ބީލަން
ނަންބަރު: (IUL)310-MS/310/2023/5
ޕަބްލިޝްކުރި ތާރީޚް: 05 ފެބުރުވަރީ 2023
ޕަބްލިޝްކުރި ގަޑި: 11:39
ސުންގަޑި: 16 ފެބުރުވަރީ 2023 10:00
މާޅޮސްމަޑުލު އުތުރުބުރީ މީދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުނި މެނޭޖް ކުރުމަށް 1 ޓަނުގެ ޕިކަޕެއް ހޯދުމަށް

  1. މާޅޮސްމަޑުލު އުތުރުބުރީ މީދޫ ކައުންސިލަށް ކުނިމެނޭޖް ކުރުމުގެ މަސައްކަތަށް ބޭނުންވާ ޕިކަޕެއް ހޯދުމަށް ކުރެވުނު ޢިއުލާނު ނަންބަރު:  (IUL)310-MS/310/2023/3އިދާރީ ސަބަބުތަކާހުރެ، ބާތިލުކޮށް އަލުން 1000 ކިލޯ ގްރާމް (1 ޓަނުގެ) 01 (އެކެއް) ޕިކަޕް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާންކޮށް މި މަސައްކަތަށް ފުރުޞަތު ހުޅުވާލަމެވެ. މި މަސައްކަތަށް ދައުވަތު ހުޅުވާލެވެނީ ދިވެހި ރާއްޖޭގައި މި ބާވަތުގެ ވިޔަފާރިކުރުމަށް ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
  2. މި މަސައްކަތަށް ޝަޢުޤުވެރިވާ ފަރާތްތަކުން 2023 ފެބްރުއަރީ 09 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން މި އިދާރާއަށް ނުވަތަ މިއިދާރާގެ އީމެއިލް މެދުވެރިކޮށް ބީލަން ހުށަހަޅާފަރާތުގެ މަޢުލޫމާތު (ކުންފުނި ނުވަތަ ވިޔަފާރީގެ ނަން،ފޯނު ނަންބަރު، އަދި މެއިލް އެޑްރެސް) މެއިލް ކޮށްގެން ބިޑް ހުށަހެޅުމަށް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. މި މުއްދަތުގައި ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ކުރާ ފަރާތްތަކަށް މަސައްކަތާއި ގުޅޭ މަޢުލޫމާތު ޝީޓް އަދި ބިޑް ފޯރމް ސޮފްޓް ކޮޕީ މެއިލް ކުރެވޭނެއެވެ.
  3. ބީލަމާއިގުޅިގެން މައުލޫމާތެއް ސާފުކުރެއްވުމަށް ބޭނުންވެ ލައްވާނަމަ 2023 ފެބްރުއަރީ 09 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން މެއިލް ކޮށްދެއްވުން އެދެމެވެ.
  4. ބިލަންތައް ބަލައިގަތުމާއި، އަދި ބީލަން ހުޅުވުން އޮންނާނީ 2023 ފެބްރުއަރީ 16 ވާ ބުރާސްފަތި ދުވަހުގެ 10:00 ގައި މާޅޮސްމަޑުލު އުތުރުބުރީ މީދޫ ކައުންސިލް އިދާރާގައެވެ. ގަޑިޖެހުމަށްފަހު ހުށަހެޅޭ ބިޑްތައް ބަލައިނުގަނެ އަނބުރާ ރައްދުކުރެވޭނެއެވެ. ބީލަންތައް ހުންނަންވާނީ ސިޓީ އުރައެއްގައި ބަންދުކުރެވިފައެވެ. ސިޓީ އުރައިގެ ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ތާރީޚާއި ވަގުތު އަދި ބީލަން ހުށަހަޅާ ފަރާތުގެ ލިޔެވިފައި އޮންނަންވާނެއެވެ.

މަސައްކަތް ހަވާކުރެވޭ އުސޫލާއި، އަދި ހުށަހެޅޭ ބިޑްތައް އިވެލުއޭޓްކޮށް މާރކްސް ދެވޭނެ ގޮތުގެ ތަފްޞީލް ބިޑިންގ ޑޮކިއުމަންޓްގައި ހިމެނިފައިވާނެއެވެ. އިތުރު މަޢުލޫމާތު [email protected]  އިން ނުވަތަ ރަސްމީ ގަޑީގައި 6580020 އަށް ގުޅުއްވުމުން ލިބިވަޑައިގަންނަވާނެއެވެ.    

 

                މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކާ އިޢުލާންކުރީމެވެ.       

05 ފެބުރުވަރީ 2023