ދިވެހިރާއްޖެ
ނަންބަރު: HDC(161)-MKS/IU/2023/66
އިޢުލާން |
ތިލަފުށި ފޭސް 2އިން ސިނާއީ ބޭނުމަށް ބީލަމުގެ އުސޫލުން ބިން ވިއްކުމާ ގުޅޭ:
ފޭސްތަކަކަށް ބަހާލައިގެން ތިލަފުށިން ބީލަމުގެ އުސޫލުން ސިނާއީ ބޭނުމަށް ބިން ގަތުމުގެ ފުރުސަތު ހުޅުވާލުމަށް މިކޯޕަރޭޝަނުން ނިންމާފައިވާކަމުގައި ދަންނަވަމެވެ. އެގޮތުން ބީލަމުގެ އުސޫލުން ފުރަތަމަ ވިއްކުމަށް ހަމަޖެހިފައިވަނީ ތިލަފުށި ޒޯން A ގައިވާ ބިންތަކެވެ. އަދި، މި ބިންތައް ވިއްކުމަށް ހަމަޖެހިފައިވާ އުސޫލުތަކާއި މަރުހަލާތަށް ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.
ބީލަމުގެ އުސޫލުން ބިން ވިއްކުމަށް ހަމަޖެހިފައިވާ އުސޫލު:
- އަމިއްލަ ފަރުދެއް ނުވަތަ ކުންފުންޏެއްގެ ފަރާތުން ބީލަން ހުށަހެޅުން (ދިވެހިން އަދި ބޭރުގެ ފަރާތްތައް ހިމެނޭހެން)
- ބީލަން ކާމިޔާބު ކުރާ ފަރާތަކީ ދިވެހި ފަރުދެއް/ ދިވެހި ކުންފުންޏެއް ނަމަ ބިން މިލްކުވުން
- ބީލަން ކާމިޔާބު ކުރާ ފަރާތަކީ ބޭރުގެ ފަރުދެއް/ ބޭރު ކުންފުންޏެއް ނަމަ 99 (ނުވަދިހަ ނުވަ) އަހަރަށް ބިން ކުއްޔަށް ދޫކުރުން
- ބީލަން ހުށަހެޅޭ އެންމެދަށް އަގަކީ އަކަފޫޓަކަށް 1،700ރ (އެއްހާސް ހަތްސަތޭކަ ރުފިޔާ)
ބީލަމުގެ އުސޫލުން ބިން ވިއްކުމަށް ހަމަޖެހިފައިވާ މަރުހަލާތައް:
- މަރުހަލާ 1: ޝައުގުވެރިވެލަށްވާ ބިމަށް އެކްސްޕްރެޝަން އޮޕް އިންޓްރެސްޓް (އީ.އޯ.އައި) ހުށަހެޅުން
- މަރުހަލާ 2: އީ.އޯ.އައި ހުށަހަޅާފައިވާ ބިމަށް ބިޑްކުރުން
ޝައުގުވެރިވެލައްވާ ފަރާތްތަކުން، ބީލަމުގެ އުސޫލުން ބިންގަތުމަށް ކުރިމަތިލުމަށް ހަަމަޖެހިފައިވަނީ އޮންލައިން ޕޯޓަލްއެއް މެދުވެރިކޮށެވެ. އަދި، މި ޕޯޓަލް އާންމުންނަށް ހުޅުވާލުމަށް ހަމަޖެހިފައިވަނީ 07 ފެބްރުއަރީ 2023 ވާ އަންގާރަ ދުވަހުއެވެ. އަދި، މިދެންނެވި ތާރީޙުގައި މިޕޯޓަލާއި ގުޅޭ އިތުރު މައުލޫމާތު އަދި ބީލަމާއި ގުޅޭ އިތުރު މައުލޫމާތު މިކޯޕަރޭޝަނުގެ ވެބްސައިޓް އަދި ގެޒެޓްގައި ޝާއިއުކުރާނެއެވެ.
11 ރަޖަބް 1444ހ
02 ފެބުރުވަރީ 2023މ