މަސައްކަތް
ނަންބަރު: (IUL)451-FP/1/2014/46
ޕަބްލިޝްކުރި ތާރީޚް: 16 ޑިސެންބަރު 2014
ޕަބްލިޝްކުރި ގަޑި: 08:25
ސުންގަޑި: 22 ޑިސެންބަރު 2014 11:00
ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް

އަންދާސީހިސާބު ބޭނުންވެއްޖެ

މި އިންސްޓިޓިއުޓުން ކުރެވުނު ނަންބަރު: 43/IUL)451-FP/1/2014) އިޢުލާނާ ގުޅިގެން އެ މަސައްކަތްތައް ކޮށްދިނުމަށް ހުށަހަޅާފައިވާ އަންދާސީހިސާބުގެ އަގު ބޮޑުކަމަށްފެންނާތީ އެ އިޢުލާން ބާޠިލުކޮށް، އަލުން އިޢުލާންކުރަމެވެ.

ވީމާ، 2015ވަނަ އަހަރު ތަންފީޒު ކުރުމަށް ހަމަޖެހިފައިވާ ޤައުމީ މަންހަޖުގެ ސިލަބަސްތަކަށް ތިރީގައިމިވާ މަސައްކަތްތައްކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ.

  1. ޤުރުއާން ގްރޭޑް 3،2،1 ގެ ދަރިވަރުންގެ މަސައްކަތު ފޮތް (3ފޮތް) ލޭއައުޓް ހެދުން
  2. ޤުރުއާން ގްރޭޑް 3،2،1 ގެ މުދައްރިސުންގެ ފޮތް (3ފޮތް) ލޭއައުޓް ހެދުން
  3. ދިވެހި ގްރޭޑް 3،2،1 ގެ ދަރިވަރުންގެ ފޮތް (3ފޮތް) ލޭއައުޓް ހެދުން
  4. ދިވެހި ގްރޭޑް 3،2،1 ގެ މުދައްރިސުންގެ ފޮތް (3ފޮތް) ލޭއައުޓް ހެދުން

ވީމާ، މިކަން ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަން (ޣާޒީ ބިލްޑިންގގެ 02 ވަނަ ފަންގިފިލާ) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުމަށް

އަންދާސީހިސާބު ހުށަހެޅުމަށް

22 ޑިސެންބަރު 2014 ވަނަ ދުވަހުގެ 11:00 އަށް

25 ޑިސެންބަރު 2014 ވަނަ ދުވަހުގެ 11:00 އަށް

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިގަންނަގޮތަށް ހަމަޖެހިފައިނުވާ ވާހަކަ ދެންނެވީމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3323242 ނަންބަރު ފޯނާއެވެ.

24 ޞަފަރު 1436

16 ޑިސެންބަރު 2014