހިންގުން

ނ. ކެނދިކުޅުދޫ އ.ތ.މ ކޮމިޓީއިން އިސްނަގައިގެން ކެނދިކުޅުދޫގެ އަންހެނުންނަށް ޚާއްޞަ ވޮލީބޯޅަ ކޯޗިންގ ކޭންޕެއް ހިންގުމަށް މިވަނީ ނިންމާފައެވެ. މިޕްރޮގްރާމް ފެށުމަށް ހަމަޖެހިފައިވަނީ 17 ފެބުރުވަރީ 2023 ގައެވެ.

މިކޭންޕުގައި، ވޮލީބޯޅަ ކުޅުމަށް ޝައުޤުވެރިކަން ހުރި އަންހެން ބޭފުޅުންނަށް ޚާއްޞަ އަސާސީ ތަމްރީންތަކާއި ކުޅިވަރުގެ ޤަވާއިދަށް އަހުލުވެރިކުރުމުގެ ތަމްރީންތައް ދެވިގެންދާނެއެވެ. ކޭންޕު ހިންގުމަށް ހަމަޖެހިފައިވަނީ 10 ދުވަހުގެ މުއްދަތަށެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ އަންހެން ކަނބަލުން، ޕްރޮގްރާމުގައި ބައިވެރިވުމަށް އ.ތ.މ ކޮމިޓީގެ ނައިބު ރައީސް، ނަޛްފާ މުޙައްމަދު ސަޢީދު(9661385)  އަދި އ.ތ.މ ކޮމިޓީގެ މެމްބަރު، ޢާއިޝަތު ސަލްމާ(9449432)  އަށް ގުޅުއްވައިގެން ނުވަތަ މެސެޖުކުރައްވައިގެން ނަންނޯޓް ކުރެއްވުމަށް ދަންނަވަމެވެ. ނަންނޯޓްކުރުމަށް ހުޅުވާލާފައިވާ މުއްދަތަކީ 05 ފެބުރުވަރީ 2023 އިން ފެށިގެން 11 ފެބުރުވަރީ 2023 ގެ ނިޔަލަށެވެ.

ވީމާ، މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.

05 ފެބުރުވަރީ 2023

05 ފެބުރުވަރީ 2023