ދިވެހިރާއްޖެ
ނިއުރޭޑިއަންޓް ސްޕޯރޓްސް ކްލަބްގެ ފަރާތުން މިރަށުގައި ފުޓްބޯޅަ އެކަޑެމީއެއް ހިންގުމަށް ބޭނުންވެގެން މިކައުންސިލްގެ ފަރާތުން ކުރި އިޢުލާން: (IUL)257/PRIV/2023/1 ނަންބަރާއި ހަވާލާދީ ދަންނަވަމެވެ. ނިއުރޭޑިއަން ސްޕޯޓްސް ކްލަބުގެ ފަރާތުން މިރަށުގައި ހިންގުމަށް ހަމަޖެހިފައިވާ އެކަޑެމީއަށް އިތުރަށް ވަނުމަށް ބޭނުންވާ ކުދިންނަށް ފުރުޞަތު ހުޅުވާލަމެވެ.
ވީމާ، 01 ފެބުރުއަރީ 2023 އިން ފެށިގެން 10 ފެބުރުއަރީ 2023 ގެ 14:00 ނިޔަލަށް އެކަޑެމީއަށް ވަނުމުގެ ފުރުޞަތު ހުޅުވާލެވިފައިވާތީ ދެންނެވީމެވެ. ރަޖިސްޓްރީވާން އެދޭ އެޕްލިކޭޝަން ފޯމް ހއ.ބާރަށު ކައުންސިލް އިދާރާއިން ރަސްމީ ގަޑިތަކުގައި ލިބެން ހުންނާނެއެވެ. އަދި "ނިއުރޭޑިއަންޓް އެކަޑެމީ" އާއި ގުޅޭ ގޮތުން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 9714942 ގެ ނަންބަރާއެވެ.
ވީމާ، މިކަން ޢާންމުކޮށް އެންގުމަށް ޓަކާއިޢުލާން ކުރީމެވެ.
10 ރަޖަބް 1444
01 ފެބުރުއަރީ 2023