ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)314/314/2023/1
ޕަބްލިޝްކުރި ތާރީޚް: 05 ފެބުރުވަރީ 2023
ޕަބްލިޝްކުރި ގަޑި: 11:15
މާޅޮސްމަޑުލު ދެކުނުބުރީ ކަމަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ބ.ކަމަދޫއިން ބަންޑާރަގޯތި އަމިއްލަ ކުރުމަށް ދައްކަންޖެހޭ އަގު
ނަންބަރ: (IUL)314/314/2023/1
އިޢުލާން
ޤަވާއިދު ނަންބަރު 2022/R-181 "ދިރިއުޅުމަށް ދޫކޮށްފައިވާ ބަންޑާރަގޯތި އަމިއްލަކުރުމާއި، ގަނެ ވިއްކުމާއިބެހޭ ޤަވާއިދު" ގެ 9 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން ، ބ.ކަމަދޫއިން ދިރިއުޅުމަށް ދޫކޮށްފައިވާ ބަންޑާރަ ގޯއްޗެއް އަމިއްލަ ކުރުމަށްޓަކައި، އެ ގޯތި ރަޖިސްޓްރީ ކޮށްދީފައިވާ ފަރާތުން ސަރުކާރަށް ދައްކަން ޖެހޭ އަގު ބ.ކަމަދޫ ކައުންސިލްގެ 4 ވަނަ ދައުރުގެ 84 ވަނަ އާއްމު ބައްދަލުވުމުން ވަނީ ނިންމާފައެވެ.
ބ.ކަމަދޫ އިން ދޫކޮށްފައިވާ ބަންޑާރަ ގޯތި އަމިއްލަކުރުމަށް ދައްކަންޖެހޭ އަގު
- އެއްފަހަރާ ފައިސާ ދައްކާ ހަލާސްކުރާނަމަ އަކަފޫޓަކަށް 75.00 ރުފިޔާ
- އެކިފަހަރު މަތިން ފައިސާ ދައްކާ ޙަލާސްކުރާނަމަ އަކަފޫޓަކަށް 80.00 ރުފިޔާ
ވީމާ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.
14 ރަޖަބް 1444
30 ނޮވެންބަރ 2022
05 ފެބުރުވަރީ 2023