ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)38-CA/38/2023/41
ޕަބްލިޝްކުރި ތާރީޚް: 02 ފެބުރުވަރީ 2023
ޕަބްލިޝްކުރި ގަޑި: 16:37
ސުންގަޑި: 21 ފެބުރުވަރީ 2023 15:00
އިލެކްޝަންސް ކޮމިޝަން
ދިވެހިރާއްޖެ
ރިޔާސީ އިންތިޚާބު 2023 ގެ މަސައްކަތަށް ސައިބަރ ސެކިއުރިޓީ ކޮންސަލްޓެންޓެއް ހޯދުމާ ގުޅޭ

(IUL)38-CA/38/2023/41:ނަންބަރު

އިޢުލާން

ރިޔާސީ އިންތިޚާބު 2023 ގެ މަސައްކަތަށް ސައިބަރ ސެކިއުރިޓީ ކޮންސަލްޓެންޓެއް ހޯދުމާ ގުޅޭ

 

ރިޔާސީ އިންތިޚާބު 2023 ގައި މަސައްކަތްކުރުމަށް 01 (އެކެއް) ސައިބަރ ސެކިއުރިޓީ ކޮންސަލްޓެންޓު ހޯދުމަށް އިލެކްޝަންސް ކޮމިޝަނުން ބޭނުންވެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ، ޝަރުތު ހަމަވާ ފަރާތްތަކުން 2023 ފެބްރުވަރީ 21 ވާ އަންގާރަ ދުވަހުގެ 15:00 ގެ ކުރިން ފުރިހަމަކޮށްފައިވާ އިލެކްޝަންސް ކޮމިޝަނުގެ ޓާސްކްފޯސް ވަޒީފާއަށް އެދޭ ފޯމް، ތަޢުލީމީ ސެޓްފިކެޓުތަކުގެ އެކްރެޑިޓްކޮށްފައިވާ ކޮޕީ، ހުނަރާއި ޤާބިލްކަން ސާބިތުކޮށްދޭ ވަނަވަރު، ދިވެހި ރައްޔިތެއްކަން އަންގައިދޭ އައިޑީ ކާޑުގެ ކޮޕީ އަދި މަސައްކަތު ތަޖުރިބާގެ ލިޔުންތައް ޕޯރޓް ކޮމްޕްލެކްސް ބިލްޑިންގ 05 ވަނަ ފަންގިފިލާގެ ރިސެޕްޝަނަށް ނުވަތަ ކޮމިޝަނުގެ އީމެއިލް  ([email protected]) މެދުވެރިކޮށް ހުށަހެޅުއްވުން އެދެމެވެ. އީމެއިލް ކުރައްވާއިރު ހުށަހަޅުއްވާ ހުރިހާ ލިޔެކިޔުންތައް ހުންނަންވާނީ އެއްފައިލެއްގެ ގޮތުގައި 10mb އަށް ވުރެ ކުޑަފައިލްސައިޒަކަށް އެޓޭޗްކުރެވިފައެވެ.

މިވަޒީފާގެ ޝަރުތުތަކާ މަސްއޫލިއްޔަތުތައް ހިމެނޭހެން "ޓަރމްސް އޮފް ރިފަރެންސް" އަދި އިލެކްޝަންސް ކޮމިޝަނުގެ ޓާސްކްފޯސް ވަޒީފާއަށް އެދޭ ފޯމް މި އިޢުލާނާއެކު ޑައުންލޯޑް ކުރެވޭގޮތަށް އެއްހީރަސް ކޮށްފައިވާނެއެވެ. އަދި މި ކޮމިޝަނުގެ ވެބްސައިޓް www.elections.gov.mv އިން ޑައުންލޯޑް ކުރެވޭނެއެވެ.

ނޯޓު: އީމެއިލް މެދުވެރިކޮށް ހުށަހަޅާނަމަ 3004472 އަށް ގުޅުއްވައި އީމެއިލް މިކޮމިޝަނަށް ލިބިފައިވާކަން ކަށަވަރުކުރަންވާނެއެވެ. ފައިލް ސައިޒް 10mb އަށް ވުރެ ބޮޑުވެގެން މިކޮމިޝަނަށް ނުލިބޭ އީމެއިލްތައް ބެލެވޭނީ ހުށަނާޅާ ފޯމުގެ ގޮތުގައެވެ.

02 ފެބުރުވަރީ 2023