މަސައްކަތް
ނަންބަރު: Gs-163/2014/08
ޕަބްލިޝްކުރި ތާރީޚް: 16 ޑިސެންބަރު 2014
ޕަބްލިޝްކުރި ގަޑި: 09:35
ސުންގަޑި:
21 ޑިސެންބަރު 2014 11:30
ނާލާފުށީ ސްކޫލް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ސުކޫލު ފެރީއެއް ހޯދުމާބެހޭ
2015 ވަނަ އަހަރަށް ސުކޫލު ފެރީއެއް ހޯދުމާބެހޭ
ހިނގަމުން މިދާ 2014 ވަނަ އަހަރެކޭވެސް އެއްފަދައިން ކުރިއަށް އޮތް 2015 ވަނަ އަހަރުވެސް މ.ނާލާފުށީ ދަރިވަރުން މ.މުއްޔަށް ކިޔަވަން ދިއުމަށްޓަކައި ފެރީއެއް ހޯދަން ބޭނުންވެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 21 ޑިސެންބަރު 2014 ވާ އާދީއްތަ ދުވަހުގެ 11:30 އަށް ސުކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 28 ޑިސެންބަރު 2014 ވާ އާާދީއްތަ ދުވަހުގެ 14:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރަން ހާޒިރުވެނުލައްވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.
އަންދާސީހިސާބު ހުށަހަޅުއްވާއިރު ތިރީގައިވާ ޝަރުޠަށް ފުރިހަމަވާ އުޅަނދެއް ހުށަހެޅުމަށް ސަމާލުކަންދެއްވަންވާނެއެވެ.
- ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން ހުއްދަ ދެއްވާފައިވާ ސަލާމަތީ ސެޓުފިކެޓު އޮތް އުޅަނދަކަށްވުން.
- ކިޔަވާކުދިން އުފުލަން އެކަށީގެންވާ ގޮތަށް ތައްޔާރުކުރެވިފައިވާ އުޅަނދެއްކަމުގައިވުން.
- ފާޚާނާގެ ނިޒާމު ޤާއިމު ކުރެވިފައިވާ އުޅަނދެއްކަމުގައިވުން.
- ދަތުރުކުރާ ވަގުތުތަކުގައި މުވާސަލާތީ ނިޒާމު ހަމަޖެހިފައިވުން.
16 ޑިސެންބަރު 2014